Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިން އަތުލައިގަނެފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބަލައިފާސްކުރި ޕާރުސަލްތަކެއްގެ ތެރެއިން 2.2 ކިލޯގެ ހެރޮއިން ކަސްޓަމްސްއިން އަތުލައިގަނެފި. މި ތަކެތީގެ މަގުމަތީ އަގު 2.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭއިރު، މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާއްޖެ ގެނައި ޝިޕްމަންޓެއްގެ ތެރެއިން.

މަޚްތޫމް
މަޚްތޫމް | 1 މާރިޗު 2026 | އާދީއްތަ 20:08
ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 2.2 ކިލޯގެ ހެރޮއިން

ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 2.2 ކިލޯގެ ހެރޮއިން | ކަސްޓަމްސް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފި އެވެ.

މި ތަކެތި އަތުލައިގަނެވިފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނައި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕާރުސަލްތަކުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯ ހުއްޓެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، މި ތަކެތި ބަންދުކޮށްފައި ހުރީ ރަބަރު ކޮތަޅެއްގައި ކަރުދާހުގެ ތެރޭގަ އެވެ. އަދި މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށާއި، މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. 

މި ތަކެތީގެ މަގުމަތީގެ އަގު 2.2 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާރވިސް މަސްތުވާތަކެތިހެރޮއިން

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

15 ފެބުރުއަރީ 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި
05 ފެބުރުއަރީ 2026

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

05 ފެބުރުއަރީ 2026
ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު
28 ޖެނުއަރީ 2026

ސިފައިިންގެ ފްލެޓަކުން ބައި ކިލޯ މަސްތުވާތަކެތި ފެނިއްޖެ

28 ޖެނުއަރީ 2026
ސިފައިިންގެ ފްލެޓަކުން ބައި ކިލޯ މަސްތުވާތަކެތި ފެނިއްޖެ
12 ޖެނުއަރީ 2026

ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި

12 ޖެނުއަރީ 2026
ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި
01 ޖެނުއަރީ 2026

މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި

01 ޖެނުއަރީ 2026
މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު