Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

އީރާނާއި، މުޅި މެދު އިރުމަތީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ބާރުގެ ބޭނުން ކުރުން ދޫކޮށްލައި، ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ޙައްލު ކުރުމަށް ޕުޓިން ގޮވާލައްވާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 06:58
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަމަލާ ދޭން ފަށައި މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެއްގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ގުޅުއްވައިފި އެވެ. 

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޕެޒެޝްކިއާން އަށް ގުޅުއްވައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ޕުޓިން ގޮވާލައްވާފައިވާ ކަމަށެވެ. އަދި އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، ޕުޓިން ވަނީ އަނެއްކާ ވެސް ތައުޒިޔާ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ޕުޓިން ވަނީ، އީރާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފަ އެވެ. 

ކްރެމްލިން އިން ބުނެފައި ވަނީ، ހަނގުރާމައިގެ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާ އިން ގެންގުޅޭ ސާބިތު ސިޔާސަތު ޕުޓިން އަލުން ތަކުރާރު ކުރެއްވި ކަމަށެވެ. އަދި އީރާނާއި، މުޅި މެދު އިރުމަތީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ބާރުގެ ބޭނުން ކުރުން ދޫކޮށްލައި، ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ޙައްލު ކުރުމަށް ޕުޓިން ގޮވާލައްވާފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ކެރެމްލިން އިން ބުނެފައި ވަނީ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމު ތަކުގެ ލީޑަރުންނާ ވެސް ޕުޓިން ޤަވާއިދުން މުއާލަމާތު ކުރައްވައި، މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ޕުޓިން އާއެކު ކުރެއްވި ފޯނު ކޯލުގައި އީރާންގެ ރައީސް ޕެޒެޝްކިއާން ވަނީ، އީރާންގެ މިނިވަންކަމާއި ސިޔާދަތު ދިފާއު ކުރުމުގައި ރަޝިޔާ އިން ދައްކުވައިދޭ އެއްބައިވަންތަ ކަމަށްޓަކައި ޕުޓިން އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ސަރަހައްދީ މަސްރަހު ގޯސްވަމުންދާ ގޮތުގެ ތަފްސީލީ މައުލޫމާތު ޕެޒެޝްކިއާން ވަނީ، ރަޝިޔާގެ ރައީސް ޕުޓިންއާ ހިއްސާ ކުރައްވައިފަ އެވެ. 

ރަޝިޔާ އާއި އީރާނަކީ ގާތް ގުޅުމެއް އޮންނަ ޤައުމަކަށް ވާއިރު، މަސްރަހު ފިނި ކުރުމަށް ޕުޓިން ކުރައްވާ މަސައްކަތް ތަކަކީ ބަލައި ގަންނަ މަސައްކަތް ތަކެއް ކަމަށް ބައިނަލްއަަޤުވާމީ މުޖުތަމައުން ފާހަގަ ކޮށްފައިވެ އެވެ. ދުނިޔޭގެ ބާރު ތަކުން ގޮވާލަމުން އަންނަނީ، ސަރަހައްދީ ހަނގުރާމަ އަކަށް ބަދަލު ވުމުގެ ކުރިން، ހަމަލާތައް ހުއްޓާލައި، ސުލްޙަ ޤާއިމު ކުރުމަށެވެ. 

މަސްދަރު: ފަސްޓްޕޯސްޓް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާޔަތުﷲ އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

07 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

07 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް
07 މާރިޗު 2026

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

07 މާރިޗު 2026
ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް
07 މާރިޗު 2026

އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

07 މާރިޗު 2026
އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް
07 މާރިޗު 2026

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

07 މާރިޗު 2026
ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް
07 މާރިޗު 2026

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު