Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މި ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ، މަޖިލިސް އޮތީ ހިސޯރުކޮށް ވާނުވާގައި، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މެންބަރު ޝަމްހީދު

މަޖިލީހުގެ ދައުރު ފެށުނުތާ މަހެއްވާން ގާތްވެފައިވާއިރު، ޖަލްސާތައް ނުބާއްވާތީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި. ޝަމްހީދު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައިވަނީ ޖަވާބުދާރީކުރުވުމުގެ ފުރުސަތު ހަނިކޮށް، ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް. ޖަލްސާތައް ކެންސަލްކުރާ ސަބަބު ހާމަނުކުރާތީ މެންބަރުން "ވާނުވާ" ގައި ތިބެންޖެހޭކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 11:26
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު | ރައްޔިތުންގެ މަޖިލިސް

މި ހިނގާ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ ކަމަށާއި، މަޖިލިސް އޮތީ ހިސޯރުކޮށް، ވާނުވާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މި ހިނގާ ފުރަތަމަ ދައުރު ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން ބާއްވާފައި ވަނީ މަޖިލީހުގެ އެންމެ 3 ޖަލްސާ އެވެ. ދައުރު ފެށުނުތާ މަހެއް ވާން ގާތްވެފައިވާއިރު ޖަލްސާތައް ކެންސަލް ކުރާ ސަބަބު ވެސް ހާމަ ކޮށްފަ އެއް ނުވެ އެވެ. 

Advertisement - newsAdvertisement

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެޓީވީ. އާ ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މެންބަރުންނަށް ވާނުވާ އެންގުމެއް ނެތި، ޖަލްސާ ނުބާއްވާ، މި ސަރުކާރުން ވަނީ މުޅި މަޖިލިސް ހިސޯރު ކޮށްފައި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ ޖަލްސާ އޮންނާނެތޯ ނުވަތަ ނޫންތޯ މަޖިލިސް އޮންނަ ކޮންމެ ދުވަހަކު ވެސް ޔަގީން ނުވެފައި ތިބެން ޖެހޭ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ އިދާރާ އިން ވެސް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މެންބަރުންނަށް ވަކި އެއްޗެއް ނާންގަވާތީ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ އެންމެ މުހިއްމު އެއް ބާރު ކަމަށާއި، ޚާއްޞަކޮށް ދުނިޔޭގައި މިވަގުތު ހިނގަމުންދާ މުހިއްމު ކަންކަމާ އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅިގެން ވެސް ސަރުކާރާއި ސުވާލު ކުރަން ތިބި ރައްޔިތުންގެ މަންދޫބުން ތިބި ތަނަކީ މަޖިލިސް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ނަމަވެސް ޖަލްސާތައް ނުބާއްވާ މި ސަރުކާރު ޖަބާދާރީ ކުރުވުމުގެ ފުރުސަތު ވެސް ހުއްޓުވާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ، ބޮޑަށް ބެލެވެނީ މިކަމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް، އިދިކޮޅު އެމްޑީޕީ ގެ މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ސަރުކާރަށް އޭގެ ނެގެޓިވް އިމްޕެކްޓެއް އައިސް، ވޯޓު މަދުވެދާނެ ކަމުގެ ބިރަށް، އެ މެންބަރުންގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ އެ ޕާޓީ އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މިކަމާ ގުޅިގެން އާދިއްތަ ދުވަހު ޝަމްހީދު ވަނީ އެކްސް ގައި ވެސް ޕޯސްޓެއް ހިއްސާ ކުރައްވާފަ އެވެ.  އެ ޕޯސްޓުގައި ޝަމްހީދު ވިދާޅުވީ 2 މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލިސް ހުޅުވުނު ފަހުން މިހާތަނަށް ބޭއްވުނީ އެންމެ 3 ޖަލްސާ ކަމަށާއި، ވޭތުވެދިޔަ ދެ ހަފްތާ ދިޔައީ ޖަލްސާ އެއް އޮންނާނެކަން ނޭނގި "ވާނުވާ" ގަ ތިބެ ކަމަށެވެ. އަދި މަޖިލިސް މެންބަރަކަށް ވީތީ، ނުކުރާ މަސައްކަތަށް މުސާރަ ދޭންޖެހޭތޯ ވެސް މެންބަރު ސުވާލު އުފެއްދެވި އެވެ. 

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދައުރު ހިނގާއިރު ޖަލްސާ އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގަ އެވެ. 

ރައްޔިތުންގެ މަޖިލިސްއަހްމަދު ޝަމްހީދުއަބްދުއްރަހީމް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

01 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

01 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

24 ފެބުރުއަރީ 2026
އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

24 ފެބުރުއަރީ 2026
ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު