Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ސިފައިިންގެ ފްލެޓަކުން ބައި ކިލޯ މަސްތުވާތަކެތި ފެނިއްޖެ

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހުޅުމާލެ ސިފްކޯހިޔާ 0801 ބީ، މާލެ، އުމުރުން 22 އަހަރުގެ އިބްރާހީމް ޢަމްރު ތައުފީގް. ކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެެއް ކަމަށާއި މަސްތުވާތަކެތި ވިއްކާ ވިޔަފާރި ނުކުރާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 10:46
މައްސަލައިގައި ހައްޔަރުކުރި ޒުވާނާ: ބައި ކިލޯގެ މަސްތުވާތަކެތި ހޯދީ ސިފައިންގެ ފްލެޓެއްގެ ތެރެއިން

މައްސަލައިގައި ހައްޔަރުކުރި ޒުވާނާ: ބައި ކިލޯގެ މަސްތުވާތަކެތި ހޯދީ ސިފައިންގެ ފްލެޓެއްގެ ތެރެއިން | ރާއްޖެ އެމްވީ

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސިފްކޯހިޔާ ގައި ދިރިއުޅޭ އުމުރުން 22 އަހަރުގެ އިބްރާހީމް ޢަމްރު ތައުފީގް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާތަކެތި ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ސިފައިންގެ ފްލެޓުގެ ތެރެއިންނެވެ. އެގޮތުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އޭނާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. މިގޮތުން އޭނާ ދިރިއުޅޭ ކޮޓަރީގައި ހުރި ޑްރެސިން ޓޭބަލްގެ ޑްރޯވާގެ ތެރެއިން ހުސް ރަބަރު ޕެކެޓާއި ކައްޓާ އެއް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް ކޯޓުގައި އިބްރާހީމް ޢަމްރު ތައުފީޤު ގެ ފަރާތުން ބުނެފައި ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި، ނަމަވެސް މަސްތުވާތަކެތި ވިއްކާ ވިޔަފާރި ނުކުރާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަމްރު ތައުފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން މިހާތަނަށް 100 އެއްހައި މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތީގެ ބޮޑުން ހައްޔަރުކޮށް އަތުލައިގަތުމަށް ފެށި މި އޮޕަރޭޝަނާ ގުޅޭ ފަހުގެ މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

މިފަދަ މައްސަލަތަކުގައި މަދުން ނަމަވެސް ފުލުހުންނާއި، ސިފައިން ވެސް މީގެ ކުރިން ޝާމިލުވެ އެ މައްސަލަތައް ވެސް ފެންމަތިވެފައި އެބަހުއްޓެވެ. މިއީ ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ފެންމަތިވާ މައްސަލަތަކަކީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައިގެ ސީރިއަސް ކަން ދައްކުވައިދޭ ކަމެކެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްހުޅުމާލެ އިބްރާހީމް ޢަމްރު ތައުފީގްއޮޕަރޭޝަން އަލިމަގުމަސްތުވާތަކެތިސިފްކޯ ހިޔާ މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ

ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ

26 ޖެނުއަރީ 2026
އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026
 މަނާ ކޮށްފައިވާ ވޭޕް ގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރާ ޒުވާނަކު ހައްޔަރުކޮށްފި

މަނާ ކޮށްފައިވާ ވޭޕް ގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރާ ޒުވާނަކު ހައްޔަރުކޮށްފި

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު