Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ

5 މާރިޗު 2026 | ބުރާސްފަތި 11:10

މި ނިންމެވުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މެލޯނީ ވިދާޅުވީ، ގަލްފުގެ ޤައުމު ތަކަކީ އިޓަލިއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމު ތަކަކަށް ވުމުގެ އިތުރުން، އެ ސަރަހައްދުގައި އިޓަލީގެ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުން އަންނަ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2026 | ބުރާސްފަތި 11:10
އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއޯ މެލޯނީ

އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއޯ މެލޯނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކުގެ ބަދަލުގައި އީރާން އިން ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން، ގަލްފުގެ ޤައުމު ތަކަށް ވައިގެ މަގުން ދިފާއުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއޯ މެލޯނީ ވިދާޅުވެއްޖެ އެވެ. 

އިޓަލީގެ ބޮޑު ވަޒީރު މެލޯނީ އެކަން ހާމަ ކުރައްވާފައި ވަނީ، ބުރާސްފަތި ދުވަހު އާރުޓީއެލް 102.5 ރޭޑިއޯ އަށް ދެއްވި ބަސްދީ ގަތުމެއްގަ އެވެ. 

މެލޯނީ ވިދާޅުވީ، އިނގިރޭސިވިލާތާއި، ފްރާންސް އދި ޖަރުމަނާ އެއްފަދައިން އިޓަލީ އިން ވެސް ގަލްފުގެ ޤައުމު ތަކަށް އެހީތެރިކްނ ފޯރު ކޮށްދިނުމަށް ގަސްދު ކުރާ ކަމަށެވެ. މި އެހީތެރިކަމަކީ ހަމައެކަނި ދިފާއީ ކަންކަމަށް، ނުވަތަ ޚާއްސަކޮށް ވައިގެ މަގުން ދޭ ހަމަލާ ތަކުން ދިފާއުވުމަށް ފޯރުކޮށްދޭ އެހީތެރި ކަމެއްކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. 

މި ނިންމެވުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މެލޯނީ ވިދާޅުވީ، ގަލްފުގެ ޤައުމު ތަކަކީ އިޓަލިއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމު ތަކަކަށް ވުމުގެ އިތުރުން، އެ ސަރަހައްދުގައި އިޓަލީގެ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުން އަންނަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި އިޓަލީގެ 10،000 އަށް ވުރެ ގިނަ ރައްޔިތުންނާއި، 2000 ސިފައިން ތިބިއިރު، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. 

މީގެ އިތުރުން ގަލްފު ސަރަހައްދަކީ އިޓަލީ އާއި، މުޅި ޔޫރަޕަަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާ ސަރަހައްދެއް ކަމަށް ވެސް މެލޯނީ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެ ސަރަހައްދުގެ ހަމަޖެހުން ޤާއިމު ކުރުމަކީ، އިޓަލީގެ އިޤްތިޞާދީ މަސްލަހަތާ ވެސް ގުޅިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހަނގުރާމައިގައި އިޓަލީގައި ހުންނަ އެމެރިކާގެ އަސްކަރީ ތިން ބޭސް ބޭނުން ކޮށްފައިވޭތޯ ސުވާލު ކުރުމުން މެލޯނީ ވިދާޅުވީ، ބޮން އެޅުން ނޫން އެހެން ހުރިހާ ކަމެއް ކުރުމުގެ ހުއްދަ މިހާރު ވެސް އެ ބޭސް ތަކަށް އޮންނާނެ ކަމަށެވެ. ނަމަވެސް، އެ ސިޔާސަތަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެކަމާ މެދު ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށާއި، އިޓަލީގެ ޤާނޫނު ހަދާ މަޖިލީހުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ވެސް މެލޯނީ ވިދާޅުވި އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އިޒްރޭލްޖިއޯޖިއާ މެލޯނީއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އިޒްރޭލް-އެމެރިކާއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 މާރިޗު 2026

ޤަތަރާއި ބަހްރެއިން ގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިއްޖެ

05 މާރިޗު 2026
ޤަތަރާއި ބަހްރެއިން ގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިއްޖެ
05 މާރިޗު 2026

ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

05 މާރިޗު 2026
ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ
05 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން މަސައްކަތް ކުރަނީ އަރަބި ޤައުމުތައް ހަނގުރާމަ އަކަށް ވައްދަން: ރަޝިޔާ

05 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން މަސައްކަތް ކުރަނީ އަރަބި ޤައުމުތައް ހަނގުރާމަ އަކަށް ވައްދަން: ރަޝިޔާ
05 މާރިޗު 2026

ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

05 މާރިޗު 2026
ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި
05 މާރިޗު 2026

ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ

05 މާރިޗު 2026
ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ
05 މާރިޗު 2026

ތެޔޮ ފީފާ އެއް 150 ޑޮލަރަށް އުފުލިދާނެ، ޑީސަލްގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެ, އެލްއެންޖީ ގެ އަގު 40 އިންސައްތަ އަށް އުފުލިއްޖެ

05 މާރިޗު 2026
ތެޔޮ ފީފާ އެއް 150 ޑޮލަރަށް އުފުލިދާނެ، ޑީސަލްގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެ, އެލްއެންޖީ ގެ އަގު 40 އިންސައްތަ އަށް އުފުލިއްޖެ
05 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި

05 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި
05 މާރިޗު 2026

އީރާނުން އެމެރިކާއަށް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ: އޮފިޝަލް

05 މާރިޗު 2026
އީރާނުން އެމެރިކާއަށް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ: އޮފިޝަލް
05 މާރިޗު 2026

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

05 މާރިޗު 2026
އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ
05 މާރިޗު 2026

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި

05 މާރިޗު 2026
ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް