Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިން. މެޗުގައި އާސެނަލް އިން އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަަމަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ފެބުރުއަރީ 2026 | ހޯމަ 07:06
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ވިގަން އެތުލެޓިކްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް ވެސް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ. 

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަަމަ ހާފުގަ އެވެ. 

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ނޯނީ މަޑުއޭކޭ އެވެ. އެ ލަނޑު އޭނާ ޖެހީ އެބްރެޗީ އެޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތް މިނެޓު ފަހުން އާސެނަލްގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްދިނީ ގަބްރިއެލް މާޓިނެލީ އެވެ. އެ ލަނޑު ޖަހަން މާޓިނެލީ އަށް ވެސް ފުރުސަތު ތަނަަވަސްކޮށްދިނީ އެޒޭ އެވެ.

މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑަކީ، 23 ވަނަ މިނެޓުގައި ވިގަން އެތުލެޓިކްގެ ޑިފެންޑަރު ޖެކް ހަންޓް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ގަބްރިއެލް ޖީސުސް އެވެ. އެއީ ކްރިސްޓިއަން ނޯގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އާސެނަލް އިން އެފްއޭ ކަޕްގެ ގަދަ 16 އިން ޖާގަ ހޯދިއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ވެސް ޖާގަ ހޯދާފައިވެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އާސެނަލް އޮތް އިރު، މެންޗެސްޓަރ ސިޓިއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.

އިނގިރޭސި އެފްއޭ ކަޕްއާސެނަލް

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް

15 ފެބުރުއަރީ 2026
ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް
14 ފެބުރުއަރީ 2026

ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

14 ފެބުރުއަރީ 2026
ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް
08 ފެބުރުއަރީ 2026

ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

08 ފެބުރުއަރީ 2026
ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
04 ފެބުރުއަރީ 2026

ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް

04 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް
01 ފެބުރުއަރީ 2026

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

01 ފެބުރުއަރީ 2026
ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު