Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތެލުގެ އަގު އުފުލުން

ތެޔޮ ފީފާ އެއް 150 ޑޮލަރަށް އުފުލިދާނެ، ޑީސަލްގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެ, އެލްއެންޖީ ގެ އަގު 40 އިންސައްތަ އަށް އުފުލިއްޖެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް މިހާރުވެސް އުފުލެމުންދާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށާއި އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ. އަދި ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއަރައިފިނަމަ، ގައުމުތަކުގެ އިގްތިސާދަށް އާދަޔާ ހިލާފު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 01:42
ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ބުރޫއެރުމާ ގުޅިގެން، 2026 މާރިޗު 2 ވަނަ ދުވަހު ދުބާއީގެ އައްސޭރިފަށާ ދުރުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރަހައްދީ ރަތްކަނޑުގައި އާގުބޯޓު ފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު.

ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ބުރޫއެރުމާ ގުޅިގެން، 2026 މާރިޗު 2 ވަނަ ދުވަހު ދުބާއީގެ އައްސޭރިފަށާ ދުރުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރަހައްދީ ރަތްކަނޑުގައި އާގުބޯޓު ފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު. | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު މާހިރަކު ދެއްވައިފިއެވެ.

އެނާޖީ އިކޮނޮމިސްޓެއް ކަމަށްވާ އެޑް ހާރްސް އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއަރަމުންދާނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިއުން ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެއެވެ.

ޔުނިވަރސިޓީ އޮފް ހިއުސްޓަންގެ ލެކްޗަރާއެއްގެ މަގާމުވެސް ފުރުއްވާ ހާރްސް ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިންނަށް ތެޔޮ އުފުލާ ބޯޓުފަހަރަށް ސަލާމަތްތެރިކަން ފޯރުކޮށްނުދެވި، ހޮރްމޫޒް ކަނޑުއޮޅިން އުފުލާ ތެލުގެ ދެބައިކުޅަ އެއްބައި ހުއްޓުމަކަށް އަތުވެއްޖެނަމަ، ވަކި މުއްދަތަކަށް ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިގެންދާ މަންޒަރު ފެނިދާނެ ކަމަށެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ހާރްސް ވިދާޅުވީ، އެލް.އެން.ޖީ ނުވަތަ ގުދުރަތީ ގޭހުގެ ބާޒާރަށް މިކަމުގެ އަސަރު މިހާރުވެސް ކުރަން ފަށާފައިވާ ކަމަށާއި، ފުރަތަމަ ދުވަހުވެސް އަގުތައް 40 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހާ ދެމެދު ޔޫރަޕްގެ ގައުމުތަކުގައި ގުދުރަތީ ގޭހުގެ އަގު ގާތްގަނޑަކަށް ދެގުނަ އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑީސަލްގެ އަގުތައްވެސް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް ހާރްސް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގޭހަށް ބަރޯސާވާ ބައެއް ގައުމުތަކުން މިހާރު ވަނީ ގިނަ އަދަދަކަށް ޕެޓްރޯލް ގަންނަން ފަށާފައެވެ. މީގެ ސަބަބުން އެމެރިކާގެ ބައެއް ސްޓޭޓްތަކުން ކުރިއަށް އޮތް ތަނުގައި ތެޔޮ ހޯދުމަށް ކުރަން ހުރި އޯޑަރުތަކަށް ވަނީ އަސަރުކޮށްފައެވެ.

ހާރްސް އިތުރަށް ވިދާޅުވީ، މީގެ ސަބަބުން އެމެރިކާގެ ނިއު އިންގްލެންޑް ސަރަހައްދުގެ ސްޓޭޓްތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ. އަދި މި ހާލަތުގައި، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްދަރު: އަލް ޖަޒީރާ

ހޯރްމޫޒް ކަނޑުއޮޅިއީރާން-އިޒްރޭލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ނުރައްކާ!

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ނުރައްކާ!

08 މާރިޗު 2026
އީރާނުގެ ތެލުގެ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާގައި 4 މީހުން މަރު

އީރާނުގެ ތެލުގެ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާގައި 4 މީހުން މަރު

08 މާރިޗު 2026
އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

08 މާރިޗު 2026
އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު