Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް، ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭން ފާސް ކޮށްފި

ދަރިފުޅަށް ދެ އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު މުސާރަ ނުކެނޑޭ ގޮތަށް 30 މިނެޓުގެ ދެ ހުސްވަގުތު ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު 62 މެންބަރުންގެ އިއްތިފާގުން ފާސްކުރިއިރު، މީގެ ކުރިން މި ފުރުސަތު ލިބެނީ ދަރިފުޅަށް އެއް އަހަރު ފުރެންދެން. މީގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދިނުމާއި އިތުރުގަޑީގެ ފައިސާއާ ގުޅޭ މުހިންމު ބަދަލުތަކެއް ވެސް މި އިސްލާހުގައި ހިމަނާފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 މާރިޗު 2026 | އާދީއްތަ 14:50
ޓްރާންޕޯޓް މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުން

ޓްރާންޕޯޓް މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުން | މިހާރު

ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި ބިލު ފާސް ކޮށްފައިވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރު ޝަމީޒް ހުށަހެޅުއްވި މި ބިލުގައި ބުނީ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށް ފަހު ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ވަންދެން 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދިނުމަށެވެ. ބިލުގައި ބުނެފައިވަނީ މި ހުސް ވަގުތުކޮޅު މުވައްޒަފުންނަށް ދޭނީ މުސާރައިން ނުކެނޑޭ ގޮތަށް ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއްގެ ގޮތުގައި ކަމަށެވެ. 

ވޯޓުގެ ވަގުތުގައި އިދިކޮޅު އެމްޑީޕީ އިން ވަނީ އެ ބިލަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެގޮތުން  ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ވަނީ އޭނާ މުވައްޒަފުންނަށް ދޭ 30 މިނެޓުގެ ބަދަލުގައި އެ ވަގުތު 45 މިނެޓަށް ދިގު ކުރުމަށް ހުށަހަޅާފަ އެވެ.  ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމައިފަ އެވެ.

އެ ގޮތަށް އިސްލާހުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވި އެވެ.

ގާނޫނުގައި މިހާރު ބުނަނީ ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށެވެ. އާދިއްތަ ދުވަހު ފާސް ކުރި ބިލުގައި ވާގޮތުން ދަރިފުޅަށް ދެ އަހަރު ފުރެންދެން އެ ހުސް ވަގުތު މުވައްޒަފުންނަށް ލިބޭނެ އެވެ. 

މި ބިލުގައިވާ އިތުރު ކަންކަމުގެ ތެރޭގައި މުވައްޒަފުން ވަކި ކުރަން ނޯޓިސް ދިނުމާއި އިތުރު ގަޑީގެ ފައިސާ އަށް ވެސް ބަދަލު ގެނައުމަށް ހިމަނާފައި ވެ އެވެ. ބިލުގައި ބުނީ 1 އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ އެއްބަސްވުމެއް ހަދާފައިވާނަމަ އެ މުވައްޒަފު ވަކިކުރާ ނަމަ އެ މުވައްޒަފަކަށް ދެ ހަފުތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސްމުހައްމަދު ޝަމީޒްވަޒީފާއާއި ބެހޭ ގާނޫނު

އިތުރަށް ކިޔާލަން

08 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

08 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން
08 މާރިޗު 2026

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟
08 މާރިޗު 2026

އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު

08 މާރިޗު 2026
އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު
08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
07 މާރިޗު 2026

ރައީސް މުއިއްޒުގެ ކޮއްކޯފުޅު، މެންބަރު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެ

07 މާރިޗު 2026
ރައީސް މުއިއްޒުގެ ކޮއްކޯފުޅު، މެންބަރު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު