Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

ރައްޔިތުންގެ ޙައްގުތަކަށް އުނިކަމެއް އަތުވެދާނެ ކޮންމެ ޙާލަތެއްގައި އެމްޑީޕީ އިން ވަކިން ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ޙައްގުތައް ނިގުޅައި ގަތުން ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އެ ޕާޓީ އިން ކުރާނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:16
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ).

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ). | އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ދެމި އޮންނާނީ ޑިމޮކްރަސީ އާއި، ދިވެހި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްގެ އިންތިޚާބާ އެކު ނަގާ ރެފަރަންޑަމް ވޯޓާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން އަންގާރަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ، އެމްޑީޕީ އަކީ ޑިމޮކްރަސީގެ މަސައްކަތުގައި އުފަންވި ޕާޓީއެއް ކަމަށެވެ. އެއާ އެކު އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީގެ މަސައްކަތުގައި ކަމަށް ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ވަކިން ޚާއްސަކޮށް ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން ރައްޔިތުންގެ ޙައްގުތަކަށް އުނިކަމެއް އަތުވެދާނެ ކޮންމެ ޙާލަތެއްގައި އެމްޑީޕީ އިން ވަކިން ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ޙައްގުތައް ނިގުޅައި ގަތުން ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އެ ޕާޓީ އިން ކުރާނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު ސަލީމް ފާހަގަ ކުރެއްވީ، ދެ އިންތިޚާބު އެއްކޮލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް، ދިމާ ނޫނެކޭ ބުނަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. 

އެމްޑީޕީ އަކީ ޑިމޮކްރަސީގެ މަސައްކަތުގައި އުފަންވި ޕާޓީއެއް، އަދި މި ޕާޓީ ދެމި އޮންނާނީ ވެސް ޑިމޮކްރަސީގެ މަސައްކަތުގައި. ޚާއްސަކޮށް ދިވެހި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގައި، އަދި ޙައްގު ތަކަށް އުނިކަމެއް އަތުވެދާނެ ކޮންމެ ޙާލަތެއްގައި އެމްޑީޕީ ވަކިން ބޮޑަށް މަސައްކަތްކޮށް، އެ ޙައްގުތައް ނިގުޅައި ގަތުން ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނެ. 
އަޙުމަދު ސަލީމް / ކޮމެޓީގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް 

އެމްޑީޕީގެ ޤައުމީ މަޖިލީހުން އެގޮތަށް ފާސް ކުރުމާ އެކު، ސަރުކާރުން ކުރިއަށް ގެންދާ ދެ އިންތިޚާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނުމަށް އެމްޑީޕީ އިން ފަށާ ކެމްޕޭނުގެ މަސައްކަތް ކުރުމަށް ޚާއްސަ އެކްޝަން ގުރޫޕެއް، އެކުލަވާލާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓު ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ހިޔަނީގައި ފޮރުވައިގެން ކުރިއަށް ގެންދަނީ އަޑި ނޭނގޭ ގޮތެއްގައި ކަމަށެވެ. 

މީގެ އިތުރުން އެ ކޮމެޓީގެ ތަރުޖަމާނުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، އެކަމުގެ އަޑީގައި އޮތް ކަމެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެކަމުގައި ފޮރުވިގެންވާ އެތައް ކަމެއް އޮތް ކަމަށް ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، ރައްޔިތުން މިހާތަނަށް ޤަބޫލު ކުރަމުން އައި ޑިމޮކްރަޓިކް ހަމަތައް ބޮލާލައި ޖަހާލައި، ހުދުމުހުތާރު ވެރިކަަމެއް ދިވެހި ރާއްޖޭގައި ޤާއިމު ކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ. 

އެމްޑީޕީ އަކީ ޑިމޮކްރަޓިކް މަސައްކަތުގައި، ދިވެހި ރާއްޖޭގެ މިނިވަންކަމަށްޓަކައި މިހާތަނަށް މަސައްކަތް ކޮށްފައިވާ ޕާޓީ ކަމަށް ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، އެމްޑީޕީ އިން އޮތީ ރައީސް މުޢިއްޒު އަށް އެ ފުރުސަތު ދީގެން ތިބެން ނޫން ކަމަށެވެ. އެއާ އެކު މައުރޫފް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލައި، ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ނުގުޅައިގަނެ، ވަކި މީހެއްގެ ބާރުގެ ދަށަށް މުޅި ޤައުމާއި ސިޔާދަތު ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމްލޯކަލް ކައުންސިލް އިންތިޚާބު 2026ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

24 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

24 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

22 ފެބުރުއަރީ 2026
އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު