Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިފަރެންޑަމް ވޯޓު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ ބަދަލާ ގުޅޭ މަޢުލޫމާތު ސަރުކާރުން ސިއްރުކުރާތީ، އެކަމުގައި ބޮޑެތި ނުރައްކާތަކެއް ހުރި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. މި ބަދަލުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުޞަތު ގެއްލިގެންދާނެ ކަމަށް ފާހަގަކުރައްވައި، ރިފަރަންޑަމްގައި "ނޫނެކޭ" ބުނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި ނުކުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 18:24
ހެންވޭރު ހުޅަނގު ދާއިރާގެ ކެމްޕޭނަށް ވަޑައިގެން ރައީސް ސޯލިހު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ.

ހެންވޭރު ހުޅަނގު ދާއިރާގެ ކެމްޕޭނަށް ވަޑައިގެން ރައީސް ސޯލިހު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ. | ރާއްޖެ އެމްވީ

ރިފަރެންޑަމާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭނަށް ހެންވޭރު ހުޅަނގުގެ ގެތަކަށް ވަޑައިގެން، ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ވަރަށް ސިއްރުން އޮޅުވާލައިގެން މި އިންތިޚާބުގެ ތެރެއަށް ޤާނޫނުއަސާސީއަށް ގެންނަ ވަރަށް މުހިންމު ބޮޑު ބަދަލެއްގެ އިޞްލާޙު ހުށަހަޅައިގެން ރިފަރަންޑަމަކަށް ދާން ސަރުކާރުން އުޅޭ ކަމަށެވެ. އަދި މިކަން ރޭވިގެން އައި ގޮތާއި މިހާހިސާބަށް އައިއިރު އެއާ ބެހޭ މަޢުލޫމާތުތައް ރައްޔިތުންނަށް ދޭންވާވަރަށް ނުދިނުމަކީ މީގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވީމާ، މީގައި މާ ބޮޑު ސުވާލެއް ނެތް. ފުރަތަމަ ކަމަކަށްވެސް ވަރަށް މުހިންމު ކަމެއް، މިއަށް ނޫނެކޭ ބުނަންވީ. އެހެންނޫނިއްޔާ އަޅުގަނޑުމެން ސަރުކާރު ޖަވާބުދާރީކުރުވުމަށް މި ލިބޭ، ރައްޔިތުންނަށް މި ލިބޭ ފުރުޞަތު ހަމަ މުޅިން ގެއްލިގެން އެދަނީ. ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވީމާ، ދެން އަންނަ 5 އަހަރު، އެ ވެގެންދަނީ ރައްޔިތުންނާއި ސަރުކާރާ މުޅިން ގުޅުން ކެނޑިގެން އެދަނީ. ސުވާލުކުރެވޭނެ ތަނެއް ނެތް. ރައްޔިތުންގެ މަޖިލިސް އެކީގައި އޮންނާނީ ސަރުކާރާ އެކީގައި. މަޖިލީހުގެ ތެރެއިން ޖަވާބުދާރީއެއް ނުކުރެވޭނެ. ރައްޔިތުންނަކަށް ނެތް ސަރުކާރު ޖަވާބުދާރީކޮށްދެވެން. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް މީގައި ހިމެނިފައި އޮތް ރިފަރަންޑަމެއް ކަމަށާއި މީގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮންކަމެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި ކެމްޕެއިން ކުރިއަށް ދާއިރު އެ ވާހަކަތައް ވެސް ދެކެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ނުރައްކާތެރި ކަންތައްތަކެއް މީގައި ހިމެނިފައި އޮތް ރިފަރަންޑަމެއް. އަދި މީގެ ފަހަތުގައި ދެން އޮތީ ފޮރުވިފައި އޮތީ ކޮންކަމެއް ކަމެއް އަޅުގަނޑުމެން ކަންނޭނގެ. އަދި މި ކެމްޕެއިން ކުރިއަށް ދާއިރުގައި އެ ވާހަކަތައްވެސް ދެކެވޭނެ. އަޅުގަނޑުގެ އިލްތިމާސަކީ މިކަމުގައި ކަންބޮޑުވެ ވަޑައިގަންނަވާ. އަޅުގަނޑު ހިތުން ކަންބޮޑުވާވަރު ކަމެއް މިއީ. އެންމެ ނުކުމެވަޑައިގަންނަވާށޭ. އެމް.ޑީ.ޕީ މިއޮތީ ކުރިއަށް ނުކުމެ. އަދި ވަކިން އެހެން ބޭފުޅުން މި ކަންކުރަން ބޭނުންކަމަށްވަންޏާ ވެސް ނުކުމެ ޤައުމު ސަލާމަތްކުރުމަށް މިކަމުގައި ބައިވެރިވުން އަޅުގަނޑުގެ އިލްތިމާސަކީ. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ހުރިހާ ދާއިރާއެއްގައިވެސް ކެމްޕޭން ވަރަށް ރަނގަޅަށް ޕޮޒިޓިވްކޮށް ކުރިއަށްދާތަން ފެންނަކަމަށެވެ. އެމްޑީޕީގެ އަމާޒަކީ ސީދާ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށާއި އެއީ އެމްޑީޕީގެ އަބަދުވެސް އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީގެ އަމާޒަކީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށާއި މެނިފެސްޓޯއަކާ އެކީގައި އަންނާނެ ކަމަށް ވިދާޅުވި އެވެ. މާލޭގެ ރައްޔިތުން މިފަހަރު އަނެއްކާ ވެސް އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް ވޯޓުދޭތަން ފެނިގެންދާނެ ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުޚިޔާލު ހޯދުމުގެ ވޯޓުއެމްޑީޕީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

03 މާރިޗު 2026
އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

03 މާރިޗު 2026
އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު

އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު

03 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

03 މާރިޗު 2026

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު