Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެއިންތިޚާބު އެއްކޮށްލުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް

ނިޔާޒް ވިދާޅުވީ، ވޯޓުލާ ދުވަސް ކައިރިވަމުން އަންނަ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން މަސައްކަތް ކުރާ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ ކަމަށް. އަދި އެކަމުގެ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ވެސް އެ ޒިންމާތައް ފުރިހަމަ އަށް އަދާކުރަމުން ނުދާ ކަމަށް ނިޔާޒް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2026 | ހޮނިހިރު 04:40
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން މަސައްކަތް ކުރާ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، އެމްޑީޕީން ހުރިހާ ހަރަކާތްތަކެއްވެސް ހިންގާނީ ރައްޔިތުންގެ ޝުއޫރާއި ފިކުރު ހުރި ގޮތެއް ބަލައިގެން ކަމަށެވެ.

ނިޔާޒް ވިދާޅުވީ، ވޯޓުލާ ދުވަސް ކައިރިވަމުން އަންނަ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން މަސައްކަތް ކުރާ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތުވެސް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުންވެސް އެ ޒިންމާތައް ފުރިހަމައަށް އަދާކުރަމުން ނުދާކަމަށް ނިޔާޒް ވިދާޅުވި އެވެ.

  ރިފަރެންޑަމް ވޯޓޭ ކިޔައިގެން މި ނަގަން އުޅޭ ވޯޓުގެ އެއްވެސް މައުލޫމާތެއް ރައްޔިތުންނަކަށް ނުދޭ.
ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު 

ނިޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީން ބާއްވާ ޕިކަޕް ޖަލްސާ އާއި އެނޫންވެސް ހަރަކާތްތަކަކީ އެ ކަންކަމާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ، އިންތިޚާބުގައި ރައްޔިތުން ނިންމަން ޖެހެނީ ނުހަނު މުހިއްމު ނިންމުމެއް ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ޙައްޤާ ގުޅޭ އެފަދަ ކަމެއްގައި މައުލޫމާތުވެސް ފުރިހަމައަށް ލިބިދީފައި އޮންނަން ޖެހޭނެކަމަށެވެ.

  ވޯޓަކަށްދާއިރު މިއީ ވަރަށް މުހިއްމު ނިންމުމެއް ރައްޔިތުން ނިންމަންޖެހޭ، ދެ އިންތިޚާބު އެއްކޮށްލާއިރު ރައްޔިތުންގެ އަތުގައި އޮތް ވޯޓު ލުމުގެ ޙައްޤު ދޫކޮށްލާނީތޯ ނުވަތަ ނޫންތޯ. އިންތިޚާބުތައް މަދުކޮށްގެން ވެރިންގެ ބާރު ގަދަކުރާނީތޯ ނުވަތަ ރައްޔިތުންގެ ބާރު އޮތް ގޮތަށް މި އިންތިޒާމު ރޭވިފައި އޮތްގޮތަށް ބާއްވާނީތޯ.
ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު 

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެކަން އިނގޭތީ، އެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކާމިޔާބުކުރުމަށް ކަމަށް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ.

އަލީ ނިޔާޒްއިންތިޚާބުތައްއިލެކްޝަންސް ކޮމިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

05 މާރިޗު 2026

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.
26 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

26 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."
25 ފެބުރުއަރީ 2026

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

25 ފެބުރުއަރީ 2026
ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ
25 ފެބުރުއަރީ 2026

ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

25 ފެބުރުއަރީ 2026
ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި
24 ފެބުރުއަރީ 2026

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

24 ފެބުރުއަރީ 2026
އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު