Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތި

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

މި މައްސަލައިގައި ދައުވާ ލިބޭ އަބްދުލް ލަތީފް ބަލޮޗް އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ އިންކާރު ކުރި ނަމަވެސް، އެއީ އޭނާ ޗެކިން ކުރި ލަގެޖެއްކަން އެއާލައިންގެ ލިޔުންތަކުން ވަނީ ސާބިތުވެފަ. އޭނާ ކުރި ޖޫރިމަނާގެ އަދަދު ބޮޑުކުރީ މީގެ ކުރިންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ބެލެވޭތީ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 03:00
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރިކަން ސާބިތުވެ، ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން  ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށް ލާފައި ވަނީ އަބްދުލް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، މާޗު 12، 2024 ގައި އެވެ. ބަލޮޗް ރާއްޖެ އައިސްފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގަ އެވެ. މީނާއާ ކަސްޓަމްސްގެ އޮފިސަރުން ސުވާލުކުރީ ކަސްޓަމްސްގައި މުދާ ޑިކްލެއާކުރަން އޮންނަ ރެޑް ޗެނަލްއަށް އަމިއްލައަށް ގޮސް ވަނުމުންނެވެ.

Advertisement - newsAdvertisement

ބަލޮޗް ވަނީ ކޯޓުގައި ޑްރަގު ޓްރެފިކިންގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ކޯޓުގައި ބުނީ، އޭނާ ރާއްޖެ އަންނަން ޗެކިން ކުރީ އެންމެ ލަގެޖެއް ކަމަށެވެ. އަދި ޑްރަގު ފެނުނު ލަގެޖަކީ އޭނާ ގެ ލަގެޖެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ބަލޮޗް މިހެން ބުނުމުން ކޯޓުން ވަނީ އޭނާ އައި ފްލައިޓަށް ޗެކިންކުރި ލަގެޖުގެ އަދަދާއި އެހެން މައުލޫމާތު ސާފުކޮށްފަ އެވެ. އަދި، ގަތަރު އެއާވޭސްއިން ދިން ލިޔުންތަކުން އޭނާ ގެ ނަމުގައި ދެ ލަގެޖު ޗެކިން ކުރިކަން ވަނީ އެނގިފަ އެވެ.

މި މައްސަލައިގައި ބަލޮޗް އުމުރަށް ޖަލަށް ލުމުގެ އިތުރުން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ވެސް މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ހުކުމްކުރެއްވި އެވެ. ބަލޮޗް ޖޫރިމަނާ ކުރި އަދަދު ބޮޑުކުރީ އޭނާއަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއަށް ޑްރަގު އެތެރެކޮށްފައިވާ މީހެއް ކަމަށް ބެލެވޭތީ އެވެ.

ޕާކިސްތާންކްރިމިނަލް ކޯޓްގަތަރު އެއަރވޭސްކަސްޓަމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

07 ފެބުރުއަރީ 2026
ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

06 ފެބުރުއަރީ 2026
ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު