Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

މައުރޫފް ވިދާޅުވީ، އެ ޤަރާރަށް ގޮތެއް ނިންމުމުގެ ކުރިން، ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އެކަމާ ގުޅޭ ގޮތުން ވަގުތީ އަމުރެއް ނެރެން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:07
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރުމަށް ކޯޓަށް މައްސަލަ ހުށަހަަޅަން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

އެމްޑީޕީގެ ފަރާތުންް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަ ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު އެވެ. އެގޮތުން މައުރޫފް ވިދާޅުވީ، އެ ޤަރާރު ދިރާސާކޮށް ބެލުމަށް ފަހު، އެއީ ޤާނޫނާ ޚިލާފު ޤަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އަންގާރަ ދުވަހު ކޯޓަށް ހުށަހަޅާ ކަމަށެވެ. 

Advertisement - newsAdvertisement

އެއާ އެކު މައުރޫފް ވިދާޅުވީ، އެ ޤަރާރަށް ގޮތެއް ނިންމުމުގެ ކުރިން، ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އެކަމާ ގުޅޭ ގޮތުން ވަގުތީ އަމުރެއް ނެރެން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، ދިވެހި ރައްޔިތުންނާއި، ދިވެހި ރާއްޖެ އަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތި ވެދާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، އެކަން ހުއްޓުވުމަށްޓަކައި އެމްޑީޕީ އިން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މާޗު މަހުގެ 21 ވަނަ ދުވަހު އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މައުރޫފް ވިދާޅުވީ، ހުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ އަނބުރާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވާން ޖެހޭ ކަމަށާއި، އެކަމުގައި އެމްޑީޕީ އިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

ދެ އިންތިޚާބު އެއްކޮލުމަށް ނަގާ ރެފަރަންޑަމްއާ ގުޅޭ ޤަރާރު ރައީސް މުޢިއްޒު ނެރުއްވާފައި ވަނީ، ފެބްވަރުވަރީ މަހުގެ 16 ވީ ހޯމަ ދުވަހު އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޑރ.މުހައްމަދު މުއިއްޒުރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

23 ފެބުރުއަރީ 2026
ދިމްޔާތުގައި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްޗެއް ބުނާނެ މީހެއް ނުހުންނާނެ، އެކަމަކު މުލިއާގޭގައި ކެންޕޭނެއް ނުހިންގޭނެ: މެންބަރު މީކާއީލް

ދިމްޔާތުގައި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްޗެއް ބުނާނެ މީހެއް ނުހުންނާނެ، އެކަމަކު މުލިއާގޭގައި ކެންޕޭނެއް ނުހިންގޭނެ: މެންބަރު މީކާއީލް

23 ފެބުރުއަރީ 2026
މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

22 ފެބުރުއަރީ 2026
އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

21 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު