Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބު އެއްކުރުން

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

6 މާރިޗު 2026 | ހުކުރު 16:47

މި ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު ތުހުމަތު ކުރައްވާފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 6 މާރިޗު 2026 | ހުކުރު 16:47
މަޖިލީހުގެ ކުރީގެ ރައީސް މޫސާ މަނިކް

މަޖިލީހުގެ ކުރީގެ ރައީސް މޫސާ މަނިކް | ރާއްޖެ އެމްވީ

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކް (ރީކޯ މޫސާ) ވިދާޅުވެއްޖެ އެވެ.

މޫސަ އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު  އެއާއި ވިދިގެން ވެރިކަމުގެ ދައުރު ދިގު ދަންމާލަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ. މީގެ އިތުރުން ދެ އިންތިޚާބު އެއްކޮށްލުމަށް ފަހު 2028ގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވާ ނަމަ މިހާރު ތިބި މަޖިލިސް މެމްބަރުންގެ ދައުރު ކުރުވާ ކަމަށާއި އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރުންގެ ގޮނޑި އާއި ގުޅުން ހުރި މައްސަލަ އެއް މިހާރު ވެސް ސުޕްރީމް ކޯޓުގައި އެބަ އޮތް ކަމަށާއި، އެފަދަ މައްސަލަ އެއް ކުރިއަށް ދަނިކޮށް ޤާނޫނުއަސާސީ އަށް އިތުރު ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.

"މި ވޯޓު ބާތިލް ކުރުމަކީ އެންމެ މުހިންމު ކަންތައް. ނުފެންނަ ކަމަށް ވޯޓު ލާން ޖެހޭ." މޫސަ ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް ދިއުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީ އިން ބުނާހާ ގޮތަކަށް ކަންކަން ނުކޮށްފި ނަމަ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުން ނިންމީ އާއްމުންގެ ބާރު ކަނޑުވާލުމަށް ކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ. 

މޫސާ މަނިކުރީކޯ މޫސައެމްޑީޕީރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

06 މާރިޗު 2026

ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

06 މާރިޗު 2026
ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި
06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
06 މާރިޗު 2026

ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު

06 މާރިޗު 2026
ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު
06 މާރިޗު 2026

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

06 މާރިޗު 2026
ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި
05 މާރިޗު 2026

ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު

05 މާރިޗު 2026
ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު
05 މާރިޗު 2026

ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު އަބްދުﷲ

05 މާރިޗު 2026
ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު  އަބްދުﷲ
05 މާރިޗު 2026

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

05 މާރިޗު 2026
އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.
05 މާރިޗު 2026

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.
05 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު
05 މާރިޗު 2026

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

05 މާރިޗު 2026
3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް