Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ވިދާޅުވީ، އިޒްރޭލާއި ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް. އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމުގެ ބަދަލުހިފުމަށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވި. އަދި މި އުދުވާނަށް ހައްގު އަދަބު ލިބެންދެން ބަދަލުހިފުމުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް ލަރީޖާނީ ވިދާޅުވި.

ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 00:50
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެލްއަވީވަށް އީރާނުން ދިން މިސައިލް ހަމަލާއަކާ ގުޅިގެން، އެ ސިޓީގެ އުޑުމަތިން ބޮޑު އަލިފާންގަޑެއް ފެންނަނީ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެލްއަވީވަށް އީރާނުން ދިން މިސައިލް ހަމަލާއަކާ ގުޅިގެން، އެ ސިޓީގެ އުޑުމަތިން ބޮޑު އަލިފާންގަޑެއް ފެންނަނީ. | ގެޓީ އިމޭޖަސް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމަވެރި ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެއްޓެވި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) ގެ ސެކްރެޓަރީ އަލީ ލަރީޖާނީ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެފައިވާ ކަމަށެވެ.

ލަރީޖާނީ ވިދާޅުވީ މި ބޮޑު ގެއްލުމުގެ ސަބަބުން، ޓްރަމްޕް ގެންގުޅުއްވާ "އެމެރިކާ ފަސްޓް" ނުވަތަ އެމެރިކާ އިސްކުރުމުގެ ސިޔާސަތަކީ އޮޅުވާލުމެއްކަން ހާމަވެފައިވާ ކަމަށެވެ.

"ނަތަންޔާހޫގެ ކޮމެޑީ ޑްރާމާގެ މަޅީގައި ޖެހިވަޑައިގެން، ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުން އީރާނާ ދެކޮޅަށް ކުރާ ބޭއިންސާފު ހަނގުރާމައެއްގެ ތެރެއަށް ވައްދާފައި. މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާއިރު، މިހާރު ޓްރަމްޕް ހިސާބު ޖައްސަވަންވީ އަދިވެސް އިސްކަންދެވެނީ އެމެރިކާއަށްތޯ ނުވަތަ އިޒްރޭލަށްތޯ،" ލަރީޖާނީގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަށް އީރާނުން ފަށާފައިވާ ފުޅާ އޮޕަރޭޝަންގެ ދަށުން، ދުޝްމަނުންނަށް މެދުނުކެނޑި ގެއްލުން ދެމުންދާނެ ކަމަށް އެސް.އެން.އެސް.ސީ ގެ ވެރިޔާ ވިދާޅުވިއެވެ. ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައެވެ.

"މިކަން އަދި ނިމުނީއެއް ނޫން. އިމާމް ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލުގައި ކަލޭމެންނަށް ވަރަށް ބޮޑު އަގަކުން އަގުދައްކަން ޖެހޭނެ. މާތްﷲ އިރާދަކުރެއްވިއްޔާ،" ލަރީޖާނީ ވިދާޅުވިއެވެ.

މިދިޔަ ހަފުތާ ބަންދުން ފެށިގެން އީރާނުން ދަނީ އިޒްރޭލަށާއި، ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ސިލްސިލާކޮށް ދެމުންނެވެ.

މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށާއި، އީރާނާ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދެމުންދާނީ އިޒްރޭލާއި އެމެރިކާގެ އުދުވާނަށް ހައްގު އަދަބު ލިބެންދެނެވެ.

ބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްޢަލީ ލަރިޖާނީއާޔަތުﷲ ޚާމަނާއީއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި

05 މާރިޗު 2026
އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި

އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި

05 މާރިޗު 2026
މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

04 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026
އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް

އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް

04 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު