Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޕަރޭޝަން އަލިމަގު

ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި

ފުލުހުން ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަން އަލިމަގުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑަރިންގގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފައިވޭ. ހައްޔަރުވި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަޙްމަދު އަނާމް އިބްރާހީމާއި ކުރިން ހޯމް މިނިސްޓްރީގައި މަސައްކަތްކުރި ޝައްފާޙް ލަޠީފް ހިމެނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 13:10
އަނާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް

އަނާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް | ޕޮލިސް މީޑިޔާ

ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ހައްޔަރު ކުރި 4 މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ހިމެނޭކަން ހާމަވެއްޖެ އެވެ. 

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން ގއ. އަތޮޅުގައި އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ "އޮަޕަރޭޝަން އަލިމަގު" ގައި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. 

Advertisement - newsAdvertisement

މި އޮޕަރޭޝަންގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި ގއ. ވިލިނގިލި / މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި / އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ގއ. ވިލިނގިލި / އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.

އެ މީހުންގެ ތެރެއިން އަނާމް އަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. އަދި ސައްފާހު ވެސް ކުރިން ހުރީ ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. 

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓު ވިންގު ގުޅިގެންނެވެ. 

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އޮޕަރޭޝަން އަލިމަގުއަޙްމަދު އަނާމް އިބްރާހީމްޝައްފާޙް ލަޠީފްއިކޮނޮމިކް މިނިސްޓްރީގއ. ވިލިނގިލިމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

12 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި

11 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި

މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި

01 ޖެނުއަރީ 2026
މިނިސްޓަރ ސައީދު ވިދާޅުވަނީ މިދިޔަ ދެ އަހަރު 595 ކުދި ވިޔަފާރި އަށް 349 މިލިއަން ރުފިޔާގެ ލޯނު ދިން ކަމަށް

މިނިސްޓަރ ސައީދު ވިދާޅުވަނީ މިދިޔަ ދެ އަހަރު 595 ކުދި ވިޔަފާރި އަށް 349 މިލިއަން ރުފިޔާގެ ލޯނު ދިން ކަމަށް

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު