Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި ސްޕެއިންގެ އެއްބާރުލުން ލިބޭނެ ކަމަށް ވައިޓް ހައުސްއިން ބުނި ބުނުން އެ ގައުމުގެ ސަރުކާރުން ވަނީ ކަނޑައެޅިގެން ދޮގުކޮށްފައި. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އެ ގައުމުގެ ސިޔާސަތަކީ އަދިވެސް ހަނގުރާމައާ ދެކޮޅު ހެދުން ކަމަށާއި، ބޮން އަޅައިގެން މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައިވީ ނަމަވެސް، ސްޕެއިންއިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގައި ދެމިއޮންނާނެ ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 01:12
މާރިޗު މަހުގެ 4 ވަނަ ދުވަހު ލުބުނާނުގެ ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޓައިރްގައި ހުންނަ ސޯލާ ފާމަކަށާއި ކަރަންޓު އުފައްދާ މަރުކަޒަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ރޯވި ބޮޑު އަލިފާންގަނޑު ނިއްވުމަށް އެ ގައުމުގެ ސިވިލް ޑިފެންސް ފޯސްތަކުން މަސައްކަތް ކުރަނީ.

މާރިޗު މަހުގެ 4 ވަނަ ދުވަހު ލުބުނާނުގެ ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޓައިރްގައި ހުންނަ ސޯލާ ފާމަކަށާއި ކަރަންޓު އުފައްދާ މަރުކަޒަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ރޯވި ބޮޑު އަލިފާންގަނޑު ނިއްވުމަށް އެ ގައުމުގެ ސިވިލް ޑިފެންސް ފޯސްތަކުން މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއާ އެކު ސްޕެއިންއިން މިހާރު އެއްބާރުލުން ދެމުންދާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިން ސަރުކާރުން ދޮގުކޮށްފިއެވެ.

ސްޕެއިންއިން މިކަން ދޮގުކޮށްފައި މިވަނީ، އެ ގައުމުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް މެދުވެރިކޮށް ސްޕެއިންއަށް އަދަބު ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ބުދަ ދުވަހު ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސްޕެއިންގައި ހުންނަ އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް ސްޕެއިންއިން ކުރިން ގެންގުޅުނު އުސޫލު މިހާރު ބަދަލުވެފައިވާ ކަމަށެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ލީވިޓް ވިދާޅުވީ، އިއްޔެ ރައީސް ޓްރަމްޕް ދެއްވި މެސެޖު ސްޕެއިންއަށް ވަރަށް ސާފުކޮށް އަޑުއިވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް ސްޕެއިންއިން އެއްބަސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް، ސްޕެއިން ސަރުކާރުން ވަނީ ވަގުތުން އެ ވާހަކަތައް ދޮގުކޮށްފައެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭޒް ވިދާޅުވީ ވައިޓް ހައުސްގެ އެ ވާހަކަ "ސީދާ ގޮތެއްގައި" ދޮގުކުރައްވާ ކަމަށެވެ.

"ހޯރާ25" ރޭޑިއޯ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލްބަރޭޒް ވިދާޅުވީ، ސްޕެއިންގެ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އެމެރިކާއިން އެ އިޝާރާތް ކުރަނީ ކޮން ކަމަކަށް ކަމެއް އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ސްޕެއިންއިން ދެކޮޅު ހަދާތީ، އަންގާރަ ދުވަހު ރައީސް ޓްރަމްޕް ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ "ބިރުވެރި" ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ ސްޕެއިންއާ އެކު ކުރާ ހުރިހާ ވިޔަފާރިއެއް ހުއްޓާލާނެ ކަމަށާއި، އެ ގައުމާ އެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް، ވައިޓް ހައުސްގެ އިގްތިސާދީ އިންޒާރުތަކާ ކުރިމަތިލައި، ސްޕެއިންއިން ވަނީ ހަނގުރާމައާ ދެކޮޅުކަން އަލުން ތަކުރާރުކޮށްފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔެއާއި ޔޫރަޕް އަދި ސްޕެއިންއިން މީގެ ކުރިންވެސް މިފަދަ ނާޒުކު ދަނޑިވަޅުތަކާ ކުރިމަތިލާފައިވާ ކަމަށެވެ. އަދި 2003 ވަނަ އަހަރު ޒިންމާދާރުކަން ކުޑަ މަދު ލީޑަރުންތަކެއް ވެގެން މެދުއިރުމަތީގައި ކުރި ޣައިރު ގާނޫނީ ހަނގުރާމައެއްގެ ތެރެއަށް އެންމެން ދަމައިގަތް ކަމަށާއި، އޭގެ ނަތީޖާއަކަށްވީ ބިރުވެރިކަމާއި ހިތާމަ އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަންޗޭޒް އިތުރަށް ވިދާޅުވީ، ސްޕެއިންގެ ސިޔާސަތަކީ އަދިވެސް ހަނގުރާމައާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމާ ދެކޮޅު ހެދުން ކަމަށެވެ. އަދި ބޮން އަޅައިގެން ދުނިޔޭގެ މައްސަލަތައް ހައްލުކުރެވިދާނެ ކަމަށް ދެކޭ "ކުށްހީ" ގަބޫލުނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ބުދަ ދުވަހު ސްޕެއިންގެ މި ނިންމުމަށް ތައުރީފު ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ ރައީސް ވިދާޅުވީ، އިޒްރޭލާއި އެމެރިކާ ގުޅިގެން ހިންގާ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އީރާނު ހިމެނޭހެން އެކި ގައުމުތަކަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ދެކޮޅަށް ސްޕެއިންއިން ގެންގުޅޭ ޒިންމާދާރު ސިޔާސަތުން ހާމަވަނީ، ހުޅަނގުގެ ގައުމުތަކުގައި އަދިވެސް އަޚްލާގު ހުރި ހޭލުންތެރި ސިކުނޑިތަކެއް ހުރިކަން ކަމަށެވެ. އަދި ސްޕެއިންގެ އޮފިޝަލުން ގެންގުޅުއްވާ ސިޔާސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ސާފުކޮށް އަޑުއުފުލާ ގައުމަކަށް ސްޕެއިން ވަނީ ވެފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުމުގެ ބަދަލުގައި، މަސްރަހް ފިނިކުރުމަށާއި އާންމުން ރައްކާތެރިކުރުމަށް ގޮވާލާފައެވެ.

ސްޕެއިންއަކީ އިޒްރޭލުން ޣައްޒާ ގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށްވެސް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ގައުމެވެ.

ސްޕެއިން-އެމެރިކާއީރާންޕެޑްރޯ ސަންޗޭޒްއީރާން-އިޒްރޭލްޔޫރަޕިއަން ޔޫނިއަންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

05 މާރިޗު 2026
ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި

05 މާރިޗު 2026
އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި

އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި

05 މާރިޗު 2026
މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

04 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު