Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯ

ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

5 މާރިޗު 2026 | ބުރާސްފަތި 05:46

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް ލިޓަރަކުން 2.51 ރުފިޔާ އަދި ޑީސަލް ލިޓަރަކުން 3.62 ރުފިޔާ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ބޮޑު ކޮށްފައި. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ތެޔޮ ފީފާއެއްގެ އަގު 82 ޑޮލަރަށް އެރުމުން ގެނައި ބަދަލެއް ކަމަށްވާއިރު، މީގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުތަކަށް ބަދަލު އަންނާނެ. އެސްޓީއޯގެ އިތުރުން ހޯކްސް ކުންފުނިން ވެސް މިހާރު ވަނީ ތެލުގެ އަގުތައް މަތިކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 5 މާރިޗު 2026 | ބުރާސްފަތި 05:46
ޕެޓްރޯލް ޝެޑްގައި ޕެޓްރޯލް އެޅުމަށް ކިއު ހަދައިގެން.

ޕެޓްރޯލް ޝެޑްގައި ޕެޓްރޯލް އެޅުމަށް ކިއު ހަދައިގެން. | ރާއްޖެއެމްވީ

އަގުހެޔޮ ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ރައީސް.ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިތާ 24 ގަޑިއިރު ހަމަނުވަނީސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައި މިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާންއަށް ހަމަލާ ދިނުމާއި އެކު އުފެދިފައިވާ ހަމަނުޖެހުމާއި ގުޅިގެން  ދުނިޔޭގައި ތެލުގެ އަގުތައް ރެކޯޑް އަދަދަކަށް ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ މުހިންމު ޗެނަލެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން މިހާރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 82 އެމެރިކާ ޑޮލަރަށް ބޮޑުވެފަ އެވެ.

Advertisement - newsAdvertisement

މިކަމަށް ރިޔާއަތްކޮށް ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި، މުދާ އުފުލާ ރޫޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް އެސްޓީއޯއިން ބުނީ، ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 16.01 ރުފިޔާ އެވެ. މިއީ ލިޓަރަކުން 2.51 ރުފިޔާ ނުވަތަ 18.6 އިންސައްތައިގެ ބޮޑުވުމެކެވެ. އަދި މިހާރު ޑީސަލް ލިޓަރެއްގެ އަގު ވަނީ 17.54 ރުފިޔާ އަށް އުފުލިފަ އެވެ. ކުރިން  ޑީސަލް ލީޓަރެއް 13.92 ރުފިޔާ އަށް ލިބެ އެވެ. މިއީ ލިޓަރަކުން 3.62 ރުފިޔާ ނުވަތަ 26 އިންސައްތައިގެ އިތުރުވުމެކެވެ.

މިއީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިފަހުން މިހާ ބޮޑުތަނުން ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިކަމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުތަކަށް ބަދަލު އަންނާނެ އެވެ.

މީގެ އިތުރުން ހޯކްސް އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުތައް ވެސް ވަނީ ހަމަ އެ އަދަދުން ބޮޑު ކޮށްފަ އެވެ. 

މީގެ ކުރިން ތެލުގެ އަގުތަކަށް ބަދަލުއައީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ. ނަމަވެސް 2023  ވަނަ އަހަރުން ފެށިގެން ތެލުގެ އަގުތައް އައީ ހެޔޮވަމުންނެވެ.

އެސްޓީއޯއީރާން-އިޒްރޭލް-އެމެރިކާތެލުގެ އަގުޑީސަލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2026

ތެޔޮ ފީފާ އެއް 150 ޑޮލަރަށް އުފުލިދާނެ، ޑީސަލްގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެ, އެލްއެންޖީ ގެ އަގު 40 އިންސައްތަ އަށް އުފުލިއްޖެ

05 މާރިޗު 2026
ތެޔޮ ފީފާ އެއް 150 ޑޮލަރަށް އުފުލިދާނެ، ޑީސަލްގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެ, އެލްއެންޖީ ގެ އަގު 40 އިންސައްތަ އަށް އުފުލިއްޖެ
04 މާރިޗު 2026

ޚާމަނާއީގެ ހަނދާން އައު ކުރަން ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި

04 މާރިޗު 2026
ޚާމަނާއީގެ ހަނދާން އައު ކުރަން ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި
03 މާރިޗު 2026

ޒަޔަނިސްޓް އިޒްރޭލު މުޅިން ނައްތާލެވެންދެން، އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުން ހަމަލާ ދިނުމުގައި ދެމި އޮންނާނެ: އައިއާރުޖީސީ

03 މާރިޗު 2026
ޒަޔަނިސްޓް އިޒްރޭލު މުޅިން ނައްތާލެވެންދެން، އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުން ހަމަލާ ދިނުމުގައި ދެމި އޮންނާނެ: އައިއާރުޖީސީ
03 މާރިޗު 2026

ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

03 މާރިޗު 2026
ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި
03 މާރިޗު 2026

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

03 މާރިޗު 2026
އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި
03 މާރިޗު 2026

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު

03 މާރިޗު 2026
އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު
03 މާރިޗު 2026

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

03 މާރިޗު 2026
އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި
02 މާރިޗު 2026

ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

02 މާރިޗު 2026
ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
02 މާރިޗު 2026

ހަނގުރާމަ އާ ގުޅިގެން އެ ގައުމުތަކާއެކު ދިވެހިން ތިބިކަން ރައީސް މުއިއްޒު ހާމަކުރައްވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

02 މާރިޗު 2026
ހަނގުރާމަ އާ ގުޅިގެން އެ ގައުމުތަކާއެކު ދިވެހިން ތިބިކަން ރައީސް މުއިއްޒު ހާމަކުރައްވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި
01 މާރިޗު 2026

އޮމާންގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ "އެމްކޭޑީ ވިޔޯމް" ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރަކަށް މިސައިލް ހަމަލާ އެއް އަރައިފި

01 މާރިޗު 2026
އޮމާންގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ "އެމްކޭޑީ ވިޔޯމް" ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރަކަށް މިސައިލް ހަމަލާ އެއް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް