Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

މެދުވެރިއެއްގެ ދައުރު އަދާ ކޮށްގެން މައްސަލަ ޙައްލު ކުރުމަށް ބައެއް ޤައުމު ތަކުން މަސައްކަތް ފަށާފައިވާކަން ހާމަ ކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އެފަދަ މަސައްކަތްތައް ބިނާވާން ޖެހޭނީ އީރާންގެ ރައްޔިތުންގެ ބާރު ވަޒަންކޮށް، އެ ހަމަ ނުޖެހުންތައް އުފެއްދި ފަރާތް ތަކުގެ މައްޗަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 04:36
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ދޭން ފެށި ހަމަލާ ތަކުގެ ސަބަބުން ފެށިފައިވާ ހަނގުރާމަ ހުއްޓުވުމަަށް ޓަކައި ބައެއް ޤައުމު ތަކުން މެދުވެރިއެއްގެ ދައުރު އަދާ ކުރަން ފަށާފައިވާ ކަމަށް، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވީ، މަޝްވަރާ ކުރިއަށް ގެންދިޔަ ނަމަވެސް، އެ މަޝްވަރާތައް އަމާޒު ކުރަން ވާނީ އެ ހަނގުރާމަ ފެށި ފަރާތް ތަކަށް ކަމަށެވެ. މިއީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެކެވެ. 

ޕެޒެޝްކިއާންގެ ޕޯސްޓުގައި ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމާއި، ދާއިމީ ސުލްޙަ އަށް އީރާން އިން އަބަދު ވެސް އިސްކަން ދޭނެ ކަަމަށެވެ. އެހެން ނަމަވެސް، އީރާން އިން އެ ޤައުމުގެ ކަރާމާތާއި، މިނިވަންކަން އަދި އިސްތިޤުލާލު ދިފާއު ކުރުމުގައި އެއްވެސް ފަސް ޖެހުމެއް ނުގެން ގުޅޭނެ ކަމުގެ ޔަޤީންކަން ވެސް ޕެޒެޝްކިއާން ވަނީ ދެއްވައިފަ އެވެ. 

މެދުވެރިއެއްގެ ދައުރު އަދާ ކޮށްގެން މައްސަލަ ޙައްލު ކުރުމަށް ބައެއް ޤައުމު ތަކުން މަސައްކަތް ފަށާފައިވާކަން ހާމަ ކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އެފަދަ މަސައްކަތްތައް ބިނާވާން ޖެހޭނީ އީރާންގެ ރައްޔިތުންގެ ބާރު ވަޒަންކޮށް، އެ ހަމަ ނުޖެހުންތައް އުފެއްދި ފަރާތް ތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ހަނގުރާމައިގެ އަލިފާން ރޯކުރި ފަރާތް ތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ޕެޒެޝްކިއާން އިޝާރާތް ކުރެއްވި އެވެ. 

އީރާންގެ ރައީސް ޕެޒެޝްކިއާން މިހެން ވިދާޅުވެފައިވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން، އީރާން އިން ގެންދަނީ އެ ޤައުމުގެ ދިފާއުގައި ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. މި ހަމަލާ ތަކަށް ހަފުތާއެއް ވެފައިވާއިރު، މިއީ ބައިނަލްއަޤުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލަ އަަކަށް ވަނީ ވެފަ އެވެ. 

އީރާންގެ ރައީސް ޕެޒެޝްކިއާންގެ ވާހަކަ އިން ދޭހަވާ ގޮތުގައި، ސުލްޙަ އަށް ފުރުސަތު ދޭން އީރާން ތައްޔާރަށް އޮތް ނަމަވެސް، އެއީ ޤައުމީ މަސްލަޙަތާއި އަމިއްލަ ބާރު ދޫކޮށްލުމަށް ފަހު ކުރާނެ ކަމެއް ނޫނެވެ. އަދި މެދުވެރިންގެ ދައުރަކީ ހަަމައެކަނި އީރން އަށް ފިއްތުންތައް ކުރިމަތި ކުރުން ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ވާހަކައިގައި ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އިޒްރޭލްއިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން

އިތުރަށް ކިޔާލަން

07 މާރިޗު 2026

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

07 މާރިޗު 2026
ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް
07 މާރިޗު 2026

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް
07 މާރިޗު 2026

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި
07 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ވިލާތުގެ ގައުމުތަކަށް އިންޒާރު ދީފި

07 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ވިލާތުގެ ގައުމުތަކަށް އިންޒާރު ދީފި
07 މާރިޗު 2026

"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި

07 މާރިޗު 2026
"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު