Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕިކަޕް ޖަލްސާ

ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

ސަރުކާރުން ވައުދުތައް ނުފުއްދާތީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށާއި، އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ރައްޔިތުންގެ ކުރިމައްޗަށް ދާން ޖެހޭ މިންވަރު މަދުކުރުމަށް ކަމަށް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވި. މިއީ އަސާސީ ހައްގުތައް ހަނިކުރުމަށް ހިންގާ ޖަރީމާއެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 18:42
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް ކަމަށާއި އެ އޮޅުވާލުމުގައި ޖެހިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހޯމަ ދުވަހު ހަވީރު ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެން ދާއިރު ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ނުފުދޭތީ މިއަދު ރައްޔިތުން ކައިރި އަށް ދާން  ސަރުކާރުން ލަދު ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ތާއީދު ނެތުމުން ދެން މަސައްކަތް ކުރައްވަނީ އިންތިޚާބުތައް މަދުކޮށްލައިގެން ކޮންޓްރޯލް ޤާއިމްކުރުމަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"އިންތިޚާބުތައް ނުބޭއްވުމަށް ކުރާ މަސައްކަތަކީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދިނުމަށް ހިންގާ ބޮޑު ޖަރީމާ އެއް. މިކަން ކުރުމަށް އެއް ގޮތަކަށް ވެސް ޖާގަ ދީގެން ނުވާނެ. އަމުދުން ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އާއެކޭ ބުނެގެން ނުވާނެ. ވަރަށް ވިސްނައިގެން ވޯޓު ލާ މީހާ ވޯޓުލާން ވާނީ." އޭނާ ވިދާޅުވި އެވެ.

ރެފަރަންޑަމްގެ ވޯޓަކީ ވާ ނުވާ ނޭނގޭ ގޮތަށް ނަގަން މަސައްކަތް ކުރަން ހެޔޮވާވަރުގެ ވޯޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ވޯޓުތައް މަދު ވުމަކީ ރައްޔިތުން ބަސް ބުނަން ލިބޭ ފުރުސަތު ކުޑަކުރުން ކަމަސާއި އެއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަކީ ދިވެހިންނަށް މި ސަރުކާރާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ ފަހު ފުރުސަތު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ފުރުސަތު ނަގާނުލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުއެމްޑީޕީރައްޔިތުންގެ މަޖިލިސްމުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026
ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

02 މާރިޗު 2026
ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

02 މާރިޗު 2026
ރަކީދޫ ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ބަންދުކޮށްފި

ރަކީދޫ ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ބަންދުކޮށްފި

02 މާރިޗު 2026
މި ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ، މަޖިލިސް އޮތީ ހިސޯރުކޮށް ވާނުވާގައި، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މެންބަރު ޝަމްހީދު

މި ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ، މަޖިލިސް އޮތީ ހިސޯރުކޮށް ވާނުވާގައި، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މެންބަރު ޝަމްހީދު

02 މާރިޗު 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު