Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުން. އޭނާ ހަވާލުވީ ފަހުން ޗެލްސީ ބަލިވެފައި ވަނީ ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު ތަކުން އެކަނި. ދެން ކުޅުނު ހަ މެޗުން ވެސް ޗެލްސީ ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2026 | އާދީއްތަ 04:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮަޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން ފޯމު ދަމަހައްޓައި ގަދަ ހަތަރެއްގެ އުންމީދު އައު ކޮށްފި އެވެ. 

ވުލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އަދި މެޗުގައި ވުލްވްސްގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ކޯލް ޕާމާ އެވެ. އެއީ ވުލްވްސްގެ އޭރިޔާ ތެރެއިން ޗެލްސީގެ ޔާއޯ ޕެޑްރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ޗެލްސީގެ ދެ ވަނަ ލަނޑު ވެސް ޕާމާ ޖެހީ ޕެނަލްޓީ އަކުންނެވެ. އެއީ ވެސް ވުލްވްސްގެ ކުޅުންތެރިޔަކު ޕެޑްރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޕާމާ ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ޕާާމާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މާކާ ކުކުރޭލާ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ވުލްވްސްގެ ހަމައެކަނި ލަނޑު ޖެހީ ޓޯލޫ އަރޮކޮޑާރޭ އެވެ.

މޮޅާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި އެ ޓީމުން ކުޅެފައިވާ 25 މެޗުން 43 ޕޮއިންޓާ އެކު އެވެ. ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. އޭނާ ހަވާލުވީ ފަހުން ޗެލްސީ ބަލިވެފައި ވަނީ ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު ތަކުން އެކަނި އެވެ. ދެން ކުޅުނު ހަ މެޗުން ވެސް ޗެލްސީ ވަނީ މޮޅުވެފަ އެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީވުލްވްސް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

08 ފެބުރުއަރީ 2026
ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
08 ފެބުރުއަރީ 2026

ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި

08 ފެބުރުއަރީ 2026
ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި
04 ފެބުރުއަރީ 2026

ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް

04 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް
01 ފެބުރުއަރީ 2026

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
26 ޖެނުއަރީ 2026

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު