Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބު އެއްކުރުން

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ރައްޔިތުންގެ ބައިވެރިވުމެއް ނެތި، މަޖިލީހުން އަވަސްއަރުވާލައިގެން ކަންކަން ނިންމަމުންދާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި. މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނަން ލިބޭ ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި. އެހެންކަމުން، ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ސޯލިހު ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 02:03
ހެންވޭރު އުތުރުދާއިރާއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ލައިޒާ (ކ) އާއި އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

ހެންވޭރު އުތުރުދާއިރާއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ލައިޒާ (ކ) އާއި އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. | އެމްޑީޕީ

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެކަން އިނގޭތީ، އެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކާމިޔާބުކުރުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރައްވާ ފާތިމަތު ލައިޒާގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްދާއިރު ފުންކޮށް ވިސްނަންޖެހޭ އެހެން ކަމެއް ފަހަތުގައި ހިނގަމުންދާ ކަމަށެވެ. ސިއްރިއްޔާތުގައި ރައްޔިތުންނާ ހިސާބަށް ވަރަށް ބޮޑު ކަމެއް ގެންނަމުންދާ ކަމަށާއި އެއީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީގައި ރައްޔިތުންނާ ހިސާބަށް ވޯޓަކަށް އަހައި ރިފަރަންޑަމަކަށް ދާން ހުންނަނީ ވަރަށް މަދު ކަންތައްތަކެއް ކަމަށާއި އެއީ ވަރަށް ބޮޑެތި ކަންތައްތަކަށް ވީމަ އެހެން އޮތް ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ. އެހެން އޮތް ކަމެއްގައި ކުއްލިއަކަށް ހެނދުނު ހޭފުޅުލައްވައިގެން ހިތަށްއަރާހެން މަޖިލީހަށް ފޮނުވައި ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ބަހުސެއް ކޮށްފައި ކޮމިޓީއަށް ގެންގޮސް ފަސް މިނެޓުން ފާސްކޮށްލައި މަޖިލީހަށް ގެނެސް ހިޔާލު ތަފާތުވާ ހުރިހާ މެންބަރުން ނެރެފައި ފާސްކޮށްލައި ރައްޔިތުންނާ ހިސާބަށް ފޮނުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ޤާނޫނުއަސާސީއަށް، ޚާއްޞަކޮށް ރައްޔިތުންނާ ހިސާބަށް ގެންނަ ރިފަރަންޑަމެއްގައި މަސައްކަތްކުރަންޖެހޭނެ އުސޫލެއް ނޫން. ފުރަތަމަ ކަމަކަށް އެފަދަ ކަމެއް ކުރާނެ އުސޫލުތަކެއް މަޖިލިސް ތެރޭގައި އޮންނަންވާނެ. ރައްޔިތުންނާ ހިސާބަށް ރިފަރަންޑަމަކަށް ގެންދާ މައްސަލައެއް މަޖިލީހަށް އަތުވެއްޖެއްޔާ ކަންކުރާނެ އުސޫލުތަކެއް އޭގައި އޮންނަންވާނެ. މަޖިލިސް ތެރޭގައި އެކަން ކޮށް، ރައްޔިތުންނާ ހިސާބަށް އެކަމެއް އަންނައިރުގައި ރައްޔިތުންނަށް އޭގައި ހުރި ފައިދާއާއި ގެއްލުން ކިޔައިދޭންޖެހޭނެ. އެއިން އެއްވެސް ކަމެއް ނުކޮށް ސިއްރިއްޔާތުގައި ފަހަތުން އެ މައްސަލައިގެ އެނެސްގެން މި އުޅެނީ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ކޮންމެ ބޭފުޅަކުވެސް ވަޑައިގަންނަވަނީ ވަޢުދުތަކެއް ވެގެން މެނިފެސްޓޯއަކާއެކީ ކަމަށާއި ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ އޮތްތޯ ސުވާލު އުފައްދަވަމުން ކުރީގެ ރައީސް ވިދާޅުވީ އެއިން އެއްވެސް ކަމެއް އޮތް ކަމަކަށް ހީ ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް އަހަރު ދުވަހަށް އިންތިހާބުކުރި މަޖިލީހަކީ ހަތަރު އަހަރާ ހަ މަސްދުވަހަށް ހޮވާ މެންބަރުންތޯ އޭރު ވިދާޅުނުވާ ކަމަށާއި، މިއިން އެއްވެސް ވާހަކައެއް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެގެން މި އުޅެނީ 2028 ވަނަ އަހަރު ރައްޔިތުން އެ މަނިކުފާނަށް ނޫނެކޭ ބުނާނެ ކަމަށް ހަމަ ވަރަށް ރަނގަޅަށް ސާފުކޮށް އެބައޮތް. އެހެންވީމާ، އިންތިޚާބަށް ބާރު ފޯރުވައިގެން، ނުފޫޒު ފޯރުވައިގެން އެ އިންތިޚާބު ނެގުމަށްޓަކައި، ކާމިޔާބުކުރުމަށްޓަކައި ކުރާ މަސައްކަތްތަކެއް. އެހެންވީމާ، ކުރިއަށް މި އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުޢިއްޒަށް ނޫނެކޭ ބުނަންވީ. އެ މަނިކުފާނުގެ މަސައްކަތްތަކަށް ނޫނެކޭ ބުނަންވީ. އެ މަނިކުފާނުގެ ކެނޑިޑޭޓުންނަށް ވެސް ނޫނެކޭ ބުނަންވީ. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް މި ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ރަނގަޅު ފުރުޞަތެއް.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ރަށްރަށުގައި ކުރަން ފަށާފައި ހުރިހާ މަސައްކަތެއް ވެސް ހުއްޓިފައިވާ ކަމަށާއި އާ ކަމެއް ކުރެވޭ ތަނެއް ވެސް ނުފެންނަ ކަމަށެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި މި އިންތިހާބުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން މިކަން ބަލައިގަނެ މިކަން ހިނގާ ގޮތް ދެނެގަނެ އެމްޑީޕީއަށް ވޯޓުދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުއިބްރާހީމް މުޙައްމަދު ސޯލިޙުރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

05 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026
ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

04 މާރިޗު 2026
ކޮންމެ ކަމެއްގައި ވެސް "ރައީސް ވިދާޅުވީ"، މިފަހަރު ވަޓްސްއަޕް ގްރޫޕް ވެސް ހައްދަވަނީ "ރައީސް ވިދާޅުވީ" ތީ

ކޮންމެ ކަމެއްގައި ވެސް "ރައީސް ވިދާޅުވީ"، މިފަހަރު ވަޓްސްއަޕް ގްރޫޕް ވެސް ހައްދަވަނީ "ރައީސް ވިދާޅުވީ" ތީ

04 މާރިޗު 2026
ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

04 މާރިޗު 2026

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު