Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިސްލާމިކް މިނިސްޓްރީ

ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

މި މަޝްރޫއުތަކަކީ ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ސެންޓަރުތަކާ، ގުރުއާން ސެންޓަރުތަކާ، ޒަމާނީ މިސްކިތްތައް ބިނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް މިނިސްޓްރީން ބުނޭ. ނަމަވެސް މިނިސްޓްރީން މި އެއްބަސްވުންތަކުގެ އަގު ހާމަ ކޮށްފައިނުވޭ. 22 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މިކަމުގެ ތަފްސީލު ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 10:20
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން | ރާއްޖެއެމްވީ

ރާއްޖޭގެ 3 ރަށެއްގައި އިސްލާމިކް ސެންޓަރު އެޅުމަށާ، އަދި މިސްކިތަކާއި ގުރުއާން ސެންޓަރެއް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އަގު ހާމަ ކުރުމަށް ދެކޮޅު ހަދައިފި އެވެ. 

21 ޖެނުއަރީ 2026 ގައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކ. ގުޅި މިސްކިތް އިމާރާތްކުރުމާ، ގއ. ވިލިނގިލި ގުރުއާން ސެންޓަރެއް އިމާރާތްކުރުމާ، ހއ. އިހަވަންދޫ އިސްލާމިކް ސެންޓަރު، ޅ. ނައިފަރު އިސްލާމިކް ސެންޓަރުގެ އިތުރުން ގއ. ވިލިނގިލި އިސްލާމިކް ސެންޓަރުގެ މަސައްކަތު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އިހަވަންދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި، ނައިފަރު އިސްލާމިކް ސެންޓަރުގެ މަސައްކަތް ސެންޓަރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލު ކޮށްފަ އެވެ. އަދި ވިލިނގިލީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ކޭ އެންޑް އެފް ހޯލްޑިވް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާއިރު،  ވިލިނގިލި ގުރުއާން ސެންޓަރު އަފާމީ މޯލްޑިިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވެ އެވެ. މީގެ އިތުރުން ގުޅި މިސްކިތުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލު ކޮށްފަ އެވެ. 

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ސެންޓަރުތަކާ، ގުރުއާން ސެންޓަރުތަކާ، ޒަމާނީ މިސްކިތްތައް ބިނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ނަމަވެސް އިސްލާމިކް މިނިސްޓްރީން މި އެއްބަސްވުންތަކުގެ އަގު ހާމަ ކޮށްފައިނުވެ އެވެ. 22 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މިކަމުގެ ތަފްސީލު ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

މިނިސްޓްރީގެ މީޑިއާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން އަށް ގުޅައި މެސެޖް ކުރި ނަމަވެސް ޖަވާބު ދެއްވާފައިނުވެ އެވެ.  އަދި ހޮނިހިރު ދުވަހު އަހުސަން އަށް ގުޅައި، ރާއްޖެއެމްވީން ކަމަށް ދެންނެވުމުން ފޯނު ކަނޑާލެއްވި އެވެ. އޭގެފަހުން ދަތުރެއްގެ މަތީގައި ކަމަށް ވިދާޅުވެ މެސެޖް ކުރުމަށް އެދިފައިވެ އެވެ. އަދި ސުވާލު ފޮނުވުމުން ސީން ކުރުމަށް ފަހު ޖަވާބު ދެއްވާފައިނުވެ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް އަށް ގުޅައި، މެސެޖްކުރި ނަމަވެސް ސުވާލަށް ޖަވާބު ދެއްވާފައިނުވެ އެވެ.

އިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދުއަލީ އަހުސަން

ކޮމެންޓް

އިތުރަށް ކިޔާލަން

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ

07 ޖެނުއަރީ 2026
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު