Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު

ރާއްޖޭގެ އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ހޭދަކުރާއިރު، އެ ތަންތަނުން އެދެވޭ ނަތީޖާއެއް ނުފެންނާތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި. ބަޖެޓުގައި ބޭރުގެ އެހީގެ ގޮތުގައި ބޮޑު އަދަދެއް ހިމެނި ނަމަވެސް، ސަފީރުންނާއި އެމްބަސީތަކުގެ މަސައްކަތް ބަލިކަށިވުމުގެ ސަބަބުން އެދެވޭ އެހީތެރިކަމެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ޚަރަދު ކުޑަކުރުމުގެ ގޮތުން އިންތިޚާބުތައް އެއްކޮށްލުމުގެ ބަދަލުގައި، އެމްބަސީތަކަށް ކުރާ ބޮޑު ޚަރަދު ކުޑަކުރުމަށް ޒިޔާދު ސަރުކާރަށް ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 މާރިޗު 2026 | އާދީއްތަ 12:48
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށާއި ނަމަވެސް ކުރާ ޚަރަދާ އެއްވަރަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެހީ ނުލިބެނީ އެތަންތަނަށް އައްޔަނު ކުރައްވާފައި ތިއްބަވާ ބޭފުޅުން މަސައްކަތް ނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ އިންތިޚާބު އެއްކޮށްލަން އުޅެނީ ޚަރަދު ކުޑަކުރަން ކަމަށް މި ސަރުކާރުން ބުނާއިރު ބޭރުގަ ހުރި އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށެވެ. ނަމަވެސް މިކަމުން ނުކުންނަ ނަތީޖާ އަކީ ކޮބައިތޯ ޒިޔާދު ސުވާލު އުފެއްދެވި އެވެ.

ޒިޔާދު ވިދާޅުވީ ގާބިލު މީހުން އައްޔަނު ކުރިއަސް ނަތީޖާ އެއް ނުފެންނަ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ބޭރުގެ އެހީ އާއި އާމްދަނީ ގެ ގޮތުގައި 202 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމެނި ނަމަވެސް އަހަރު ނިމުނު އިރު ލިބުނީ 50 މިލިއަން ރުފިޔާ ކަމަށެވެ. 

ސަބަބަކީ މި އެމްބަސީތަކުގައި ތިއްބަވާ ބޭފުޅުން ހަގީގަތުގައި ވެސް މަސައްކަތެއް ނުކުރާތީ ކަމަށާއި، ކުރާ ޚަރަދާ ގާތަށް ވެސް އެ ބޭފުޅުން މަސައްކަތް ނުކުރައްވާ ކަމަށެވެ. 

މިބޭފުޅުން ކުރަން ޖެހޭ މަސައްކަތަކީ އަޅުގަނޑަށް ވެސް އެނގޭ ސަލާމް ޖެހުން ނޫން ކަން. އެހެން ނަމަވެސް ގާތް ގުޅުމެއް އުފައްދަން. ގާތް ގުޅުމެއް ނެތީމަ އެހީތެރިކަން ނުލިބެނީ. ގާތްވީމަ އެހީތެރިކަން ލިބެނީ. އަޅުވެތިވެގެން ބާރުގަދަ ވެގެން ލިބޭ އެއްޗެއް ނޫން އެހީތެރިކަމަކީ. އެހެންވީމަ މި އެމްބަސީތަކަށް އަޅުގަނޑުމެން 54 މިލިއަން ރުފިޔާ މަހަކު. މި ދަންނަވަނީ މި ކުރާ ޚަރަދާ އެއްވަރަށް އަޅުގަނޑުމެންނަކަށް އެއްޗެއް ނުލިބެއޭ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ ގިނައިން ކުރި މަސައްކަތަކީ ސަފީރުން އައްޔަނު ކުރުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމަށް ވާއިރު މަހަކު 54 މިލިއަން ރުފިޔާ އެބޭފުޅުންނަށް ޚަރަދު ކޮށްގެން ރައްޔިތުންނަށް ލިބެނީ ކޯޗެއްތޯ ޒިޔާދު ތަކުރާރު ކޮށް ސުވާލު ކުރެއްވި އެވެ. 

ޒިޔާދު ވިދާޅުވީ އެހެންކަމުން ޚަރަދު ކުޑަކުރަން ވީ ދިމާލަކީ މިއީ ކަމަށެވެ. މިކަމުން ޚަރަދު ކުޑަ ކޮށްފި ނަމަ މަހަކު 50 މިލިއަން ލިބޭނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވަނީ އެހެންކަމުން އިންތިޚާބުތަކުގައި ރައްޔިތުންގެ ގާތަށް ދާން ލިބޭ ފުރުސަތު ގެއްލުވާ ނުލުމަށް ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.

ހުސެއިން ޒިޔާދުރައްޔިތުންގެ މަޖިލިސްސަފީރުން

އިތުރަށް ކިޔާލަން

08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
07 މާރިޗު 2026

ރައީސް މުއިއްޒުގެ ކޮއްކޯފުޅު، މެންބަރު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެ

07 މާރިޗު 2026
ރައީސް މުއިއްޒުގެ ކޮއްކޯފުޅު، މެންބަރު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެ
06 މާރިޗު 2026

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް
06 މާރިޗު 2026

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ
05 މާރިޗު 2026

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

05 މާރިޗު 2026
އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު