Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އަހަރެންގެ ބަސް ނޯޓު ކުރޭ، އެމެރިކާ އިން ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެ: އީރާންގެ ފޮރިން މިނިސްޓަރު

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ، އެ ހަމަލާ އަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޙަރަކާތެއް ކަމަށާއި، އިންޑިއާގެ މެހެމާނުންގެ ގޮތުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2026 | ބުރާސްފަތި 11:16
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ގެޓީ އިމޭޖަސް

ސްރީ ލަންކާ ކައިރީގައި އޮތް އީރާންގެ ހަނގުރާމަ މަތީ އުޅަނދަކަށް އެމެރިކާ އިން ހަމަލާދީ، ކަނޑު ފައްތާލާފައި ވަނިކޮށް، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، އެމެރިކާ އިން އީރާންގެ ކަނޑުން 2000 މޭލު ދުރުގައި ކަނޑު މަތީގައި ބިރިވެރި ހަމަލާއެއް ހިންގާފައިވާ ކަމަށެވެ. އިންޑިއާގެ ނޭވީގެ މެހެމާނެއްގެ ގޮތުގައި ޙަރަކާތްތެރިވި، އަދި ގާތް ގަނޑަކަށް 130 ސިފައިން ތިބި ފްރިގޭޓް ޑީނާ އަށް ބައިނަލްއަޤުވާމީ ކަނޑުގައި އިންޒާރެއް ދިނުމެއް ނެތި، ހަމަލާ ދީފައިވާ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އެއަށް ފަހު އަރާގްޗީ ވަނީ އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ. އެގޮތުން އޭނާގެ ބަސްތައް ނޯޓު ކުރެއްވުމަށް އެދޭ ކަމަށާއި، އެމެރިކާ އިން ފަށާފައިވާ މި ނުބައި އަމަލު ތަކުގެ ސަބަބުން އެ ޤައުމުން ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވެފައިވެ އެވެ. 

މި ހަމަލާ އަކީ އީރާން އާއި، އެމެރިކާއާ ދެމެދު އޮތް ދިގު މުއްދަތުގެ ނުތަނަވަސް ކަމުގެ ތެރޭގައި، މިއީ އެންމެ ފަހުން ހިނގާފައިވާ ކަންތައް ތަކެވެ. މި ހަމަލާގެ ސަބަބުން އީރާންގެ ހަނގުރާމަ މަތީ އުޅަނދު ކަނޑު ފައްތާފައިވާއިރު، އެ އުޅަނދުގައި ތިބި ސިފައިންގެ ރައްކާތެރިކަން އަދި ސަލާމަތާ މެދު ވެސް ވަނީ ސުވާލު އެފެދިފަ އެވެ. 

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ، އެ ހަމަލާ އަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޙަރަކާތެއް ކަމަށާއި، އިންޑިއާގެ މެހެމާނުންގެ ގޮތުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

މި ހަމަލާތަކާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ސަރަހައްދީ އަދި ސިޔާސީ ޙާލަތު ވެސް އިތުރަށް ބަދަލުވެ، ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. އެއާ އެކު، އީރާން އިން މި ވަނީ އެމެރިކާގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

05 މާރިޗު 2026

"ނިމުމަކަށް" އަންނަންދެން ހަނގުރާމަ ކުރިއަށް ގެންދަން، އެމެރިކާ އިން އިޒްރޭލް އަށް އަންގައިފި

05 މާރިޗު 2026
"ނިމުމަކަށް" އަންނަންދެން ހަނގުރާމަ ކުރިއަށް ގެންދަން، އެމެރިކާ އިން އިޒްރޭލް އަށް އަންގައިފި
05 މާރިޗު 2026

އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ

05 މާރިޗު 2026
އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ
05 މާރިޗު 2026

ޤަތަރާއި ބަހްރެއިން ގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިއްޖެ

05 މާރިޗު 2026
ޤަތަރާއި ބަހްރެއިން ގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިއްޖެ
05 މާރިޗު 2026

ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

05 މާރިޗު 2026
ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ
05 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން މަސައްކަތް ކުރަނީ އަރަބި ޤައުމުތައް ހަނގުރާމަ އަކަށް ވައްދަން: ރަޝިޔާ

05 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން މަސައްކަތް ކުރަނީ އަރަބި ޤައުމުތައް ހަނގުރާމަ އަކަށް ވައްދަން: ރަޝިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު