Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުއިފިލަނޑާ

ހުއިފިލަނޑާތައް ނީލަން ކިޔަން ނިންމީ އެތަކެތި ހަލާކުވާނެތީ، ތަކެތީގެ ވެރިފަރާތް ކަނޑައެޅުމުން އެ ފައިސާ އެމީހަކަށް ދޭނަން: އިޙްސާން

އެތަކެތީގެ ޒާތުން އެއީ ހަލާކުވާ ތަކެތިކަމަށްވާތީ ޕީޖީ އޮފީހުގެ ލަފަޔާއެކު އެތަކެތި ނީލަން ކިއުމުގެ މަސައްކަތް ފެށީ ކަމަށް މިނިސްޓަރ ވިދާޅުވި. މިނިސްޓަރ ވިދާޅުވީ، އެތަކެތި ބެލެހެއްޓޭނެ ވަސީލަތްތަކެއް ފުލުހުންގެ ތެރޭގައިވެސް ޤާއިމުވެފައި ނެތް ކަމަށާއި، އެހެންކަމުން އެތަކެތި ވިއްކުމަށްފަހު ލިބޭ ފައިސާ ދޭނީ ތަކެތީގެ ވެރިފަރާތަށްކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 05:49
ދާޚިލީ ވަޒީރު އަލީ އިޙްސާން

ދާޚިލީ ވަޒީރު އަލީ އިޙްސާން | ރައީސް އޮފީސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން އިއުލާނުކުރީ އެތަކެތި ބެލެހެއްޓޭނެ ވަސީލަތް ނެތުމުން ކަމަށާއި، ތަކެތީގެ ވެރިފަރާތް ކަނޑައެޅުމުން އެތަކެތި ވިއްކައިގެން ލިބޭ ފައިސާ ޙަވާލު ކުރާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ މައްސަލައިގައި ކަން ހިނގާފައިވާގޮތް ބައްލަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެތަކެއްޗަކީ ފުލުހުންގެ އޮފިސަރަކު އަމިއްލަ މަސައްކަތެއްގެ ގޮތުގައި ތިލަފުށީގައި ހިންގަމުން އައި ގުދަނެއްގައި ހުރި ތަކެތިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި އެހެން ބައެއްގެ ބޭނުމަށްޓަކައި ރައްކާކޮށްފައިވާ ތަކެތިވެސް ހުރިކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

  ފުލުހުންގެ އޮފިސަރަކު އަމިއްލަ މަސައްކަތެއްގެ ގޮތުގައި ތިލަފުށީގައި ހިންގަމުން އައި ގުދަނެއްކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، އެ ގުދަނުގައި އެހެން ފަރާތަކުން ހުއިފިލަނޑާތަކެއް މި ބަހައްޓަނީ، ބެހެއްޓިއިރު އޭގެ ތެރޭގައި އެބަ އުޅޭ އެހެން ބައެއްގެވެސް ބޭނުމަށްޓަކައި ރައްކާކޮށްފައިވާ ހުއިފިލަނޑާ، މި ހުރިހާ އެއްޗެއް އެއްފަހަރާ މާލޭގެ އެހެން ތަނަކަށް މޫވްކުރެވިފައި ހުއްޓައި ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީމާ އެތަކެއްޗާ ފުލުހުން ހަވާލުވެފައި ފުލުހުންގެ ކަސްޓަޑީއަށް ގެނެސްފައި އެހިސާބުން މައްސަލަ ތަހުގީގު ކުރަމުން ދިޔައީ
 ދާޚިލީ ވަޒީރު އަލީ އިޙްސާން

މިނިސްޓަރ ވިދާޅުވީ، މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ހުއިފިލަނޑާގެ ވެރިފަރާތުގެ ގޮތުގައި ދައުވާ ކުރާ ފަރާތްތަކަށް ކަށަވަރުކޮށް އެކަން ޔަޤީންކޮށް ނުދެވޭ ކަމަށާއި، އެތަނުގައި ހުރި ހުރިހާ ތަކެއްޗަކީ އެ ދައުވާ ކުރާ މީހުންގެ ތަކެތި ނޫންކަމަށްވެސް އެމީހުން އެއްބަސްވާ ކަމަށެވެ.

އެހިސާބުން ޤާނޫނުގެ ދަށުން އެތަކެތީގެ ވެރިފަރާތް ކަނޑައަޅަން ޖެހޭ ކަމަށާއި، ނަމަވެސް އެތަކެތީގެ ޒާތުން އެއީ ހަލާކުވާ ތަކެތިކަމަށްވާތީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ލަފަޔާއެކު އެތަކެތި ނީލަން ކިއުމުގެ މަސައްކަތް ފެށީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އޭގެ ތެރޭގައި ދިރިހުރި ތަކެއްޗާއި ހިއްކާފައި ހުރި ތަކެތިވެސް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެތަކެތި ބެލެހެއްޓޭނެ ވަސީލަތްތަކެއް ފުލުހުންގެ ތެރޭގައިވެސް ޤާއިމުވެފައި ނެތް ކަމަށެވެ.

އެހެންކަމުން އެތަކެތި ވިއްކުމަށްފަހު ލިބޭ ފައިސާ ދޭނީ ތަކެތީގެ ވެރިފަރާތަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

  އަޅުގަނޑުމެން ނިންމީ މިތަކެތި ނީލަން ކިޔާފައި ފައިސާއަށް ކޮންވަރޓް ކޮށްފައި އެ ފައިސާ ބަހައްޓަން، އޭރުން މައްސަލަ ނިމިގެން އެ ޙައްޤުވެރި ފަރާތަކަށް ހަވާލު ކުރެވޭއިރު އަޅުގަނޑުމެން އެ ފައިސާ ހަވާލުކުރާނީ
 ދާޚިލީ ވަޒީރު އަލީ އިޙްސާން

މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ ތެރޭގައިވެސް އަޚުލާގީ އަދި ސުލޫކީ މައްސަލަތައް ހުންނަ ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށެވެ. އަދި ވަކި ފުލުހުންތަކެއް ކުރާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާ ގޯސް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ހޯމްލޭންޑް މިނިސްޓްރީހުއިފިލަނޑާ ނީލަން ކިޔުންއިހުސާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާ މީހެއްގެ އަތުން ފުލުހަކު ބައިވެރިވެގެން ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގައް ނެގިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރާ ފުލުސް މީހާ މަސްއޫލިއްޔަތުން އެކަހެރިކޮށްފި ކަމަށް ބުނެފި

ޗައިނާ މީހެއްގެ އަތުން ފުލުހަކު ބައިވެރިވެގެން ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގައް ނެގިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރާ ފުލުސް މީހާ މަސްއޫލިއްޔަތުން އެކަހެރިކޮށްފި ކަމަށް ބުނެފި

12 ފެބުރުއަރީ 2026
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ބޮޑު ހަރަކާތެއް ހިންގަނީ

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ބޮޑު ހަރަކާތެއް ހިންގަނީ

20 ޑިސެމްބަރު 2025
ޗެނަލް 13ގެ މައްސަލަ ބްރޯޑްކޮމްއިން ނިންމީ ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފަށް!

ޗެނަލް 13ގެ މައްސަލަ ބްރޯޑްކޮމްއިން ނިންމީ ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފަށް!

08 ނޮވެމްބަރު 2017
ފާޑުކިޔަން ފެށުމުން ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި

ފާޑުކިޔަން ފެށުމުން ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި

11 ސެޕްޓެމްބަރު 2017
މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު