Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޕްސްޓީން ފައިލްސް

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތްކަން ހާމަވުމާ ގުޅިގެން، ރައީސްގެ ޚާއްސަ މުޝީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަންއަށް ރައީސް މުޢިއްޒު އެންގެވިކަން ވަނީ ހާމަވެފައި. ނަމަވެސް، މި މައްސަލައިގައި އެއްވެސް ޖިނާއީ ތުހުމަތެއް ހުށަހެޅިފައި ނުވާތީ، ފުލުހުން މިހާތަނަށް އެއްވެސް ތަހުގީގެއް ފަށާފައި ނުވާކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވި. އެޕްސްޓީންގެ ފައިލްތަކުން އެނގޭ ގޮތުގައި ރައީސް ވަޙީދު ވަނީ އެކި ފަހަރު މަތިން އޭނާއާ ބައްދަލުކުރައްވައި، ރާއްޖޭގައި ރަށެއް ތަރައްޤީކުރުމާއި ފޮތަކަށް ފަންޑު ހޯދުމުގެ މަޝްވަރާތައް ކުރައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 07:47
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު(ވ)، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ)

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު(ވ)، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ) | ރައީސް އޮފީސް

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަންގެ ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު އަަންގަވާފައި ނުވާ ކަމަށާއި، ފުލުހުންވެސް އެކަން ނުބަލާކަން ހާމަވެއްޖެ އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އެޕްސްޓީންގެ ފައިލްތައް އާންމު ކުރިއިރު، ރައީސް ވަޙީދު އާއި އެޕްސްޓީންއާ ދެމެދު ގާތް ގުޅުންތަކެއް އޮތް ކަމަށް ވަނީ ހާމަވެފަ އެވެ. އޭރު ވަޙީދު ހުންނެވީ، ރައީސް މުޢިއްޒުގެ ޚާއްސަ މުޝީރުގެ މަޤާމުގަ އެވެ. 

އެ ފައިލް ތަކުގައިވާ ގޮތުން، ރައީސް ވަޙީދު ވެރިކަމުގެ ހުވާ ކުރެއްވުމާ އެކު އެމަނިކުފާނަށް މަރުޙަބާ ކިޔައި މެސެޖު ކުރި މީހުންގެ ތެރޭގައި އެޕްސްޓީން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެޕްސްޓީންގެ ޕްރައިވެޓު ރަށެއް ރާއްޖޭގައި ތަރައްޤީ ކުރުމުގެ މަޝްވަރާތައް ވެސް ކޮށްފައިވާއިރު، އެޕްސްޓީން މެދުވެރިކޮށް ފޮތަކަށް ފަންޑު ހޯދުމަށް ވެސް ވަޙީދު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން އެ ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މައްސަލަ ސަމާލުކަމަށް އައުމާ އެކު، އިސްތިއުފާ ދެއްވުމަށް ރައީސް ވަޙީދަށް އެމަނިކުފާނު އެންގެވި ކަމަށެވެ. އެހެންކަމުން، މަގާމުން ވަކި ކުރެއްވުމުގެ ބަދަލުގައި، އިސްތިއުފާ ދެއްވުމުގެ ފުރުސަތު ރައީސް މުޢިއްޒު ދެއްވާފައިވާކަން މި ވަނީ ހާމަވެފަ އެވެ.

އެޕްސްޓީން ފައިލްގައި ހިމެނޭ ސިޔާސީ ނުފޫޒުގަދަ އެތައް ބައެއްގެ މައްސަލަ އެކި ގައުމުތަކުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އަންނަނީ ބަލަމުންނެވެ. ނަމަވެސް ރައީސް ވަހީދަށް ރައީސް މުއިއްޒު ދެއްވީ ޝަރަފުވެރިކަމާއެކު މަގާމުން އިސްތިއުފާ ދެއްވުމުގެ ފުރުސަތެވެ. 

މި މައްސަލަ ބަލަމުންދޭތޯ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖެފްރީ އެޕްސްޓީން ފައިލްތަކުގެ މައްސަލައިގައި މިހާތަނަކަށް ފުލުހުންގެ މުއައްސަސާއަށް ރައީސް ވަހީދުގެ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ޔަޤީނުންވެސް އެއްވެސް ޖިނާޢީ ތުހުމަތެއް ކުރެވޭ މައްސަލަ ތަޙުޤީޤުކުރުމަށް އެއްވެސް ފަރާތަކުން އެދިފައި ވެސް އަދި އަންގާފައި ވެސް ނުވެ އެވެ. 

އަދި އަޅުގަނޑުމެންނަކަށް ލިބިފައި ނުވޭ އެކަހަލަ މައްސަލައެއް. އަދި މިހާތަނަށް އަމިއްލައަށް ފެނިގެން ވެސް އެފަދަ ތަޙުޤީޤެއް އަޅުގަނޑުމެން ފަށާފައެއް ނުވާނެ. އެހެންނަމަވެސް، ވަކި މީހަކު އިސްތިސްނާ ނުކޮށް ޖިނާޢީ ކުށެއް ކޮށްފި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހާލަތުގަ އާއި އަދި ހުށަހެޅޭ ހާލަތުގައި އެ މައްސަލަތައް އަޅުގަނޑުމެން ގެންދާނަން ބަލަމުން އިނގޭތޯ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

އެކި ފަހަރު މަތިން ރައީސް ވަޙީދު، އެޕްސްޓީންއާ ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން ރައީސް ވަޙީދު ވެރިކަަމަށް ވަޑައިގެންނެވުމުގެ ކުރިން، އެޕްސްޓީންގެ ގޭގައި ވެސް ވަނީ އޭނާއާ ބައްދަލު ކޮށްފަ އެވެ. އޭގެ ފަހުން ވެރި ކަަމަށް ވަޑައިގެން، އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުގައި ވެސް ވަނީ އެޕްސްޓީންއާ ބައްދަލު ކުރައްވައިފަ އެވެ.

އާންމުންގެ ގިނަ ފާޑު ކިޔުން ތަކެއް އަމާޒުވީއިރު ވެސް، އެ މައްސަލައާ ގުޅިގެން ރައީސް މުޢިއްޒު، ވަޙީދު މަގާމުން ވަކި ކުރައްވާފައި ނުވެ އެވެ. އޭގެ ދުވަސް ތަކެއް ފަހުން، ފެބްރުވަރީ މަހުގެ ތިން ވަނަ ދުވަހު ވަޙީދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

ޖެފްރީ އެޕްސްޓީންޑރ. މުހައްމަދު ވަހީދު ހަސަންޑރ. މުއިއްޒުއަލީ އަހުސަންރާއްޖެ ޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ވަޙީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވެއްޖެ

އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ވަޙީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވެއްޖެ

02 މާރިޗު 2026
ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

01 މާރިޗު 2026
ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

28 ފެބުރުއަރީ 2026
ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

28 ފެބުރުއަރީ 2026
ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން

ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން

27 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު