Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމް މިނިސްޓަރު އަލީ އިހުސާން

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

މި ސުވާލުތަކާ ގުޅިގެން މިނިސްޓަރު އިހުސާން ވާހަކަ ފަށަމުން ފުރަތަމަ ވެސް ވިދާޅުވީ އެ ވީޑީއޯ ނެގި އެއްބޭފުޅަކީ ރާއްޖެޓީވީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް. މިނިސްޓަރު އިހުސާން ވިދާޅުވީ، ވީޑިއޯ ނެގީ އަލީ އިހުސާންގެ އަނބިމީހާ އާއި ދަރިފުޅަށް ވެގެން ނޫން ކަަމަށާއި، ވީޑީއޯ ނެގީ ހޯމް މިނިސްޓަރު ގެ މަގާމުގައި ހުންނަވާތީ އާއިލާއަށް ދެމުންދާ ސެކިއުރިޓީއާ ގުޅިގެން ކަންބޮޑުވެގެން ކަމަށް. އަދި މިކަމާ ގުޅިގެން އެބޭފުޅުން އަބުރުގެ ދައުވާ ކުރި ނަމަވެސް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 09:26
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އާއިލާގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި ކަމުގެ ތުހުމަތު އަކްރަމް އާއި އިބްރާހީމް ވަހީދަށްކޮށް އާއްމު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް.

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އާއިލާގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި ކަމުގެ ތުހުމަތު އަކްރަމް އާއި އިބްރާހީމް ވަހީދަށްކޮށް އާއްމު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް. | ސޯޝަލް މީޑިއާ

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތުކޮށް އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދުގެ ވީޑިއޯ އާއްމު ކުރެއްވީ އެ މައްސަލަ ތަހުގީގުކޮށް އެކަން ސާބިތުވާތީތޯ ކުރި ސުވާލާ ގުޅިގެން އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ މިނިސްޓަރު ގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނެގި ކަމަށް ތުހުމަތުކޮށް އެހެން ބައެއްގެ ވީޑިއޯއެއް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ރަސްމީ އެކްސް އެކައުންޓުގައި އާއްމު ކުރެއްވީ ކޮން ހަމައަކުންތޯ ސުވާލު ކޮށްފަ އެވެ. އަދި އެކަން ތަހުގީގުކޮށް އެކަން ކުރީ އެމީހުންކަން ސާބިތުވެގެންތޯ ސުވާލު ކޮށްފައިވެ އެވެ. 

މި ސުވާލުތަކާ ގުޅިގެން މިނިސްޓަރު އިހުސާން ވާހަކަ ފަށަމުން ފުރަތަމަ ވެސް ވިދާޅުވީ އެ ވީޑީއޯ ނެގި އެއްބޭފުޅަކީ ރާއްޖެޓީވީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ. ރުޅި އިސްކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މައްސަލައަކީ ކުޑަ ކުއްޖެއްގެ މައްސަލަ ކަމަށާއި، ބޮޑެތި މީހުންގެ ވާހަކަ ނުދައްކާ ކަމަށެވެ. 

މިނިސްޓަރު އިހުސާން ވިދާޅުވީ، ވީޑިއޯ ނެގީ އަލީ އިހުސާންގެ އަނބިމީހާ އާއި ދަރިފުޅަށް ވެގެން ނޫން ކަަމަށާއި، ވީޑީއޯ ނެގީ ހޯމް މިނިސްޓަރު ގެ މަގާމުގައި ހުންނަވާތީ އާއިލާއަށް ދެމުންދާ ސެކިއުރިޓީއާ ގުޅިގެން ކަންބޮޑުވެގެން ކަމަށެވެ. އަދި ވިދާޅުވީ ސެކިއުރިޓީ ފޯރުކޮށްދެމުން ދަނީ ސެކިއުރިޓީ އެސަސްމަންޓް ހެދުމަށްފަހު ކަމަށާއި، އެކަމާ ސުވާލު އުފެދޭނަމަ ކަމާގުޅޭ އިދާރާއާ ސުވާލު ކުރަން ޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އެފުދުނުއިރުގައި ފިލާ ތިބެގެން ވީޑިއޯ ނަގާ އަނެއްކާ މި ވީޑީއޯ ކޮށްފައި މިވަނީ އަޅުގަނޑު ދިރިއުޅޭ ގޭގެ ކުރިމަތީގައި. އެގޭގެ ކެމެރާއެއްގެ ދަށުގައި. އެހެންވީމަ ވަރަށް ރަނގަޅަށް ތަހުގީގަގަށް ގޮސްފި ކަމަށް ވެއްޖެއްޔާ ސާބިތުވާ ވަރަށް އެގޭގެ ދެ ކެމެރާއިން ފޫޓޭޖުން ފެނޭ ނަގަން ތިއްބެވި ދެ ބޭފުޅުން. ވަރަށް ސާފުކޮށް ރޯދަ މަހެއްގައި ހަވީރު އަޅުކަމެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ކަންކަން ކުރުމުގެ ބަދަލުގައި މިތިބީ ކުރާ ގައިރު ޒިންމާދާރު ކަންކަން. އެހެންވީމަ ދިވެހިރާއްޖޭގައި މިފަދަ ކަންކަން ވަކިން ޚާއްސަކޮށް ކުޑަ ކުދިންނާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ ކަންކަން ކުރާ ކަމަށްވެއްޖެއްޔާ އެމީހުންގެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. ވަކިން ޚާއްސަކޮށް އަޅުގަނޑު ދައްކާނަން. ކުރިއަށް އޮތްތާގައި ވެސް ދައްކާނަން. އަދި އެފަރާތަކީ ރަސްމީ އެއްވެސް ފަރާތެއްގެ އައިލާގެ ބޭފުޅެއް ނުވަތަ ރަސްމީ ހައިސިއްޔަތުން އެމީހާ ކުރާ މަސައްކަތަކާ ގުޅިގެން އެމީހާއަށް ކުރާ ފުރައްސާރައަކަށް ވެއްޖެއްޔާ ރަސްމީ އެކައުންޓްތަކުން އެކަން ކުރާނީ.
ހޯމް މިނިސްޓަރު އަލީ އިހުސާން 

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދިފައިނުވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން މިމައްސަލައާ ގުޅިގެން އަބުރުގެ ދައުވާ އުފުލާނެ ކަމަށް މީޑިއާގެ ޒަރިއްޔާއިން އެނގިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ޖަވާބުދާރީވުމަށް ފުރިހަމައަށް ތައްޔާރު ކަމަށެވެ. އަދި އެބޭފުޅުން ކުރެއްވި އަމަލަށް ޖަވާބުދާރީ ވެވޭނެތޯ މިނިސްޓަރު އިހުސާން ސުވާލު އުފެއްދެވި އެވެ. 

އަޅުގަނޑަށް މިވަގުތަށް މިހާތަނަކަށް ބެލިބެލުމުގައި އަޅުގަނޑަށް އެގޮތަށް ބަދަލު ހޯދަން ކޯޓަށް ދާން ނުވަތަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދޭން އަޅުގަނޑު ނުވާނެ އެދިފައެއް. އެދެން ޖެހޭ ހާލަތަށް ގޮސްފިއްޔާ އެކަން ވެސް ކުރާނަން އެނގޭތޯ. އެހެންވީމަ ބޮޑެތި ސިންގާ ފިރިހެނުން 10 އަހަރު ނުވާ ކުޑަ ކުދީންނަށް އަދި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބޭ އާއިލާތަކަށް އެމީހުން ރަސްމީ ހައިސިއްޔަތުން ކުރާ މަސައްކަތުގެ ތެރެއަށް އެމީހުންގެ އާއިލާ ވައްދާ ކަމަށް ވަންޏާ އަޅުގަނޑުމެންވެސް ޑިސެންސީއެކު ނޫން ކަންތައް ކުރާނީއެއް އެނގޭތޯ. އަޅުގަނޑުމެން ރެސްޕެކް ޓް ކުރަން ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް. އެކަމަކު ތިމާ މީހާއަށް ލިބިފައި އޮންނަ ހައްގުތައް ތިމާ މީހާ ޕްރެކްޓިސް ކުރާއިރު އަނެކާގެ ހައްގަށް އަރައިގެން ނުވާނެ. ހައްގުތަކާއި އިންތަކެއް ގާނޫނު އަސާސީގައި މީހުންނަށް ކަނޑައަޅާފައި ވަނީ. ހުސް ހައްގެއް ނޫން އޮތީ. ހައްގާއެކު އިންތައް ވެސް އޮވޭ ކަނޑައަޅާފައި. އެހެންވީމަ އެކެއްގެ ހައްގު ގޮސް ނިމޭ ހިސާބަކީ އަނެކާގެ ހައްގަށް އޭނާ އަރައި ގަންނަ ހިސާބު. އަނެއްކާ މި ދެބޭފުޅުންނަކީ ކުރީގައި ދައުލަތުގެ ވެރިން. ބޮޑެތި ސިއްގާ ކުންފުނިތަކުގެ އެމްޑީ ކުރައްވާފައި. ދައުލަތު މިނިސްޓްރީތަކުގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައި.
ހޯމް މިނިސްޓަރު އަލީ އިހުސާން 

މިނިސްޓަރު އިހުސާން ވިދާޅުވީ ކުށެއް ކުރެވުމުން އެކަމަށް މައާފަށް އެދެން ޖެހޭ ކަމަށާއި، ނުވަތަ އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ އަމަލު ހުއްޓުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އަލީ އިހުސާންއަކްރަމް ކަމާލުއްދީންއިބްރާހިމް ވަހީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

10 ފެބުރުއަރީ 2026
ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

04 ފެބުރުއަރީ 2026
ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

24 ޖެނުއަރީ 2026
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު