Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރ އަލީ އިހްސާން

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

މިކަމާ ގުޅިގެން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި މުސާރައިގެ އިތުރުން، މެޑިކަލް އިންޝުއަރެންސްގެ ދަށުން މައިންބަފައިންނަށް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށާއި މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމުތައް ފަހިކޮށްދިނުމަށް ވަނީ އެދިފަ. މުސާރަ ބޮޑުނުވި ސަބަބާ ގުޅޭގޮތުން މިނިސްޓަރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 15:36
ކަރެކްޝަންގެ ދަސްވެވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކަރެކްޝަންގެ ދަސްވެވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ހޯމް މިނިސްޓްރީ

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން އެކަމުގެ ކަނބޮޑުވުން ފާޅުކޮށް ކަރެކްޝަންގެ ގިނަ އޮފިސަރުންގެ ސޮއި އާއެކު ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.

ހޯމް މިނިސްޓަރ އަލީ އިހްސާން ކަރެކްޝަން އޮފިސަރުންގެ މުސާރަ ޖެނުއަރީ މަހުގެ މުސާރަޔާއި އެކު ބޮޑުވާނެ ކަމަށް ވަޢުދު ވީ ނަމަވެސް، ކަރެކްޝަން އޮފިސަރުންގެ މުސާރަ ބޮޑުވެފައި ނުވެ އެވެ. އެހެންވެ ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ޕެޓިޝަންއެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. 

Advertisement - newsAdvertisement

އެގޮތުން ކަރެކްޝަންގެ އޮފިސަރެއް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވެ އެކަން އޮގޮތަށް ނުވުމުން ކަންބޮޑުވާ ކަމަށެވެ. ރައީސް އޮފީހަށް ހުށަހެޅި އެ ޕެޓިޝަނުގައި މެޑިކަލް އިންސުއަރެންސް އަށް މައިންބަފައިން އިތުރުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށާއި ކަރެކްޝަންގެ މުވައްޒަފުންނަށް ފުލެޓް ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ. 

ވެރިންގެ މީޓިންއެއްގައި ބުނި މުސާރަ ބޮޑުކޮށްދޭނަމޭ. އޭގެ ކުރިން ވެސް ބުނި ބޮޑުވާނެ ވަރަށް ޔަގީންކަން ދިން.
ކަރެކްޝަން އޮފިސަރެއް

މީގެ އިތުރުން މިދިޔަ އަހަރު ޑިސެމްބަރު މަހު ކަސްޓަމްސްގެ އިވެންޓެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކަސްޓަމްސް މުވައްޒަފުންނާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ޖެނުއަރީ މަހު ބޮޑުވާނެ ކަމަށާއި މުސާރާގެ އޮނިގަނޑު މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. 

އަދި މިދިޔަ އަަހަރު ގެ ނޮވެމްބަރު މަހު، ޕްރިޒަންސް އޮފިސަރުން ގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހާތީ އެކަން މީޑީއާ އަށް ތިލަވުމުން އެކަން ހައްލުކުރުމަށް ވަޒީރު އިހުސާން ވަނީ ކަރެކްޝަންސް ގެ އޮފިސަރުންނާއި އެކު ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ތަފާތު އެކި ސަބަބުތަކާއި ހުރެ، ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް އެ އޮފިސަރުންނާއި ބައްދަލުކުރައްވާ އިހުސާން ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފަ އެވެ. 

އޭރު އޮފިސަރުންނާއި ބައްދަލުކުރައްވާ އިހުސާން ވިދާޅުވީ މި އަހަރު ގެ ފެބްރުއަރީ ގެ ނިޔަލަށް ކަރެކްޝަންސް ގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމަ ކުރުމު ގެ ސިޔާސަތު ގެ ދަށުން ބޮޑު މުސާރަ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެޑިކަލް ސްކީމަށް ބަދަލު ގެނެސް މައިންބަފައިންނާއި އާއިލާގެ އިތުރު ބައެއް ފަރާތްތަކަށް މެޑިކަލް ސްކީމް ގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސާ ދޭނެ ކަަމަށް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ކުރިން އިންތިޒާމްތައް ހަމަޖެހިފައި ހުރި ކަމަށް ވިދާޅުވި މުސާރަ ނުލިބި ވާ ސަބަބާއި މެދު ސުވާލުކުރުމަށް ގުޅުމުން އިހުސާން ފޯނަށް ޖަވާބުދެއްވާފަ އެއް ނުވެ އެެވެ. އަދި މެސެޖު މެދުވެރިކޮށް އިހުސާން އާއި މި ނޫހުން ވާނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ވަޒީރު ޖަވާބެއް ނުދެއްވަ އެވެ.

އަލީ އަހުސަންކަރެކްޝަންސްހައުސިންގ މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކަސްޓަމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

24 ޖެނުއަރީ 2026
ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026
ސިނގިރޭޓް މައްސަލައިގައި ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރަށް، ކަސްޓަމްސް ގެ ގާނޫނާ ހިލާފަށް ރިޓަޔަމަންޓް ޕެންޝަން ދޭ ކަން ހާމަ ވެއްޖެ!

ސިނގިރޭޓް މައްސަލައިގައި ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރަށް، ކަސްޓަމްސް ގެ ގާނޫނާ ހިލާފަށް ރިޓަޔަމަންޓް ޕެންޝަން ދޭ ކަން ހާމަ ވެއްޖެ!

14 ޖެނުއަރީ 2026
ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

09 ޖެނުއަރީ 2026
ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު