Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިފަރަންޑަމް ވޯޓު

ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

އެ ނިންމެވުން ނިންމެވިކަން އާޢްމުކޮށްފައިވާ ހުއްޖަތުތައް ބަޔާންކުރާ މައުލޫމާތު އެކުލެވިގެންވާ "މައުލޫމާތު ކަރުދާސް" ހިމަނައިފައި ނެތް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 09:02
އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޙަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދިދަ ހިފައިގެން އާންމު މެމްބަރުން

އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޙަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދިދަ ހިފައިގެން އާންމު މެމްބަރުން | ސޯޝަލް މީޑިއާ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުންް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. 

އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، 2026 ފެބްރުވަރީ 16 ވަނަ ދުވަހު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވާފައިވާ ޤަަރާރުގައި ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާއިން ހިމެނުމަށް، ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް ހިމަނައިފައި ނުވާތީ، އެ ޤަރާރުގައި ޤާނޫނީ ހައިސިއްޔަތު ނެތް ސަބަބަށް ޓަކައި، އެ ޤަރާރު ބާތިލުކަމަށް ކަނޑައެޅުމަށް ދައުވާ ކުރާ ކަމަށެވެ. 

Advertisement - newsAdvertisement

ދައުލަތުގެ އިދާރާ އަކުން އެޅި ފިޔަވަޅެއްގެ ސަބަބުން ޙައްޤަކަށް އުނިކަން ލިބުނު އިދާރީ ފިޔަވަޅުގެ ތަފުސީލުގައި އެމްޑީޕީ އިން ބުނެފައި ވަނީ  ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓް ނަގާނީ، "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުން ކަމަށެވެ. 

 މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، އެ ނިންމެވުން ނިންމެވިކަން އާޢްމުކޮށްފައިވާ ހުއްޖަތުތައް ބަޔާންކުރާ މައުލޫމާތު އެކުލެވިގެންވާ "މައުލޫމާތު ކަރުދާސް" ހިމަނައިފައި ނެތް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. 

އެމްޑީޕީ އިން ވަނީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެ ޕާޓީ އިން މަސައްކަތް ކުރަން ނިންމައިފަ އެވެ. އަދި އެކަމާ ގުޅިގެން ކުރިއަށް އޮތް މާޗު މަހުގެ 21 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ވެސް އެމްޑީޕީ އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީ އިން ބުނެފައިވަނީ ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް އަންނަ ކޮންމެ ކަމެއް ގައި އެ ޕާޓީން ތެދުވެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

25 ފެބުރުއަރީ 2026
ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

24 ފެބުރުއަރީ 2026
އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

24 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

24 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު