Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

އޮމާން ކަނޑުގައި އީރާނުގެ އައި.އާރް.ޖީ.ސީ އިން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކަކާ ގުޅިގެން، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް 1,000 ކިލޯމީޓަރު ފަހަތަށް ޖެހިއްޖެ. މި ހަމަލާތަކަކީ ސްރީލަންކާ ކައިރިން އީރާނުގެ މަނަވަރަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނާއިރު، މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ޕެންޓަގަންއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ. މި ކުރިމަތިލުންތަކާއެކު ހޮރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައި.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 00:46
އީރާނާއި އެމެރިކާއާ ދެމެދު މަސްކަޓުގައި ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތަކަށްފަހު، އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނާ އާއި ސްޓީވް ވިޓްކޮފް، މަނަވަރު "ޔޫއެސްއެސް އެބްރަހަމް ލިންކަން" އަށް ކުރެއްވި ޒިޔާރަތުގެ މަންޒަރެއް.

އީރާނާއި އެމެރިކާއާ ދެމެދު މަސްކަޓުގައި ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތަކަށްފަހު، އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނާ އާއި ސްޓީވް ވިޓްކޮފް، މަނަވަރު "ޔޫއެސްއެސް އެބްރަހަމް ލިންކަން" އަށް ކުރެއްވި ޒިޔާރަތުގެ މަންޒަރެއް. | ސެންޓްކޮމް

އޮމާން ކަނޑުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޑްރޯންތަކުން ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފިއެވެ. އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން އަމިއްލައަށް އުފައްދާފައިވާ ޒަމާނީ ޑްރޯންތައް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގެ ސަބަބުން، އީރާނުގެ ކަނޑުގެ ސަރަހައްދާ ކައިރީގައި އޮތް އެމެރިކާގެ އަސްކަރީ ގްރޫޕަށް ވަނީ ވަރަށް އަވަހަށް އެ ސަރަހައްދުން ދުރަށް ޖެހުމަށް މަޖުބޫރުވެފައެވެ.

ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ތަރުޖަމާނު ބުދަ ދުވަހު މި އޮޕަރޭޝަން ކަށަވަރުކޮށްދެމުން ވިދާޅުވީ، އޮމާން ކަނޑުގައި އީރާނުގެ ކަނޑުގެ ބޯޑަރާ ގާތްގަނޑަކަށް 340 ކިލޯމީޓަރު ދުރުގައި އޮއްވާ އެ މަނަވަރަށް ހަމަލާދީ ހުއްޓުވާފައިވާ ކަމަށެވެ.

މި މަނަވަރު އެ ސަރަހައްދަށް ދަތުރުކުރީ އީރާނާ ދެކޮޅަށް އެމެރިކާއިން ވަރުގަދަކުރަމުންދާ އަސްކަރީ ހަރަކާތްތަކުގެ ދަށުން، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ސްޓްރެޓީޖިކް ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅި މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ މަގުސަދުގައެވެ.

ހަމަލާ އަމާޒުވުމާއެކު، ޔޫ.އެސް.އެސް އަބްރަހަމް ލިންކަން އާއި އެއާއެކު ދަތުރުކުރި ހަނގުރާމަމަތީ މަނަވަރުތައް (ޑިސްޓްރޯޔާސް) ވަރަށް ބާރު ސްޕީޑެއްގައި އެ ސަރަހައްދު ދޫކޮށް ފިލައިގެންދާ މަންޒަރު ވަނީ ފެނިފައެވެ.

"މި ހަމަލާއަށްފަހު އެމެރިކާގެ މަނަވަރުތައް ވަނީ އެ ސަރަހައްދާ 1،000 ކިލޯމީޓަރަށްވުރެ ދުރަށް ފަހަތަށް ޖެހިފައި،" ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި އެމެރިކާގެ އަސްކަރީ ބާރު ދައްކައިގެން ބިރުގަންނަވަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލިންކަން ސްޓްރައިކް ގްރޫޕް ފަހަތަށް ޖެހިފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން އެއްވެސް އުދުވާނަކާ ނުލައި އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ރިޕޯޓު ޝާއިއުކުރި ވަގުތާ ހަމައަށްވެސް، އެމެރިކާގެ ޕެންޓަގަންއިން އެ މަނަވަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުވަތަ ކުއްލި ގޮތަކަށް ފަހަތަށް ޖެހެންޖެހުނު ސަބަބާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ހޮނިހިރު ދުވަހުވެސް އައި.އާރް.ޖީ.ސީ އިން ވަނީ ހަތަރު ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޔޫ.އެސް.އެސް އަބްރަހަމް ލިންކަންއަށް އަމާޒުކޮށް ހަމަލާދީފައެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަށް މި ހަމަލާތައް ދީފައިވަނީ، އިންޑިއާއިން އެނބުރި ދަތުރުކުރަނިކޮށް ސްރީލަންކާ ކައިރިން އީރާނުގެ އަސްކަރިއްޔާގެ "ފްރިގޭޓް ދޭނާ" މަނަވަރަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ.

އެމެރިކާއިން ދިން އެ ފިނޑި ހަމަލާގެ ވަގުތުގައި އީރާނުގެ މަނަވަރުގައި 120 އަށްވުރެ ގިނަ ފަޅުވެރިން ތިއްބެވެ. އެ ހަމަލާ އީރާނުގެ އެތެރޭގައާއި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.

އައިއާރުޖީސީޔޫ.އެސް.އެސް އަބްރަހަމް ލިންކަންހޮރްމޫޒް ކަނޑުއޮޅިއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026
ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

05 މާރިޗު 2026
އަހަރެންގެ ބަސް ނޯޓު ކުރޭ، އެމެރިކާ އިން ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެ: އީރާންގެ ފޮރިން މިނިސްޓަރު

އަހަރެންގެ ބަސް ނޯޓު ކުރޭ، އެމެރިކާ އިން ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެ: އީރާންގެ ފޮރިން މިނިސްޓަރު

05 މާރިޗު 2026
"ނިމުމަކަށް" އަންނަންދެން ހަނގުރާމަ ކުރިއަށް ގެންދަން، އެމެރިކާ އިން އިޒްރޭލް އަށް އަންގައިފި

"ނިމުމަކަށް" އަންނަންދެން ހަނގުރާމަ ކުރިއަށް ގެންދަން، އެމެރިކާ އިން އިޒްރޭލް އަށް އަންގައިފި

05 މާރިޗު 2026
އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ

އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ

05 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު