Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

7 މާރިޗު 2026 | ހޮނިހިރު 02:42

އީރާނުގެ އެތެރޭގެ އުދުހުންތަކުގެ މަރުކަޒު ކަމަށްވާ މެހެރްއާބާދު އެއާޕޯޓަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކަކާއެކު އެތަނުގެ ބައެއް ބޯޓުތަކުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މި ހަމަލާތައް ކަށަވަރުކޮށްދީފައިވާއިރު، މިއީ މީގެ ކުރިން ދީފައިވާ ހަމަލާތަކަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފުޅާ ދާއިރާއެއްގައި ފަށާފައިވާ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 02:42
ތެހެރާންގެ މެހެރްއާބާދު އެއާޕޯޓުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް.

ތެހެރާންގެ މެހެރްއާބާދު އެއާޕޯޓުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް. | ޕްރެސްޓީވީ

އީރާނުގެ ވެރިރަށް ތެހެރާންގައި އޮންނަ ވިޔަފާރީގެ މައި އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އެންމެ ބާރުބޮޑު އަދި އެތެރޭގެ އުދުހުންތަކުގެ މައި މަރުކަޒު ކަމަށްވާ މެހެރްއާބާދު އެއާޕޯޓުގައި ހުރި ބައެއް ބޯޓުތަކުގައި އަލިފާން ރޯވެ، ބޯ ދުންތައް އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް މަންޒަރު ދުށް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ހުކުރު ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އެ ވަގުތު އެއާޕޯޓުގައި ގިނަ އަދަދެއްގެ ބޯޓުތައް އޮތެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.

މި ހަމަލާތައް ދީފައިވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް "ފުޅާ ދާއިރާއެއްގައި އާ ހަމަލާތަކެއް" ދޭން ފަށާފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން މާރިޗު މަހުގެ 4 ވަނަ ދުވަހު ވެސް އިޒްރޭލުން ވަނީ މި އެއާޕޯޓަށް ހަމަލާދީފައެވެ. އެ ފަހަރު އިޒްރޭލުން ބުނެފައިވަނީ އެ ހަމަލާތަކުގައި، އިޒްރޭލުގެ ވައިގެ ސިފައިންނަށް ނުރައްކާވާ ފަދަ ދިފާއީ އަދި ދެނެގަތުމުގެ ނިޒާމުތައް ނައްތާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެއާޕޯޓުގައި ހުންނަ ހެލިކޮޕްޓަރު އުފައްދާ ބައި ވެސް ހިމެނެއެވެ.

ހުކުރު ދުވަހުގެ ރޭ ދިން އާ ހަމަލާތަކުގައި ބޮން އަޅާފައިވަނީ އެއާޕޯޓުގެ ސީދާ ކޮން ސަރަހައްދުތަކަކަށް އަދި ސާފުނުވި ނަމަވެސް، މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ފަހުން މި ދިން ހަމަލާތައް ކުރީގެ ހަމަލާތަކަށް ވުރެ މާ ވަރުގަދައެވެ.

މަސްދަރު: ބީބީސީ

ތެހެރާންމެހެރްއާބާދު އެއާޕޯޓްއީރާންއިޒްރޭލްއީރާން-އިޒްރޭލްއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ވިލާތުގެ ގައުމުތަކަށް އިންޒާރު ދީފި

07 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ވިލާތުގެ ގައުމުތަކަށް އިންޒާރު ދީފި
07 މާރިޗު 2026

އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

07 މާރިޗު 2026
އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި
07 މާރިޗު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

07 މާރިޗު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު
07 މާރިޗު 2026

"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި

07 މާރިޗު 2026
"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި
07 މާރިޗު 2026

އީރާނުން އާ ޖީލުގެ މިސައިލްތަކުން އިޒްރޭލަށާއި އެމެރިކާ އާ ގުޅުން ހުރި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އީރާނުން އާ ޖީލުގެ މިސައިލްތަކުން އިޒްރޭލަށާއި އެމެރިކާ އާ ގުޅުން ހުރި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފި
07 މާރިޗު 2026

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އެމެރިކާގެ ބިޔަ އެންމެ ހަލުއި ބޮންއަޅާ ބޯޓު އިނގިރޭސިވިލާތަށް ޖައްސައިފި

07 މާރިޗު 2026
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އެމެރިކާގެ ބިޔަ އެންމެ ހަލުއި ބޮންއަޅާ ބޯޓު އިނގިރޭސިވިލާތަށް ޖައްސައިފި
06 މާރިޗު 2026

އީރާނުގެ ހަނގުރާމަ ކުރިއަށްދާ ނަމަ މަދު ހަފްތާތަކެއްގެ ތެރޭގައި ހަކަތައިގެ ބާވަތްތައް ބޭރު ކުރުން މުޅިން ހުއްޓޭނެ: ގަތަރު

06 މާރިޗު 2026
އީރާނުގެ ހަނގުރާމަ ކުރިއަށްދާ ނަމަ މަދު ހަފްތާތަކެއްގެ ތެރޭގައި ހަކަތައިގެ ބާވަތްތައް ބޭރު ކުރުން މުޅިން ހުއްޓޭނެ: ގަތަރު
06 މާރިޗު 2026

ޒަޔަނިސްޓް - އެމެރިކާގެ ޖަރީމާތަކަށް އެއްވެސް ހައްދެއް ނެތް، އެމީހުން ހަމަލާދެނީ އާންމު ރައްޔިތުން އުޅޭ ތަންތަނަށް: އީރާން

06 މާރިޗު 2026
ޒަޔަނިސްޓް - އެމެރިކާގެ ޖަރީމާތަކަށް އެއްވެސް ހައްދެއް ނެތް، އެމީހުން ހަމަލާދެނީ އާންމު ރައްޔިތުން އުޅޭ ތަންތަނަށް: އީރާން
06 މާރިޗު 2026

އީރާނުގެ ހަނގުރާމަމަތީ މަނަވަރު އިންޑިއާގެ ކޮޗިން ގައި ބަނދަރުކޮށްފި

06 މާރިޗު 2026
އީރާނުގެ ހަނގުރާމަމަތީ މަނަވަރު އިންޑިއާގެ ކޮޗިން ގައި ބަނދަރުކޮށްފި
06 މާރިޗު 2026

ތެހެރާނުގެ ސުކޫލަކަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފި، މިއީ ހަމަލާ ދިން ހަތަރު ވަނަ ސްކޫލް

06 މާރިޗު 2026
ތެހެރާނުގެ ސުކޫލަކަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފި، މިއީ ހަމަލާ ދިން ހަތަރު ވަނަ ސްކޫލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް