Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަބްދުﷲ

ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު އަބްދުﷲ

ބާއްވަން އުޅޭ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން ހަނު ތިބުމަކީ، ގަބޫލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ. އަދި މިއީ ރައްޔިތުންގެ ބާރުތައް ފޭރިގަތުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ސިފަކުރައްވައި، މި ވޯޓުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް އޭނާ އިލްތިމާސްކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން | 5 މާރިޗު 2026 | ބުރާސްފަތި 14:34
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ | ރާއްޖެ އެމްވީ

ދެ އިންތިހާބު އެއްކޮށްލައި އެއް ތާރީހެއްގައި ބާއްވަން އުޅެނީ ރައްޔިތުންނަށް އިންތިހާބާއި ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްނުދީ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އަހުމްދު އަބްދުﷲ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ. ކޮމެޓީގެ އިންތިހާބާއި އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި އެއްތާރީހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އިން އަތޮޅުތެރެއަށް ކުރާ ދަތުރުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ. 

އަހުމަދު އަބްދުﷲ ވިދާޅުވީ، ރައްޔިތުންނާ ބައްދަލުވުމުން މިފަހަރު އޮންނަ ފެންނަ ނުފެންނަ އިންތިހާބުގެ ކަންކަން ސާފު ނުވާތީ އެކަމާ ގުޅޭ ސައްހަ މައުލޫމާޓު ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އިލެކްޝަން ކޮމިޝަން ހަނު ތިބުމަކީ، ކަންބޮޑުވާ ކަމެއްކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަން އަކީ މިނިވަން މުއައްސަސާއަކަށްވެފައި، އަދި އިންތިހާބުތައް ހިންގުމުގެ ޒިންމާ އުފުލާ ފަރާތްކަމަށްވެސް ގާނޫނުގައި ކަނޑައެޅިފައިވާއިރުގަ، އަދި އިންތިހާބުތަކާ ބެހޭގޮތުން ކަންތައް ކުރަންވީ ގޮތް ވަރަށް ރީތިކޮށް ގާނޫނުގައި ބަޔާން ކުރެވިފައި އޮތް އިރުގަ މިދެންނެވި އިންތިހާބު ބާއްވަން މިއުޅެނީ ރައްޔިތުންނަށް އެއްވެސް ކަހަލަ މައުލޫމާތެއް ސާފުކޮށް ނުދީ ކަމަށް ވާތީ އެ ކަންބޮޑުވުން ރައްޔިތުންގެ ހިތުގައި އެބައޮތް
އަހުމަދު އަބްދުﷲ

މީގެ އިތުރުން އަހުމަދު އަބްދުﷲ ވަނީ އިލެކްޝަން ކޮމިޝަނުން ގާނޫނީ ޒިންމާ އަދާކޮށް ރައްޔިތުންނަށް މި އިންތިހާބުގެ މައުލޫމާތު ސާފުކޮށްދީ ދޭންޖެހޭ ހުރިހާ މައުލޫމާތެއް ދިނުމަށް ގޮވާލާފަ އެވެ. 

އަހުމަދު އަބްދުﷲ ވިދާޅުވީ، ކައުންސިލް އިންތިހާބާއި އެއްކޮށް ބާއްވަން އުޅޭ ފެންނަ ނުފެންނަ އިންތިހާބު ގައި ރައީސް މުޢިއްޒު އަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ އަތުގައި އޮތް ބާރެއް މި ސަރުކާރުން މަސައްކަތް ކުރަނީ ފޭރިގަންނަން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ. 

އަހުމަދު އަބްދުﷲއެމްޑީޕީއިލެކްޝަންސް ކޮމިޝަންޑރ. މުއިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

05 މާރިޗު 2026

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ
05 މާރިޗު 2026

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.
05 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު
05 މާރިޗު 2026

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

05 މާރިޗު 2026
3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި
04 މާރިޗު 2026

ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

04 މާރިޗު 2026
ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު