Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޚާމަނާއީގެ ހަނދާން އައު ކުރަން ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި

ރަސްމިއްޔާތު ފަސް ކުރަން ޖެހުނު އަނެއް ސަބަބަކީ، އީރާންގެ އެކި ޕްރޮވިންސް ތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މި ޙަރަކާތުގައި ބައިވެރިވުމަށް އެދެމުން ގޮސްފައިވާތީ ކަމަށް އޮފިޝަލުން ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 12:01
ޚާމަނާއީ އަވަހަރާ ކޮށްލުމުން އީރާންގެ މަގު ތަކަށް އެއްވި ރައްޔިތުން އެމަނިކުފާނުގެ ފޮޓޯ ހިއްޕަވައިގެން

ޚާމަނާއީ އަވަހަރާ ކޮށްލުމުން އީރާންގެ މަގު ތަކަށް އެއްވި ރައްޔިތުން އެމަނިކުފާނުގެ ފޮޓޯ ހިއްޕަވައިގެން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އަވަހާރަވެފައިވާ އީރާނުގެ ރޫހާނީ ލީޑަރު، އަދި އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ހަނދާނުގައި ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި އެވެ. 

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ވަނީ އެ ރަސްމއިއްޔާތު ފަސް ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފަ އެވެ. ކުރިން ތާވަލު ކޮށްފައި އޮތް ގޮތަށް ބަލާއިރު، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ އީރާންގެ ގަޑިން ބުދަ ދުވަހުގެ ރޭ 10:00ގަ އެވެ. 

އީރާންގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީ އިން ބުނެފައި ވަނީ، އެ ރަސްމިއްޔާތު ފަސް ކުރަން ޖެހުނީ އިންތިޒާމު ތަކާ ގުޅޭ ލޮޖިސްޓިކަލް ދަތި ތަކެއް ކުރިމަތިވުމުންނެވެ. އެގޮތުން ރަސްމިއްޔާތު ބާއްވާ ވަގުތަށް ބަދަލު ގެނައީ ކަންކަން އިރުތަށް ފުރިހަމަ ކުރުމުގެ ބޭނުމުގައި ކަމަށް އޮފިޝަލުން ވަނީ އެ ނޫހަށް މައުލޫމާތު ދީފަ އެވެ. 

ރަސްމިއްޔާތު ފަސް ކުރަން ޖެހުނު އަނެއް ސަބަބަކީ، އީރާނުގެ އެކި ޕްރޮވިންސް ތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މި ޙަރަކާތުގައި ބައިވެރިވުމަށް އެދެމުން ގޮސްފައިވާތީ ކަމަށް އޮފިޝަލުން ބުންޏެވެ. ތަފާތު ސަރަަހައްދު ތަކުން، ވެރި ރަށް ތެހެރާނަށް މީހުންނަށް އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އިތުރު ވަގުތު ބޭނުންވާތީ، އެ ނިންމުން ނިންމީ ކަމަށް ބުންޏެވެ. 

އީރާންގެ ކުރީގެ ރޫހާނީ ލީޑަރުގެ ހަނދާން އައު ކުރުމާއިި، އެމަނިކުފާނު އަވަހާރަ ވުމުގެ ހިތާމަ ފާޅު ކުރުމަށް ބާއްވާ މި ޙަރަކާތުގައި އީރާންގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ނަމަވެސް، މި ރަސްމިއްޔާތު ދެން ބާއްވާނެ ވަގުތެއް ކަމާ ގުޅޭ އިދާރާ ތަކުން ހާމަ ކޮށްފައި ނުވެ އެވެ. 

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޒިކުރާ އާކުރުމަށް ބާއްވާ މިފަދަ ރަސްމިއްޔާތުތަކަކީ އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ، ވަރަށް ކުލަގަދަކޮށް ބާއްވާ ހަރަކާތްތަކެކެވެ. ނަމަވެސް މިރޭ ބޭއްވުމަށް ހަޖައްސާފައި އޮތް ރަސްމިއްޔާތު ދެން ބާއްވާނެ ވަގުތެއް އީރާނުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ އަލީ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ރޫހާނީ ލީޑަރު ކަމަށް ކޮންމެ މީހަކު އަޔަސް، މަރާލާނަން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

އީރާންގެ ރޫހާނީ ލީޑަރު ކަމަށް ކޮންމެ މީހަކު އަޔަސް، މަރާލާނަން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

04 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުން، ޚާމާނައީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ސަލާމަތް ވެއްޖެ

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުން، ޚާމާނައީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ސަލާމަތް ވެއްޖެ

04 މާރިޗު 2026
އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

04 މާރިޗު 2026
އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު އަވަހާރަވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު އަވަހާރަވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު