Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕިކަޕް ޖަލްސާ

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

ކުރިއަށް އޮތް އިންތިޚާބުތަކުގެ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 26 ފެބުރުއަރީ 2026 | ބުރާސްފަތި 20:46
އެމްޑީޕީ ޕިކަޕް ޖަލްސާ 26.02.2026

އެމްޑީޕީ ޕިކަޕް ޖަލްސާ 26.02.2026 | ރާއްޖެ އެމްވީ

ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ބިސް ބުރު ކައިރީގައި ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގެ އިންތިޒާމްތައް ކުރިއަށް ގެންދާ ގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. މީގެ ކުރިން 250 މީހުން ވޯޓުލާން ތިބި ތަންތަނުގައި ވެސް ވޯޓު ފޮށި ބަހައްޓާފައި ވީ ނަމަވެސް މިހާރު މި އިންތިޚާބުގައި އަމަލުކުރަމުން ދަނީ ތަފާތު މޭރުމަކުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ރާއްޖެ އިން ބޭރަކު ވޯޓު ފޮށްޓެއް ނުބަހައްޓަމޭ. ރިސޯޓަކު ވޯޓު ފޮށްޓެއް ނުބަހައްޓަމޭ. ވަރަށް ފަހުރުވެރިކަމާއި އެކު މި ވިދާޅުވަނީ. ތިމަންނަމެން އާއްމުންގެ ވޯޓުލުމުގެ ހައްގު ނިފުޅައިގަނެފީމޭ މި ބުނެވެނީ." އޭނާ ވިދާޅުވި އެވެ.

ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން ޤައުމީ މަޖިލީހުގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އޮތީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނުފޫޒުގެ ދަށުގައި ކަމަށެވެ. ރައްޔިތުންނަށް ވާނުވާ އޮޅުވާލައިގެން އިންތިޚާބު ބާއްވަމުންދާ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

"ކައުންސިލްގެ ވޯޓު ކަރުދާހާއި އެކު ދޭ ސިއްރު މައުލޫމާތު ލިބޭކަށް ނެތް. އެކަން ސާފުކޮށް ކިޔާދީފައި ވޯޓު ދިނުން ގާނޫނު ދަންނަ ހަމަ އަކީ. ނަމަވެސް އެގޮތަކަށް ނޫން އެހުރީ އިލެކްޝަންގެ އަމަލުތައް." ޝާތިރު ވިދާޅުވި އެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމަކީ ރައްޔިތުންގެ ބާރުވެރިކަން އެއްކޮށް ގެއްލިގެން ހިގައިދާނެ ކަމެއް ކަމަށެވެ. އެ ޕިކަޕް ޖަލްސާގައި ވާހަކަދެއްކި އިތުރު ފަރާތްތަކުން ވެސް ވަނީ ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން އީސީ އިން ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަލީ ނިޔާޒްހުޅުމާލެ އިލެކްޝަންސް ކޮމިޝަންޝާތިރު އަބްދުއްރަހްމާންޑރ. މުހައްމަދު މުއިއްޒުމާޒް ސަލީމް

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2026

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ، އެތަންތަނުން ޕީއެންސީ އަށް ލިބޭނެ ވޯޓު މަދުވާނެތީ: އެމްޑީޕީ

26 ފެބުރުއަރީ 2026
 ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ، އެތަންތަނުން ޕީއެންސީ އަށް ލިބޭނެ ވޯޓު މަދުވާނެތީ: އެމްޑީޕީ
26 ފެބުރުއަރީ 2026

އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު

26 ފެބުރުއަރީ 2026
އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު
26 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު

26 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު
26 ފެބުރުއަރީ 2026

މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު

26 ފެބުރުއަރީ 2026
މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު
25 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު