Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ އެމްޑީޕީން އެކަމާ ދެކޮޅަށް ތެދުވުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން އަލީ ނިޔާޒު ވިދާޅުވީ، އާންމުން ހޭލުންތެރިނުކޮށް މިފަދަ ވޯޓެއް ނެގުމަކީ އޮޅުވާލުމެއް ކަމަށާއި، މިއީ އިޚުލާސްތެރި ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އަޑުއުފުލައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަން ޖެހޭ ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:15
 އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު | ރާއްޖެ އެމްވީ

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް ކަމަށާއި، އެ ބޭނުމަކީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނިޔާޒް ވިދާޅުވީ އެކަމާއި އެމްޑީޕީ އިން ދެކޮޅުވަނީ އާއްމުންގެ މަސްލަހަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާތީ ކަމަށެވެ. 

އޭނާ ވިދާޅުވީ އެންމެ މަދުން މީހުން ވޯޓުލާން ނުކުންނަ ކައުންސިލް އިންތިޚާބާއި ދިމާކޮށް އިންތިޚާބުތައް އެއްކޮށްލުމާއި މެދު ފެންނަ ނުފެންނަ ގޮތުގެ ވޯޓު ނަގަނީ އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން ކަމަށެވެ. އެއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށް ނިޔާޒް ވަނީ ވިދާޅުވެފަ އެވެ. މިފަދަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވާނީ ވަރަށް ރަނގަޅަށް އާއްމުން ހޭލުންތެރިކޮށް އެ ކަމަށް އާއްމުން ތައްޔާރުވެގެން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

"މިއީ ހަރަދު ބޮޑުވެގެން ކުރާ ކަމެއް ނޫން. އެހެން ނޫން ނަމަ ހަރަދުން ސަލާމަތް ކުރަން ސިޔާސީ މަގާމުތައް މަދު ކުރާނީ. ސަލާމަތް ކުރެވޭނީ 30 ވަރަކަށް މިލިއަން ރުފިޔާ. ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ޅެމުން ފަރުވާ ދޭ މިނިސްޓްރީތައް މި ތަންތަނަށް ކުރާ ޚަރަދުތަކަކީ ބޭކާރު ޚަރަދުތައް." އަލީ ނިޔާޒް ވިދާޅުވި އެވެ.

އިންތިޚާބުތައް އެއްކޮށްލުމަކީ މާބޮޑު ނަތީޖާ އެއް ނުކުންނާނެ ކަމެއް ވެސް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ. މީގެ އިތުރުން ނިޔާޒް ވަނީ ސަރުކާރުން ކަންކަން ހިންގާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެޗްޑީސީ އިން ހުޅުމާލޭގެ ކަންކަން ވިލަރެސްކުރަނީ ރަނގަޅަށް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުން އާއްމުންނަށް އޮޅުވާލުމަށް ފުރުސަތު ދީގެން ނުތިބޭނެ ކަމަށް އެ ޕާޓީ އިން ދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިޚާބުއަލީ ނިޔާޒްއެމްޑީޕީހުޅުމާލެ ލޯކަލް ކައުންސިލް އިންތިޚާބު 2026ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

24 ފެބުރުއަރީ 2026
ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު