Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާއަށް އީރާނުގެ އިންޓެލިޖެންސުން ސީ.އައި.އޭ އާ ބައްދަލުކުރަން އުޅޭކަމަށް ބުނެ ފަތުރާ ޚަބަރުތައް އެ ގައުމުން ދޮގުކޮށްފި. މިއީ އެމެރިކާގެ މާޔޫސްކަން ހާމަވާ ފަދަ ނަފްސާނީ އޮޕަރޭޝަނެއް ކަމަށާއި، ދުޝްމަނުންނަށް ހައްގު އަދަބު ދިނުމުގައި އީރާނުން ފަސްނުޖެހޭނެ ކަމަށް އެ ގައުމުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނޭ.

ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 16:33
އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގެ އިންޒާރުގެ ރަނގަބީލާއެކު، އެ ގައުމުގެ ޝޯރޭޝް ސަރަހައްދުގައި ތިބި މީހުން ރައްކާތެރިކަން ހޯދުމަށް ބިންގަރާހެއްގެ ތެރެއަށް ވަދެ ފިލާފައި.

އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގެ އިންޒާރުގެ ރަނގަބީލާއެކު، އެ ގައުމުގެ ޝޯރޭޝް ސަރަހައްދުގައި ތިބި މީހުން ރައްކާތެރިކަން ހޯދުމަށް ބިންގަރާހެއްގެ ތެރެއަށް ވަދެ ފިލާފައި. | ރޮއިޓާސް

އީރާނުގެ އިންޓެލިޖެންސް ފޯސްތަކުން އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީ.އައި.އޭ) އާ ވާހަކަދެއްކުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ ނިއުޔޯކް ޓައިމްސް އިން ދާދިފަހުން ޝާއިއުކުރި ރިޕޯޓަކީ މުޅިން ދޮގު ރިޕޯޓެއް ކަމަށް ކަމާބެހޭ މައުލޫމާތު އެނގޭ މަސްދަރަކުން ތަސްނީމް ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީގެ އިސް މަސްދަރަކުން ބުދަ ދުވަހު ބުނީ، މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަގުސަދުގައި ސީ.އައި.އޭ އާއެކު މަޝްވަރާތައް ފެށުމަށް އީރާނުގެ އިންޓެލިޖެންސް ފޯސްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެ ނިއުޔޯކް ޓައިމްސް އިން ފަތުރާފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ހަނގުރާމައިގެ ވަގުތުގައި ހިންގާ ނަފްސާނީ އޮޕަރޭޝަނެއްގެ ބައެއް ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

މީގެ އިތުރުން، ދުޝްމަނުންނަށް ހައްގު އަދަބު ދިނުމުގައި އީރާނުން ފަސްނުޖެހޭނެ ކަމަށް އެ މަސްދަރުން ވަނީ ބުނެފައެވެ. އަދި މިފަދަ ދޮގު ޚަބަރުތައް ފެތުރުމުން ދޭހަވަނީ، އަސްކަރީ މައިދާނުގައި އެމެރިކާގެ މާޔޫސްކަން އިތުރުވަމުންދާ މިންވަރު ކަމަށްވެސް އެ މަސްދަރުން ފާހަގަކުރިއެވެ.

މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ

އީރާންއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

04 މާރިޗު 2026

އީރާނުން އިންޒާރު: އީރާނުގެ އެމްބަސީއަކަށް ހަމަލާދީފި ނަމަ އިޒްރޭލުގެ ހުރިހާ އެމްބަސީތަކަކީ ހަމަލާ ދެވިދާނެ ތަންތަން

04 މާރިޗު 2026
އީރާނުން އިންޒާރު: އީރާނުގެ އެމްބަސީއަކަށް ހަމަލާދީފި ނަމަ އިޒްރޭލުގެ ހުރިހާ އެމްބަސީތަކަކީ ހަމަލާ ދެވިދާނެ ތަންތަން
04 މާރިޗު 2026

ޚާމަނާއީގެ ހަނދާން އައު ކުރަން ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި

04 މާރިޗު 2026
ޚާމަނާއީގެ ހަނދާން އައު ކުރަން ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި
04 މާރިޗު 2026

އީރާންގެ ރޫހާނީ ލީޑަރު ކަމަށް ކޮންމެ މީހަކު އަޔަސް، މަރާލާނަން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

04 މާރިޗު 2026
އީރާންގެ ރޫހާނީ ލީޑަރު ކަމަށް ކޮންމެ މީހަކު އަޔަސް، މަރާލާނަން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު
04 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުން، ޚާމާނައީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ސަލާމަތް ވެއްޖެ

04 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުން، ޚާމާނައީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ސަލާމަތް ވެއްޖެ
04 މާރިޗު 2026

އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

04 މާރިޗު 2026
އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު