Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

މިނިސްޓަރު އިހުސާން ވިދާޅުވީ، ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ހިންގި ތަފާތު އެކި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން 83،450 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް. މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 72.2 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަނެއްހާ ސިނގެރޭޓް ވެސް ކަސްޓަމްސް އިން އަތުލައިގެންފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 11:28
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 103 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން. ފައިލް ފޮޓޯ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 103 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން. ފައިލް ފޮޓޯ | ޕޮލިސް

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުގެ ތެރެއިން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ހިންގި ތަފާތު އެކި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން 83،450 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. 

މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 72.2 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ އޭގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެއްޗަކީ ބޯޑަރު ހުރަސްކޮށް އެތެރެކުރަން މަސައްކަތްކުރަނިކޮށް، ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި ކަމަށާއި، އަދި އެއީ ތަފާތު އަށް މައްސަލައެއްގައި އަތުލައިގަތް މަސްތުވާތަކެތި ކަމަށެވެ. އަދި ހަމައެކަނި އެ ތަކެތީގެ އަގަކީ 59 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 72.2 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި. މި ތަކެތި އަތުލެވިފައިވަނީ ފުލުހުންނާއި ކަސްޓަމްސްގެ ވަރަށް ގިނަ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުން. ވަކިން ޚާއްސަކޮށް ކަސްޓަމްސް އިން ބޯޑަރު ބެލެހެއްޓުމުގަ މިހާރު ގެންގުޅުއްވާ ތަފާތު އެކިއެކި ހުނަރު ބޭނުންކުރައްވައިގެން އަދި އިންޓެލިޖެންސުން ލިބޭ އެކި މައުލޫމާތު އެއްކޮށްގެން ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާ މިއީ. 
ހޯމް މިނިސްޓަރު އަލީ އިހުސާން

ރާއްޖޭގެ ގާނޫނާގައި ގަވައިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަދި ރާއްޖެއަށް އެތެރެކުރަން މަނާތަކެތި ހިފެހެއްޓުމަށް ކަސްޓަމްސްއިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މި އަހަރުގެ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަނެއްހާ ސިނގެރޭޓް ވެސް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ. 

މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރަން މަނާތަކެތި ހިފެހެއްޓުމަށާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ކާމިޔާބު ގިނަ އޮޕަރޭޝަންތައް ހިންގިފައިވާ ކަމަށެވެ. 

ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން އޮތީ 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާވެފަ އެވެ. އަދި 15 ޑިސެންބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި އެ ބުއިން ވަނީ މަނާކޮށްފަ އެވެ.

އަލީ އިހުސާންކަސްޓަމްސް މަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިން އަތުލައިގަނެފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިން އަތުލައިގަނެފި

01 މާރިޗު 2026
ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

11 ފެބުރުއަރީ 2026
ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު