Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިފަރަންޑަމް ވޯޓު

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

ވަގުތީ އަމުރު ނެރެދިނުމަށް އެމްޑީޕީ އިން އެދިފައި ވަނީ މައްސަލަ ރައްދުވާ، ބަންޑާރަ ނައިބުގެ އޮފީހުގެ ޣައިރު ހާޟިރުގައި ނިންމުމަށް. އަދި އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރު ނެރެދިނުމަށް ވެސް އެ ޕާޓީ އިން ވަނީ އެދިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2026 | ބުދަ 09:08
އެންމެ ފަހުން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އެންމެ ފަހުން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، އެ ވޯޓުގެ ކަންކަން މަޑު ޖައްސައިލުމުގެ ވަގުތީ އަމުރަކަށް އެމްޑީޕީ އިން އެދިއްޖެ އެވެ.

ވަގުތީ އަމުރަކަށް އެދި އެމްޑީޕީ އިން ވަނީ ހަތަރު ނުކުތާއެއް ހިމަނައިފަ އެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ ޤާނޫނު ނަންވަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަދަ ކެމްޕެއިން ކުރުމުގެ ފުރުސަތު އެ ޕާޓީ އަށް ނުލިބޭ ކަމަށެވެ. އަދި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ސިޔާސީ ޕާޓީ ތަކުގެ ބޭނުން ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ވާ ގޮތަށް، ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަން ކަމާ އެކު ބައްޓަން ކުރުމަށް ޖާގަ ދިނުމަށް އެ ޕާޓީ އިން ކުރަން ޖެހޭ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތެއް ނެތް ކަަމަށް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ދައުވާކުރާ ފަރާތަށް ސިޔާސީ ގޮތުން ބޮޑު ގެއްލުމެއް ލިބި، އަދި އެ ޤަރާރު ބާތިލު ކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި، އެ މައްސަލައިގެ ވޯޓާ ގުޅޭ ކެމްޕެއިނަށް ކުރާ ހަރަދު ތަކުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުމެއް ލިބިދާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. 

ވަގުތީ އަމުރު ނެރެދިނުމަށް އެމްޑީޕީ އިން އެދިފައި ވަނީ މައްސަލަ ރައްދުވާ، ބަންޑާރަ ނައިބުގެ އޮފީހުގެ ޣައިރު ހާޟިރުގައި ނިންމުމަށެވެ. އަދި އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރު ނެރެދިނުމަށް ވެސް އެ ޕާޓީ އިން ވަނީ އެދިފަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕްރިފަރެންޝަލް ވޯޓިންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުސިވިލް ކޯޓުހޫނު ހަބަރު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

25 ފެބުރުއަރީ 2026
ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި
24 ފެބުރުއަރީ 2026

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

24 ފެބުރުއަރީ 2026
އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ
24 ފެބުރުއަރީ 2026

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

24 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ
18 ފެބުރުއަރީ 2026

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

18 ފެބުރުއަރީ 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް
17 ފެބުރުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ
17 ފެބުރުއަރީ 2026

އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!

17 ފެބުރުއަރީ 2026
އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!
15 ފެބުރުއަރީ 2026

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހަދަން ފާސް ކޮށްފި

15 ފެބުރުއަރީ 2026
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހަދަން ފާސް ކޮށްފި
08 ފެބުރުއަރީ 2026

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު
05 ފެބުރުއަރީ 2026

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަޠީފް އިސްތިއުފާ ދެއްވައިފި

05 ފެބުރުއަރީ 2026
 ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަޠީފް އިސްތިއުފާ ދެއްވައިފި
05 ފެބުރުއަރީ 2026

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

05 ފެބުރުއަރީ 2026
ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް