Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މަޝްރަހު

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

ވެރިން ރައްޔިތުންނާ ގާތުން މަސައްކަތް ނުކުރާ ނަމަ ޑިމޮކްރަސީގެ އުސޫލުތައް ގެއްލި، އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅޭނެ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ސަލީމް ވަނީ ވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 6 މާރިޗު 2026 | ހުކުރު 17:11
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލިމް) އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަދައްކަވަނީ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލިމް) އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް ކަމަށް އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ. 

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ހުކުރު ދުވަހު ހަވީރު ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. 

ރައްޔިތުންގެ ކައިރި އަށް ވެރިން ނުދާ ނިޒާމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ނިޒާމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އާސަންދަ އާއި ސްކޫލް ކުދިންނަށް ދޭ ފޮތް ފަންސުރުން ފެށިގެން ރަށްރަށުގެ ތަރައްޤީގެ ކަންކަން ހިނގަމުން ދަނީ އާއްމު މީހާގެ ވޯޓު ހޯދަން ދާން ޖެހޭތީ، ވެރިންނަށް އެކަންކަން ފުރިހަމަ ކުރަން ބާރު އެޅޭތީ ކަމަށް ސަލީމް ވިދާޅުވި އެވެ. މިހާރު ވެސް ސަރުކާރުން ރައްޔިތުންގެ ބާރުތައް ހަނިކުރަމުންދާ ކަމަށާއި ޚިދުމަތްތައް ވެސް ދިނުމުގައި ހަރުދަނާ ކަމެއް ނެތް ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

"މިފަދަ އެތައް އިސްލާހެއް އެބަ ހުށަހަޅާ. މިސާލަކަށް ބިންތައް ދިނުމުގެ އިސްލާހު. މިކަހަލަ އޮޅުވާލުމުގެ ބައިވަރު ކަންކަން އެބަ ހިންގާ. ބާރުތައް ދޫކޮށްލައިފި ނަމަ އެކަން ވެގެން ދާނީ ވަރަށް ބޮޑަށް ފަހަތަށް ޖެހުމަށް." ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ ކައިރިއަށް ދާން ނުޖެހޭ ނަމަ ސަރުކާރުން އަމަލުކުރާނީ ހިތު ހުރި ގޮތަކަށް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ސަލީމް ވަނީ މި ސަރުކާރަކީ އަނިޔާވެރި ޚުދުމުހުތާރު ސަރުކާރެއް ކަމަށް ސިފަކުރައްވާފަ އެވެ. ލާމަރުކަޒީ ނިޒާމުގެ ބާރު އަތުލުމަކީ ބާރުތަކުގެ ތެރެއިން ފަހު ބާރު ސަރުކާރުގެ މުށުތެރެއަށް ލުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މާޒް ސަލީމްއެމްޑީޕީރައްޔިތުންގެ މަޖިލިސްޑިމޮކްރަސީ

އިތުރަށް ކިޔާލަން

06 މާރިޗު 2026

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ
06 މާރިޗު 2026

ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

06 މާރިޗު 2026
ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި
06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
06 މާރިޗު 2026

ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު

06 މާރިޗު 2026
ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު
06 މާރިޗު 2026

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

06 މާރިޗު 2026
ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު