Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިންޒާރު: އީރާނުގެ އެމްބަސީއަކަށް ހަމަލާދީފި ނަމަ އިޒްރޭލުގެ ހުރިހާ އެމްބަސީތަކަކީ ހަމަލާ ދެވިދާނެ ތަންތަން

ލުބުނާނުގައި ތިބި އީރާނުގެ މަންދޫބުން އެ ގައުމުން ފޭބުމަށް އިޒްރޭލުން ދިން މުހުލަތާ ގުޅިގެން، އީރާނުގެ ޑިޕްލޮމެޓިކް މިޝަނަކަށް ހަމަލާދީފި ނަމަ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި އިޒްރޭލުގެ އެމްބަސީއަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައި. އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ހިޒްބުﷲ އާއި އީރާނުން ދަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުން. އިޒްރޭލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް މިސައިލް ހަމަލާތައް ފޮނުވާލާފައި.

ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 16:22
އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތަރުޖަމާނު ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ.

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތަރުޖަމާނު ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ. | ޕްރެސްޓީވީ

ލުބުނާނުގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް މިޝަނަކަށް ނުވަތަ އެ ގައުމުގެ މަންދޫބުންނަށް އިޒްރޭލުން ހަމަލާދީފި ނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިޒްރޭލުގެ ހުރިހާ އެމްބަސީތަކަކީ ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް ކަމަށް ބަލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ތަރުޖަމާނު ޖެނެރަލް އަބުލްފަޟްލް ޝެކަރްޗީ މި އިންޒާރު ދެއްވީ، ލުބުނާނުގައި ތިބި އީރާނުގެ މަންދޫބުން 24 ގަޑިއިރު ނުވަނީސް އެ ގައުމުން ފޭބުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން މުހުލަތެއް ދީފައި ވަނިކޮށެވެ.

ލުބުނާނުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިޒްރޭލުން ދެމުންދާ އިންޒާރުތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޖެނެރަލް ޝެކަރްޗީ ވިދާޅުވީ، އީރާނުގެ ގާބިލުކަން ހުރި ނަމަވެސް، ދުނިޔޭގެ ގައުމުތަކަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން މިހާތަނަށް އިޒްރޭލުގެ އެމްބަސީތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.

ނަމަވެސް، އީރާނުގެ ޑިޕްލޮމެޓިކް ސަރަހައްދަކަށް (އެމްބަސީއަކަށް) އެއްވެސް ހަމަލާއެއް ދީފި ނަމަ، އެ ސިޔާސަތު މުޅިން ބަދަލުވެގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. ޖެނެރަލް ޝެކަރްޗީ ވިދާޅުވީ އިޒްރޭލުން އެފަދަ ޖަރީމާއެއް ހިންގައިފި ނަމަ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި އިޒްރޭލުގެ އެމްބަސީއަކީވެސް ހަމަލާދޭންޖެހޭ ސައްހަ އަމާޒެއްގެ ގޮތުގައި ބަލަން އީރާނަށް މަޖުބޫރުވާނެ ކަމަށެވެ.

އަދި އިޒްރޭލާއި އެމެރިކާ ކަކޫ ޖެއްސުމަށް އީރާނުން އަޒުމް ކަނޑައަޅާފައިވާތީ، މި ފިޔަވަޅު ކޮންމެހެންވެސް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިންޒާރުތައް އައިސްފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާި އެމެރިކާއިން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން، އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އަޔާތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައެވެ. އޭގެ ފަހުން ދިން ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން މަރުވެ، އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން، ލުބުނާނުގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 50 މީހުން މަރުވެ، 350 މީހުން ވަނީ ޒަޚަމްވެފައެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ، ލުބުނާނުގެ ދިފާއުގައާއި އަޔާތުﷲ ޚާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދޭން ފަށާފައެވެ.

ހަމައެއާއެކު، އީރާނުން ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށާއި، ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.

އީރާން-އިޒްރޭލްލުބުނާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީޖެނެރަލް އަބުލްފަޟްލް ޝެކަރްޗީހިޒްބުﷲއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

04 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026
އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް

އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް

04 މާރިޗު 2026
އީރާންގެ ރޫހާނީ ލީޑަރު ކަމަށް ކޮންމެ މީހަކު އަޔަސް، މަރާލާނަން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

އީރާންގެ ރޫހާނީ ލީޑަރު ކަމަށް ކޮންމެ މީހަކު އަޔަސް، މަރާލާނަން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

04 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުން، ޚާމާނައީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ސަލާމަތް ވެއްޖެ

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުން، ޚާމާނައީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ސަލާމަތް ވެއްޖެ

04 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު