Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު

ކުޅުދުއްފުށި ސިޓީގެ އިޤުތިޞާދު ހިފަހައްޓައި، މައި ސަރުކާރަށް ބަރޯސާނުވެ ކަންކަން ހިންގޭނެކަން އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ސާބިތުކޮށްދެއްވާފައިވާ ކަމަށް އަލީ ނިޔާޒު ވަނީ ވިދާޅުވެފައި.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު | 11 ފެބުރުއަރީ 2026 | ބުދަ 11:44
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި ވެރިޔަކަށް ހުރި ބޭފުޅާގެ މައްޗަށް ވަކި ޑރ. މުޢިއްޒު އަކަށްވެސް އަމުރެއް ނުހިންގޭނެ ކަމަށާއި, މިއަދު ވޯޓެއް ނެގިޔަސް ވެސް ޑރ. މުޢިއްޒު އަށް ވުރެ ގިނަ ވޯޓު އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ހޯއްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުކުރާ މެނިފެސްޓޯގެ ތަނބުތަކުގެ ތެރެއިން އެއް ތަނބު ކަމަށްވާ "ވިޔަފާރިއަށް ފަހި" އިފްތިތާޙްކުރުމަށް ކުޅުދުއްފުށި ސިޓީ އަދި މާލޭގައި ބޭއްވި ޖަލްސާގަ އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ, ކުޅުދުއްފުށި ސިޓީގެ ތަރައްޤީ އަށް މިދިޔަ ދެ އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ނުވިޔަސް, އެ ސިޓީގެ އިޤުތިޞާދު ހިފަހައްޓައި, ހުއްޓުނަ ނުދިޔުމަށްޓަކައި, އެ ސިޓީގެ މޭޔަރާއި ރައްޔިތުން ކުރި މަސައްކަތަކީ ލާމަރުކަޒީ ނިޒާމަށް ބަލައިގެން ހޯދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިގޮތުން މައި ސަރުކާރަށް ބަރޯސާނުވެ, ކަންކަން ހިންގޭނެކަން ސާބިތުކޮށްދެއްވާފައިވާއިރު, ކުރިއަށް އޮތް ދައުރުގައިވެސް އެ ސިޓީގެ ކަންކަން ހިންގުމަށްޓަކައި މޭޔަރު އާތިފް އިންތިޚާބު ކުރައްވައި އެ ސިޓީގެ ތަރައްޤީ ބާރު ދުވެލީގައި ކުރިއަށް ދާނެކަމަށް ނިޔާޒު ވިދާޅުވެފައިވެ އެވެ.

އަދި ނިޔާޒު ވަނީ, ލާމަރުކަޒީ ނިޒާމަށް ގެނައި 16 ވަނަ އިސްލާހާއެކު ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ޕްލޭން މަޑުޖައްސައި ހިފަހައްޓައި, އެ ސިޓީގެ ލާމަރުކަޒީ ތަރައްޤީއަށް ހުރަސް އަޅާފައިވަނީ ރައީސް ޑރ. މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޤާނޫނު އަސާސީގައި ރަށްތައް ހިންގުމަށްވަނީ ލާމަރުކަޒުކޮށް ކަމަށާއި, ދިވެހިރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމާއި, ދިވެހިރާއްޖެ ހިންގަން ޖެހޭނީވެސް ލާމަރުކަޒީ އުސޫލަކުން ކަމަށާއި, މިގޮތުން ލާމަރުކަޒީ އުސޫލުން ހިންގުމަށް އެކަން ކުރަން ޖެހޭނީ ސަރުކާރުން އައްޔަނުކުރާ ވެރިން ނޫންކަމަށް ޤާނޫނުގައި އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށް ނިޔާޒު ފާހަގަކުރައްވާފައިވެ އެވެ.

މިފަދައިން ފާހަގަކުރައްވަމުން މެންބަރު ނިޔާޒު ވިދާޅުވީ, ކުޅުދުއްފުށީގެ ވެރިޔަކަށް ހުރި ބޭފުޅާގެ މައްޗަށް ވަކި ޑރ. މުޢިއްޒު އަކަށްވެސް އަމުރެއް ނުހިންގޭނެކަމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ކަމަށެވެ.

އަޅުގަނޑަށް ހަމަ ޔަގީން މިއަދު ވޯޓެއް ނެގިޔަސްވެސް ޑރ މުޢިއްޒު އަށް ވުރެއް ގިނަ ވޯޓު ޢާޠިފް ހޯއްދަވާނެ. މިރަށުން ހޯއްދަވާނެ. އެއީ މި ނިޒާމު އެތުރިފަ އޮތް ގޮތަކީ, އެހެންވީމަ ދެ ފަށަރަލަ އަކަށް މި ހިނގަނީ. އެއީ, މައި ސަރުކާރުން މުޅި ރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފަ ހުންނެވި ރައީސުލްކުމްހޫރިއްޔާ އަކާއި, އަދި އެ ރަށެއްގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެ ރަށުގެ ރައްޔިތުން އިންތިހާބުކޮށްފަ ހުންނަ ވެރިއެއް. މިއީ މި ނިޒާމު ހިނގާ ގޮތަކީ.
މެންބަރު އަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީ އަދި މާލޭގައި ބޭއްވި ޖަލްސާ ގައި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އާއި ޗެއަރޕަރސަން މެންބަރު އަބްދުލް ޣަފޫރު މޫސާ އަދި ކުޅުދުއްފުށި ސިޓީ, މާލެ ސިޓީ, ތިނަދޫ ސިޓީގެ މޭޔަރުންނާއި, ރައްޔިތުންގެ މަޖިލީހާއި ޤައުމީ މަޖިލީހުންގެ މެންބަރުންގެ އިތުރުން ލޯކަލް ކައުންސިލް އިންތިޙާބުގައި ވާދަކުރާ ކެނޑިޑޭޓުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކުޅުދުއްފުށި ސިޓީމުހައްމަދު އާތިފްއަލީ ނިޔާޒްލާމަރުކަޒީ ނިޒާމުއެމްޑީޕީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

11 ފެބުރުއަރީ 2026
ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް
10 ފެބުރުއަރީ 2026

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

10 ފެބުރުއަރީ 2026
ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު
10 ފެބުރުއަރީ 2026

މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

10 ފެބުރުއަރީ 2026
މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު
10 ފެބުރުއަރީ 2026

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"
10 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު