Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

މީގެ އިތުރުން ފާއިތުވި ދުވަސް ތަކުގެ ތެރޭގައި އީރާން އިން ދީފައިވާ ހަމަލާ ތަކާ ގުޅިގެން، އެކަމުގެ އަސަރު ފޯރި އަވަށްޓެރި ޤައުމު ތަކުގެ ކިބައިން ރައީސް ޕެޒެޝްކިއާން ވަނީ މައާފަށް އެދިވަޑައިގެންފައި. އެއާ އެކު ވިދާޅުވީ، ކުރިން ހިނގައި ދިޔަ ކަންތައްތަކަކީ ވަގުތާއި ޙާލަތަކަށް ބެލުމަށް ފަހު، މަޖުބޫރު ވެގެން ކުރަން ޖެހުނު ކަންތައް ތަކެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 08:35
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް

އީރާންގެ ސަރަހައްދީ ރަށްވެހިކަމާއި، އަމަން އަމާންކަމަށް ބުރޫ ނާރާނެ ފަދަ ގޮތަށް، އަވަށްޓެރި ޤައުމު ތަކަށް އަމާޒުކޮށް ދެން ހަމަލާ ނުދޭނެ ކަމުގެ ޔަޤީންކަން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އީރާންގެ ރައީސް ޕެޒެޝްކިއާން މިހެން ވިދާޅުވީ، އީރާންގެ އިންތިޤާލީ ލީޑަރޝިޕް ކައުންސިލް އިން ހުކުރު ދުވަހު ފާސް ކޮށްފައިވާ ނިންމުމާ ގުޅިގެންނެވެ. 

އީރާންގެ މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި، އީރާންގެ ރައީސް ޕެޒެޝްކިއާން ވިދާޅުވީ އަވަށްޓެރި ޤައުމު ތަކަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް ނިންމާފައި ވީ ނަމަވެސް، އެއިން ޤައުމެއްގެ ސަރަހައްދުން އީރާން އަށް ހަމަލާ އަތުވެއްޖެ ނަމަ އެކަމަށް ރައްދު ދޭނެ ކަމަށެވެ. މިއީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި އީރާންގެ އެންމެ މަތީ މަޖިލީހުން ނިންމި ނިންމުމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ފާއިތުވި ދުވަސް ތަކުގެ ތެރޭގައި އީރާން އިން ދީފައިވާ ހަމަލާ ތަކާ ގުޅިގެން، އެކަމުގެ އަސަރު ފޯރި އަވަށްޓެރި ޤައުމު ތަކުގެ ކިބައިން ރައީސް ޕެޒެޝްކިއާން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އެއާ އެކު ވިދާޅުވީ، ކުރިން ހިނގައި ދިޔަ ކަންތައްތަކަކީ ވަގުތާއި ޙާލަތަކަށް ބެލުމަށް ފަހު، މަޖުބޫރު ވެގެން ކުރަން ޖެހުނު ކަންތައް ތަކެއް ކަމަށެވެ.

ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަވަށްޓެރި ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތަކާ ގުޅިގެން، އޭގެ ރައްދުގައި އީރާން އިން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އެމްބަސީ ތަކުގެ އިތުރުން، އަސްކަރީ މަރުކަޒު ތަަކަށް ހަމަލާ ދީފަ އެވެ.

އީރާންގެ އިންތިޤާލީ ލީޑަރޝިޕް ކައުންސިލް އިން މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ނިންމުމާ އެކު، އަވަަށްޓެރި ޤައުމުތަޚާއި، އީރާންއާ ދެމެދު އިތުބާރު ބަދަހިވެ، ސަރަހައްދީ ސަލާމަތާއީ ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އީރާންގެ އަމާޒަކީ އެއްވެސް ޤައުމަކަށް ނުރައްކަލެއް ކުރިމަތި ކުރުވުން ނޫން ކަމަށެވެ. ނަމަވެސް ޤައުމުގެ އިސްތިޤުލާލު ދިފާއު ކުރުމުގައި އެއްވެސް ދޫ ދިނުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަވަށްޓެރި ޤައުމު ތަކުގެ ބިން ބޭނުން ކޮށްގެން އީރާން އަށް ހަމަލާ ދިނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ވެސް، ޕެޒެޝްކިއާން ވަނީ އެދިވަޑައިގެންފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާންއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

07 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

07 މާރިޗު 2026
ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

07 މާރިޗު 2026
އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

07 މާރިޗު 2026
ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

07 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު