Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނާ ހިލާފަށް ޕެންޝަން ދިނުން

ސިނގިރޭޓް މައްސަލައިގައި ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރަށް، ކަސްޓަމްސް ގެ ގާނޫނާ ހިލާފަށް ރިޓަޔަމަންޓް ޕެންޝަން ދޭ ކަން ހާމަ ވެއްޖެ!

ކަސްޓަމްސްގެ ގާނޫނުގައި ވަޒީފާ އިން ވަކިކުރާ މީހުންނަށް ރިޓަޔަމަންޓް ޕެންޝަން ނުލިބޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ސިނގިރޭޓް މައްސަލައިގައި ރައީސް މުއިއްޒު ވަޒީފާ އިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދަށް މިދިޔަ ޑިސެމްބަރުން ފެށިގެން ރިޓަޔަމަންޓް ޕެންޝަން ދެމުން އަންނަ ކަން ހާމަވެއްޖެ. ވަހީދު ވަޒީފާއިން ވަކިކުރީ ސިނގިރޭޓް އެތެރެކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ދިން ލަފައާއެކު އިތުރު އެއްވެސް ތަހުގީގެއް ވެސް ނުހިންގާ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 14:32
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ރައީސް މުއިއްޒި ވަކި ކުރެެއްވި އަބްދުالله ވަހީދު

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ރައީސް މުއިއްޒި ވަކި ކުރެެއްވި އަބްދުالله ވަހީދު | ކަސްޓަމްސް

ކަސްޓަމްސްގެ ގާނޫނުގައި ވަޒީފާ އިން ވަކިކުރާ މީހުންނަށް ރިޓަޔަމަންޓް ޕެންޝަން ނުލިބޭނެ ކަމަށް ބަޔާން ކޮށްފައި ވާއިރު، ސިނގިރޭޓް މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީފާ އިން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދަށް ރިޓަޔަމަންޓް ޕެންޝަން ދެމުން އަންނަ ކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވަހީދަށް ރިޓަޔަމަންޓް ޕެންޝަން ފައިސާ އަންނަނީ ދެމުންނެވެ.

ކަސްޓަމްސްގެ ގާނޫނުގެ 20 ވަނަ މާއްދާގެ ބ. ގައި ބަޔާން ކޮށްފައި ވަނީ ކަސްޓަމްސްގެ ވަޒީފާ އިން ވަކިކުރާ މީހުން ފިޔަވައި ވަޒީފާ އިން ވަކިވާ ކޮންމެ މީހަކީ އެ ގާނޫނުގެ ދަށުން ހަދާ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާ އިން ވަކިވި މީހެއް ކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ކަސްޓަމްސްގެ ވަޒީފާ އިން ވަކިކުރާ އެއްވެސް މީހަކަށް އެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ގާނޫނުގައި ރިޓަޔަމަންޓް ޕެންޝަން ލިބޭނީ ހަމައެކަނި އެ މުއައްސަސާ އިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ މީހުންނަށް ކަމަށް ބުނެފައި ވާއިރު، ވަޒީފާ އިން ވަކިކުރި މީހަކަށް ރިޓަޔަމަންޓް ޕެންޝަން ހަމަޖައްސައިދިނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް މުއިއްޒު އަންގަވައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، މީގެ 35 އަހަރު ކުރިން ކަސްޓަމްސް އާއި ގުޅުނު އަބްދުﷲ ވަހީދު ވަޒީފާ އިން ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީ ވާނެ ފުރުސަތެއް ވެސް ނުދީ އެވެ. މިކަމާ ގުޅިގެން އޭރު ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓުތަކެއް ބޭރުކުރި މައްސަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން ދިން ލަފަޔާއެކު ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރުމުގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އަންގަފައިވާ ކަމަށެވެ.

އަބްދުالله ވަހީދުގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަހްމޫދު ރިޔާޒް ވެސް ސިނގިރޭޓް މައްސަލައިގައި މަގާމުން ވަކިކުރި އެވެ. ނަމަވެސް ކުރިމަތިވި ފާޑުކިޔުން ތަަކާއެކު ރައީސް މުއިއްޒު ފަހުން ވަނީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިއާދަކޮށްފަ އެވެ. 

މި މައްސަލައިގައި ރައީސް މުއިއްޒު ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރަކަށް ގާނޫނުގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި ވަނިކޮށް ރިޓަޔަމަންޓް ޕެންޝަން ދެމުން އަންނަ ކަމުގެ ސުވާލު އުފެދިފައިވާއިރު، މިކަމާ ގުޅިގެން ކަސްޓަމްސް ގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީ އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ.

އަބްދުﷲ ވަހީދުކަސްޓަމްސް ސިނގިރޭޓް މައްސަލަރިޓަޔަމަންޓް ޕެންޝަންސިނގިރޭޓް ވައްކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

25 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު