Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

އީރާނުން ދެން އައްޔަން ކުރާ ރޫހާނީ ލީޑަރު ހޮވުމުގައި ބަސް ބުނުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް ޓްރަމްޕް ދެއްކެވި ވާހަކަ ތަކަަށް، އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ގެންދަވަނީ މަލާމާތްކޮށް، ޖޯޖު ޖައްސަވަމުން ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 06:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވެފައި ވަނީ އީރާންގެ އައު ރޫހާނީ ލީޑަރު ކަނޑައެޅުމުގައި އެމެރިކާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވެފައި ވަނީ އީރާންގެ އައު ރޫހާނީ ލީޑަރު ކަނޑައެޅުމުގައި އެމެރިކާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް | ރޮއިޓާސް

އީރާންގެ އައު ރޫހާނީ ލީޑަރު، ނުވަތަ އެންމެ މަތީ ވެރިޔާ ކަނޑައެޅުމުގައި އެމެރިކާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން، އީރާންގެ އިސްވެރިން އެކަމަށް މަލާމާތްކޮށް، ޖޯކު ޖައްސަވައިފި އެވެ. 

މެދު އިރުމަތީގެ ދިރާސާތަކާ ބެހޭ މަރުކަޒެއްގެ ސީނިއާ ރިސާޗަރެއް ކަމަށްވާ އައްބާސް އަސްލާނީ ވިދާޅުވީ، އީރާން އިން އަމާން ދިނުމަށް ޓްރަމްޕް ކުރައްވާ ޑިމާންޑު ތަކަށް އެ ޤައުމުން ދެނީ ބީރު ކަންފަތެއް ކަމަށެވެ. އަދި އީރާނުން ދެން އައްޔަން ކުރާ ރޫހާނީ ލީޑަރު ހޮވުމުގައި ބަސް ބުނުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް ޓްރަމްޕް ދެއްކެވި ވާހަކަ ތަކަަށް، އީރާންގެ ސަރުކާރުގެ އިސް އޮފިޝަލުން ގެންދަވަނީ މަލާމާތްކޮށް، ޖޯޖު ޖައްސަވަމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަސްލާނީ ވިދާޅުވި ގޮތުގައި، އީރާނުން މިހާރު ފެންނަނީ ބަދަލަކަށް ވުރެ ބޮޑަށް، ކުރިން ވެސް ގެންގުޅުނު ސިޔާސަތު ތަކުގައި ދެމި އޮންނާނެ ކަމުގެ ނިޝާން ތަކެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ ހޮވުމަކީ އެ ޤައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް އޮންނަ އިޚުތިޔާރެއް ކަމަށާއި، އެކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށް އީރާންގެ މަސްއޫލުވެރިން ވިދާޅުވާމު ގެންދަވާ ކަމަށް އަސްލާނީ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން އަސްލާނީ ވިދާޅުވީ، ފާއިތުވި ދުވަސް ތަކުގައި އީރާނުން ފެންނަނީ ބޮޑު އިތުބާރަކާ އެކު ބަސް މަހު ބައްޓަން ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެމެރިކާ އާއެކު އެއްވެސް ކަހަލަ މަޝްވަރާ ކުރުމެއް، ނުވަތަ ގުޅުން ބަދަހި ކުރުމަށް އީރާނުން އެއްވެސް ޝައުޤުވެރިކަމެއް ފާޅު ކޮށްފައި ނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، އީރާނުން އެ ޤައުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އީރާނުގެ މަސްއޫލުވެރިންގެ މި ރައްދުތައް އައިސްފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް އީރާނަށް އަތް ގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގަ އެވެ. އަދި އީރާނުން އަމާން ނުދޭ ހިނދެއްގައި، އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާންއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

07 މާރިޗު 2026
އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

07 މާރިޗު 2026
ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު