Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުސިން އެލަވަންސް ކުޑަކުރުން

ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު

ސަރުކާރުން ޚަރަދު ކުޑަކުރަން މަސައްކަތް ކުރަނީ ރައްޔިތުންގެ ތަރައްގީއަށާއި މުސާރައަށް ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ އުނިކޮށްގެން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ. އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ކަނޑާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް. އެހެންކަމުން ސަރުކާރުގެ މި ސިޔާސަތުތަކާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 06:05
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު | އެމްޑީޕީ ސެކްރިޓޭރިއެޓް

65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ އުނިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަ ކުރަނީ ޖުމްލަ ބަޖެޓުން ނޫން ކަމަށާ އެކަން ކުރަނީ ރައްޔިތުންގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ އުނިކޮށްގެން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޝަމްހީދު ވިދާޅުވީ މިދިޔަ 2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. 

މިދިޔަ އަހަރުގެ ބަޖެޓަށް ބަލާލީމަ ވެސް އަޅުގަނޑުމެންނަށް އެނގޭނެ، ބަޖެޓުން ޚަރަދު ކުޑަކޮށްފަ ވަނީ ރައްޔިތުންގެ ތަރައްގީއަށް މިދިޔަ 2025 ވަނަ އަހަރުގެ ބަޖެޓުގައި ޖެހި 12.7 ބިލިއަން ރުފިޔާ އިން. އަދި ރައްޔިތުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގަ ޖެހި ދޮޅު ބިލިއަން ރުފިޔާ އާ މިފަދަ އެތައް، ރައްޔިތުންނާ ގުޅުންހުރި ފައިސާތަކަކުން ޚަރަދު ކުޑަ ވި. ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ގެއްލިގެން ހިނގައްޖެ. މި ޚަރަދު ކުރި ތަނެއް ނޭނގެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ ޚަރަދު ކުޑަ ވާނެ ގޮތަކީ ހަމައެކަނި މިއީ ކަމަށެވެ. އެގޮތުން އިންތިޚާބުތައް މަދު ކުރުމުން ރަށްރަށުގެ ތަރައްގީ ހުއްޓޭނެ ކަމަށާ ރަށްރަށުގެ ތަރައްގީ ހުއްޓުމަކީ އެއީ ސަރުކާރަށް ނޫނީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތަކުން ޚަރަދު ކުޑަވާނެ ގޮތެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

އެއް މިސާލަކީ މިއަދު އެބައޮތް މަޖިލީހަށް ހުށަހެޅިފަ، އެމްޑީޕީ އިން އެންމެ ފަޚުރުވެރިވާ އެއް ކަމަކީ 65 އަހަރުވާ މީހުންނަށް އެމްޑީޕީ ސަރުކާރުން ދޭން ފެށި 2000 ރުފިޔާ. މިއަދު އެއީ 5000 ރުފިޔާ. އެ އުނި ކޮށްލަން މިއަދު އެބައިން މަޖިލީހަށް ބިލެއް ހުށަހަޅާފަ. ކޮން ރައްޔިތަކަށް ތޯ އެނގެނީ މިކަން ހުށަހަޅާފަ އޮތްކަން.  
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ކަންތައްތަކަކީ މިއީ ކަމަށެވެ. އެހެންކަމުން ޚަރަދު ކުޑަކުރަން މި އުޅެނީ ރައްޔިތުންގެ ތަރައްގީއާ ރައްޔިތަކަށް ލިބޭ އެއްޗަކުން ކަން ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

އަހްމަދު ޝަމްހީދުހުޅުމާލޭ ދެކުނު ދާއިރާރައްޔިތުންގެ މަޖިލިސްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

03 މާރިޗު 2026
ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026
ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

02 މާރިޗު 2026
ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

02 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު