Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

6 މާރިޗު 2026 | ހުކުރު 00:39

އީރާނުގެ ސުޕްރީމް ލީޑަރުގެ މަގާމަށް އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ އައްޔަންކުރުމާ ދެކޮޅަށް ޑޮނަލްޑް ޓްރަމްޕް ވާހަކަދައްކަވާފައިވާއިރު، އޭނާ ބޭނުންފުޅުވަނީ އެމެރިކާގެ ސިޔާސަތުތަކަށް ތަބާވާނެ ލީޑަރަކު އެ ގައުމަށް ގެނައުމަށް. ވެނެޒުއޭލާގެ މިސާލު ދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި. ނަމަވެސް އީރާނުގެ ދީނީ އަދި ސިޔާސީ ނިޒާމު އޮތްގޮތުން ބޭރުގެ ނުފޫޒާއެކު މިފަދަ ބަދަލެއް ގެނައުމަކީ އުނދަގޫ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 00:39
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ތެހެރާންގައި ބޭއްވި އަލް-ޤުދުސް ދުވަހުގެ ރެލީގައި ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ.

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ތެހެރާންގައި ބޭއްވި އަލް-ޤުދުސް ދުވަހުގެ ރެލީގައި ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. | އޭޕީ ފޮޓޯ

އީރާނުގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން އެމެރިކާއާ ގާތް ގުޅުމެއް ބާއްވާނެ އައު ލީޑަރަކު އުފެއްދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އެ ގައުމުގެ ދެން ހުންނަވާ އެންމެ މަތީ ވެރިޔާ ނުވަތަ ސުޕްރީމް ލީޑަރު ކަނޑައެޅުމުގެ ތެރެއަށް ވެދެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަވަހާރަކޮށްލާފައިވާ އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ މަގާމަށް، އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކުރުމާ ދެކޮޅަށް ޓްރަމްޕް ބުރާސްފަތި ދުވަހު ވަނީ ވާހަކަދައްކަވާފައެވެ. "އެމީހުން އެ ބޭކާރު ކުރަނީ ވަގުތު. ޚާމަނާއީގެ ދަރިފުޅަކީ އެވަރުގެ މީހެއް ނޫން. އެ މަގާމަށް މީހަކު އައްޔަންކުރުމުގެ ތެރޭގައި އަހަރެން ހިމެނެންޖެހޭނެ،" އެކްސިއޯސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

Advertisement - worldAdvertisement

ޓްރަމްޕް އިތުރަށް ވިދާޅުވީ، އޭނާ ބޭނުންފުޅުވަނީ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ސިފައިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން، އޭނާގެ ބަދަލުގައި ވެރިކަމާ ހަވާލުވި ޑެލްސީ ރޮޑްރިގޭޒް ފަދަ ލީޑަރެއް އީރާނަށް ގެންނަން ކަމަށެވެ.

ކުރިން މަދޫރޯގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނަމަވެސް، ރޮޑްރިގޭޒް ވަނީ ވެނެޒުއޭލާގެ ތެޔޮ ވިއްކުމުގެ ފުރުސަތު ވައިޓް ހައުސްއަށް ދީފައެވެ. އަދި އެމެރިކާއިން އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމާއެކު، ކިއުބާއަށް ތެޔޮ ފޯރުކޮށްދިނުން އޭނާ ވަނީ ހުއްޓާލާފައެވެ.

އީރާނުން ވެސް ރޮޑްރިގޭޒް ފަދަ ލީޑަރަކު ހޯދަން ބޭނުންވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.

މި ހަފުތާގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގެ ކަންތައް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށާއި، އެމެރިކާއިން ހަމަލާދީ ސަރުކާރު ދަމަހައްޓައި، މިހާރު އެތަނުގައި ހުރި ޑެލްސީ ރޮޑްރިގޭޒަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ.

ނަމަވެސް، އީރާނާއި ވެނެޒުއޭލާއާ ދެމެދު ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. މަދޫރޯ ހައްޔަރުކުރުމަކީ އަވަސް އަދި ވަކި އަމާޒުތަކަކަށް ދިން އަސްކަރީ އޮޕަރޭޝަނެއް ނަމަވެސް، އީރާނުގެ ސަރުކާރު މިހާރު އޮތީ އެމެރިކާއާއި އިޒްރޭލާ އެކު ފުޅާވަމުންދާ ހަނގުރާމައެއްގެ ތެރޭގައެވެ.

މީގެ އިތުރުން، އީރާނުގެ ސުޕްރީމް ލީޑަރަކަށް ވާންޖެހޭނީ ދީނީ ގޮތުން މަތީ ފެންވަރަކަށް އުނގެނިވަޑައިގެން ހުންނެވި އިލްމުވެރިއެކެވެ.

އީރާނުގެ އޮފިޝަލުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރަމުންދާކަމަށް އިންކާރުކޮށްފައިވާއިރު، ޓްރަމްޕްގެ ގާތް ފަރާތްތަކުން ބުނަމުންދަނީ ވައިޓް ހައުސްއިން އީރާނަށް "މަރާއި ހަލާކު" ކުރިމަތިކުރަމުންދާ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި މިހާ ބޮޑު ދެކޮޅުވެރިކަމެއް އޮތްއިރު، އީރާނުގެ ލީޑަރަކު ހޮވުމުގެ ތެރެއަށް ޓްރަމްޕަށް ވަދެވޭނީ ކިހިނެއްކަމެއް ސާފެއް ނޫނެވެ.

ކުއިންސީ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ތްރީޓާ ފާސީ ވިދާޅުވި ގޮތުގައި، ޓްރަމްޕް ބޭނުންވަނީ އީރާނުން އަމާންދިނުމަށެވެ.

"ޑެލްސީ ރޮޑްރިގޭޒް ފަދައިން، ޓްރަމްޕް ބޭނުންވާ ސިޔާސަތުތަކަށް ތަބާވާނެ ނަމަ، ރަމްޒީ ގޮތުން އީރާނުގެ ވެރިކަމާ މީހަކު ހަވާލުވުމަކުން ޓްރަމްޕްގެ މައްސަލައެއް ނެތް،" އަލްޖަޒީރާއާ ވާހަކަދައްކަވަމުން ފާސީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޓްރަމްޕްގެ ސިޔާސީ ޝަރުތުތަކަށް ބޯނުލަނބާނެ އެއްވެސް މީހަކު ޚާމަނާއީގެ ބަދަލުގައި އައުމަށް ޓްރަމްޕް ބޭނުންފުޅު ނުވާ ކަމަށެވެ.

"އީރާނުގެ މިހާރު އޮތް ނިޒާމުގެ ތެރެއިން އެފަދަ މީހަކު ފެންނާނެ ކަމަކަށް ނުބެލެވޭ،" ފާސީ ވިދާޅުވިއެވެ.

ފަހަކަށް އައިސް ވެނެޒުއޭލާގެ މިސާލަށް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާތީ، މިއީ އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް ގޮވާލައި، އެ ގައުމަށް "މިނިވަންކަން" ގެނައުމަށް އޭނާ ކުރިން ދެއްކެވި ވާހަކަތަކާ ފުށުއަރާ ކަމެއްގެ ގޮތުގައި ފެނެއެވެ.

އީރާނުގެ އެތެރެއަށް އެމެރިކާގެ އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޚާމަނާއީގެ ބަދަލުގައި ވެރިކަމާ ހަވާލުވާނެ ބަޔަކު ހިތުގައި އެބައޮތް ކަމަށާއި، ނަމަވެސް އެމެރިކާއާއި އިޒްރޭލުން ދިން ފުރަތަމަ ހަމަލާތަކުގައި އެމީހުން މަރުވެފައިވާ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވިއެވެ.

އެހެންނަމަވެސް، އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީގެ ބަދަލުގައި އަތުވެދާނެ ކަމަށް ބެލެވޭ މުހިންމު ބޭފުޅުން ކަމަށްވާ އޭނާގެ ދަރިކަލުން މުޖުތަބާއާއި، 1979 ގެ އިސްލާމީ އިންގިލާބުގެ ލީޑަރު ރޫހުﷲ ޚުމައިނީގެ ކާފަދަރިކަލުން ހަސަން ޚުމައިނީގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީރިޒާ އަރާފީ ވެސް އަދި ދުނިޔޭގައި އެބަތިއްބެވިއެވެ.

އީރާނުގެ ސުޕްރީމް ލީޑަރުގެ ބަދަލުގައި ވަޑައިގަންނަވާނެ ބޭފުޅަކު ހޮވާނީ "އެސެމްބްލީ އޮފް އެކްސްޕާޓްސް" ގެ ނަމުން ނަންދެވިފައިވާ، އިންތިޚާބުކޮށްފައިވާ 88 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުންނެވެ.

މި ހަފުތާގެ ކުރީކޮޅު އިޒްރޭލުން ވަނީ މުގައްދަސް ރަށެއް ކަމަށްވާ ގުމްގައި ހުންނަ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ އިމާރާތަށް ހަމަލާދީފައެވެ.

އިޒްރޭލާއި އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ހަމަލާދިން ވަގުތު އެ މަޖިލީހުން ދިޔައީ ސުޕްރީމް ލީޑަރަކު ހޮވުމަށް ބައްދަލުވުމެއް ބާއްވަމުން ކަމަށެވެ. ނަމަވެސް އީރާނުން އެކަން ދޮގުކޮށް ބުނެފައިވަނީ، ހަމަލާދިން ވަގުތު އެ އިމާރާތް ހުރީ ހުސްކޮށް ކަމަށާއި، އައު ލީޑަރަކު ހޮވާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށެވެ.

އީރާންއީރާން-އެމެރިކާޢަލީ ޚަމަނާއީއީރާން-ޔޫއެސްއޭ-އިސްރާއީލް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

30 އޮކްޓޯބަރު 2026
އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި
30 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅި ކައިރިން "ދުޝްމަނުންގެ" އަސްކަރީ މަތިންދާބޯޓެއް ފަހާލައިފި

30 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅި ކައިރިން "ދުޝްމަނުންގެ" އަސްކަރީ މަތިންދާބޯޓެއް ފަހާލައިފި
30 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އަނެއްކާ ވެސް ނުރައްކަލުގެ ރަނގަބީލު: އުޅަނދެއްގައި އަލިފާން ރޯވެ އަނދަނީ!

30 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އަނެއްކާ ވެސް ނުރައްކަލުގެ ރަނގަބީލު: އުޅަނދެއްގައި އަލިފާން ރޯވެ އަނދަނީ!
29 އޮކްޓޯބަރު 2026

ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ

29 އޮކްޓޯބަރު 2026
ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ
28 އޮކްޓޯބަރު 2026

ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި

28 އޮކްޓޯބަރު 2026
ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި
28 އޮކްޓޯބަރު 2026

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

28 އޮކްޓޯބަރު 2026
އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި
28 އޮކްޓޯބަރު 2026

ޕެންޓަގަންގެ ސިއްރު ހިސާބުތަކެއް ފަޅާއަރައިފި: އީރާން ހަނގުރާމައަށް ހޭދަވި އަދަދު 47 ބިލިޔަން ފަހަނައަޅައިފި

28 އޮކްޓޯބަރު 2026
ޕެންޓަގަންގެ ސިއްރު ހިސާބުތަކެއް ފަޅާއަރައިފި: އީރާން ހަނގުރާމައަށް ހޭދަވި އަދަދު 47 ބިލިޔަން ފަހަނައަޅައިފި
28 އޮކްޓޯބަރު 2026

ސައުދީގެ ރައުސް ތަންނޫރާއަށް އަމާޒުކުރި މިސައިލް ހަމަލާއާއެކު މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވެ، ތެލުގެ ބާޒާރަށް ލޮޅުމެއް

28 އޮކްޓޯބަރު 2026
ސައުދީގެ ރައުސް ތަންނޫރާއަށް އަމާޒުކުރި މިސައިލް ހަމަލާއާއެކު މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވެ، ތެލުގެ ބާޒާރަށް ލޮޅުމެއް
26 އޮކްޓޯބަރު 2026

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ

26 އޮކްޓޯބަރު 2026
ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
25 އޮކްޓޯބަރު 2026

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026
އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް