Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

7 މާރިޗު 2026 | ހޮނިހިރު 04:41

އެމެރިކާާ އާއި އިޒްރޭލް އިން އީރާން އަށް ދެމުންދާ ހަމަލާތަކަށް ފާޑު ވިދާޅުވަމުން ސަންޗޭޒް ވިދާޅުވީ، އެއީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް. އަދި އެ އަމަލު ތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލު ތަކެއް ކަމަށް ވެސް ސަންޗޭޒް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 04:41
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް.

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ދެމުން އަންނަ ހަމަލާ ތަކުގައި ސްޕެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމާ މެދު ދެ ޤައުމުގައި ދެ މެދުގައި ނުތަނަވަސް ކަމެއް އުފެދިފައި އޮތް ނަަމަވެސް، ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ގޮތުގައި ހިފަހައްޓަވައިފި އެވެ.

ސްޕެއިންގެ ދެކުނުގައި އޮންނަ ހުއެލްވާގައި ޕޯޗުގަލްގެ ބޮޑު ވަޒީރު ލުއިސް މޮންޓެނީގްރޯ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ވިދާޅުވީ، ދެ ޤަައުމުގެ ދެ މެދުގައި އޮތް ގުޅުން ބިނާ ވާން ޖެހޭނީ އިޙުތިރާމް އާއި، އިޚުލާސްތެރި އެއްބާރުލުމުގެ ރޫޙެއްގެ މައްޗަށް ކަމަށެވެ. އަދި އެ ގުޅުމަކީ ހަމަހަމަ ފުރުސަތެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އެމެރިކާާ އާއި އިޒްރޭލް އިން އީރާން އަށް ދެމުންދާ ހަމަލާތަކަށް ފާޑު ވިދާޅުވަމުން ސަންޗޭޒް ވިދާޅުވީ، އެއީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެ އަމަލު ތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލު ތަކެއް ކަމަށް ވެސް ސަންޗޭޒް ވިދާޅުވި އެވެ. އެކުވެރި ޤައުމު ތަކުގެ މެދުގައި އޮންނަ ގުޅުމުގައި، އަނެއް ޤައުމުން ކުރާ ރަނގަޅު ކަންކަމަށް އެހީތެރިވުމަކީ މުހިންމު ކަމަކަށް ވިޔަސް، ގޯސްކޮށް ކަމެއް ކުރާ ނަމަ އެކަން ބުނެދިނުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބޮޑު ވަޒީރު ސަންޗޭޒް ވިދާޅުވި އެވެ. 

އަަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ ނުދޭން ސްޕެއިން އިން ނިންމުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޤައުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ ސްޕެއިން އަކީ ވަރަށް ގޯސް އެކުވެރިއެއް ކަމަށެވެ. އަދި އެ ޤައުމާ އެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ. މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ސްޕެއިން އަކީ ވަރަށް ބަލިކަށި ޤައުމެއް ކަމަށެވެ. 

ޓްރަމްޕްގެ އެ ފާޑު ކިޔުން ތަކަށް ރައްދު ދެއްވަމުން ސަންޗޭޒް ވަނީ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅުކަން ތަކުރާރު ކުރައްވައިފަ އެވެ. އަދި އީރާން އަށް ހަަމަލާ ދިނުމަށްޓަކައި ސްޕެއިންގެ ދެކުނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އާއި ސްޕެއިންއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި އޮތް ނަމަވެސް، ސަންޗޭޒް ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕް އަށް ވަރަށް ބޮޑު އިޙުތިރާމެއް އޮންނަ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

ޕެޑްރޯ ސަންޗޭޒްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ސްޕެއިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މާރިޗު 2026

އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

07 މާރިޗު 2026
އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް
07 މާރިޗު 2026

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

07 މާރިޗު 2026
ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް
07 މާރިޗު 2026

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް
07 މާރިޗު 2026

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި
07 މާރިޗު 2026

"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި

07 މާރިޗު 2026
"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި
07 މާރިޗު 2026

އީރާނުން އާ ޖީލުގެ މިސައިލްތަކުން އިޒްރޭލަށާއި އެމެރިކާ އާ ގުޅުން ހުރި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އީރާނުން އާ ޖީލުގެ މިސައިލްތަކުން އިޒްރޭލަށާއި އެމެރިކާ އާ ގުޅުން ހުރި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފި
06 މާރިޗު 2026

އިރާނުން މިހާތަނަށް ބޭނުންކުރީ ޒަމާންވީ މިސައިލް، ފަހުގެ މިސައިލްތައް ބަހައްޓާފައި ހުރީ ދިގު ދެމިގެންދާ ހަނގުރާމަ އަކަށް ތައްޔާރުވާން، ހަތިޔާރު ފަރުމާކޮށް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ: އައިއާރުޖީސީ

އީރާން އަށް އަމާޒުކޮށް، އިޒްރޭލް އިން އައު ހަމަލާ ތަކެއް ދީފި

06 މާރިޗު 2026
އީރާން އަށް އަމާޒުކޮށް، އިޒްރޭލް އިން އައު ހަމަލާ ތަކެއް ދީފި
06 މާރިޗު 2026

އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް

06 މާރިޗު 2026
އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް
06 މާރިޗު 2026

އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި

06 މާރިޗު 2026
އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް