Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

މި ނަތީޖާ އާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 44 ޕޮއިންޓާ އެކު. މިއީ ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވި ފަހުން ލީގުގައި އެ ޓީމަށް މޮޅެއް ނުހޯދި ނިންމާލަން ޖެހުނު ފުރަތަމަ މެޗު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 05:41
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލީޑްސް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލީޑްސް ކުޅުނު މެޗުގެ ތެރެއިން | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންތަކުން ޗެލްސީ އަށް ފުއްދާލަން ޖެހިއްޖެ އެވެ. 

ޗެލްސީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޗެލްސީ އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލީޑްސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. އެއީ ކޯލް ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްދިނީ ޕާމާ އެވެ. 

ނަމަވެސް، މެޗުގެ 67 ވަނަ މިނެޓުގައި ލީޑްސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފަރަގު ކުޑަ ކޮށްދިނީ ލޫކަސް ނިމެކާ އެވެ. އެއާ އެކު ލީޑްސް އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ވަރަށް މަސައްކަތް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ނޯއާ އޮކަފޯ ވަނީ ލަނޑު ޖަހައި ލީޑްސް އަށް އެއްވަރު ކޮށްދީފަ އެވެ.

މި ނަތީޖާ އާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 44 ޕޮއިންޓާ އެކު އެވެ. މިއީ ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވި ފަހުން ލީގުގައި އެ ޓީމަށް މޮޅެއް ނުހޯދި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީލީޑްސް ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

09 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026
ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

08 ފެބުރުއަރީ 2026
ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި

ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި

08 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް

ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު