Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން 2026

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމަށް "އޯޕަން ޕްރިޒަން" އެއް މިއަހަރު ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 15:15
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވަނީ.

ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވަނީ. | ރައީސް އޮފީސް

ގޭންގް ތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެ، އެކަމުގެ ތެރޭގައި އުޅުނު ގިނަ ޒުވާނުން އެކަމުން ދުރުވާން މަސައްކަތްކުރާކަން ފާހަގަކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އަދި މިފަދަ ޒުވާނުންނަށް ސަރުކާރުން މަރުހަބާ ކިޔައި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ފުރުސަތެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ގޭންގު ހަރަކާތްތަކާ ދުރަށްދާ ކަމަށް ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އިރު ކުރިން ވިދާޅުވެފައިވަނީ ގާނޫނު ހެދިފަހުން ރާއްޖޭގައި މިހާރު އެއްވެސް ގޭންގެއް ނެތް ކަމުގައެވެ.

މަސްތުވާތަކެތީގެ ސަޕްލައި ނުވަތަ މަސްތުވާ ތަކެތި މުޖުތަމަޢު ތެރޭގައި ލިބެން ހުންނަ ހުރުން މަދުކުރުމަށް ހިންގުނު އޮޕަރޭޝަންތަކުގައި އަތުލައިގަނެވިފައިވާ ތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާކަމަށާ، މިއީ ވޭތުވެދިޔަ 3 ދައުރަށްބަލާއިރު ވެސް، ދައުރެއްގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު 2 އަހަރު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހަމަމިއާއެކު، އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި، މުޅިރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، އެރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް، ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައިވާނޭކަމާއި، މިޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މިއަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށް ރާއްވަވާފައިވާކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާ ތަކެއްޗާއި މަރާމާރީއާއި، ގޭންގް ކުށްތަކާއި އެހެނިހެން ނުރަނގަޅު ޢަމަލުތަކުން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ފައިދާހުރި، ބޭނުންތެރި ބަޔަކަށް އެ ޒުވާނުންނާއި ކުޑަ ކުދީން ހެދުމަކީ ދައުލަތަކުން އުފުލަންޖެހޭ ޒިންމާއެއްކަމަށެވެ. އެގޮތުން ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ޒުވާނުން ތަމްރީނުވެ 2025 ޑިސެމްބަރ 28 ވަނަ ދުވަހު ދަސްވެނިވެފައިވާއިރު، 2 ވަނަ ބެޗުގެ ދަރިވަރުން ތަމްރީނަށް ފުރާފައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

ހަމަ އެއާ އެކު، ޒުވާނުން މުނިފޫހިފިލުވުމާއި އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަރައްގީކުރުމާއި، މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނަވުމަށްޓަކައި، ޔޫތު ހަބް ހުޅުވައި އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދޭ ތަފާތު އެކިއެކި ޕްރޮގްރާމްތަކުގެ ޚިދުމަތް ޒުވާނުން ހޯދަމުންދާކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަދި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސެއް ބޭއްވުމަށާއި، އެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލިމަންޓެއް އުފެއްދުމަށް ހަމަޖެހިފައިވާކަން މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ރީ އިންޓަގްރޭޝަން ހަރަކާތްތައް ފެށޭނެކަމަށާއި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގޭންގުމަސްތުވާތަކެތިޔޫތް ހަބުޒުވާނުންރިޔާސީ ބަޔާން 2026

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ: މުއިއްޒު

ގާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާނަން: މުޢިއްޒު

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

05 ފެބުރުއަރީ 2026
ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް
05 ފެބުރުއަރީ 2026

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ފެބުރުއަރީ 2026

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް
05 ފެބުރުއަރީ 2026

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި
05 ފެބުރުއަރީ 2026

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު
05 ފެބުރުއަރީ 2026

2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި
05 ފެބުރުއަރީ 2026

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު